ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން
ދިވެހިރާއްޖެ
މިކޯޕަރޭޝަނުގައި ހުރި ބައުތަކެތި ވިއްކާލުން

އިޢުލާން 

                             ނަންބަރ: HDC(161)-ACF/IU/2021/563

މިކޯޕަރޭޝަނުގައި ހުރި ބައުތަކެތި ވިއްކާލުން

މިކޯޕަރޭޝަނުގައި ހުރި ބައުތަކެތި ވިއްކާލުމަށް ވަނީ ހަމަޖެހިފައެވެ. މިތަކެއްޗާ ގުޅޭ ތަފްޞީލް ތިރީގައި މިވަނީއެވެ.

1- ވިއްކާލެވޭ ތަކެތި ބެލުމާއި މަޢުލޫމާތު ސާފުކުރުން:

- ވިއްކާލުމަށް ހަމަޖެހިފައިވާ ތަކެތި ބައްލަވަން ބޭނުންފުޅުވާ ފަރާތްތަކުން، 04 ނޮވެންބަރު 2021 ވަނަދުވަހުގެ 09:00 ކުން މިކޯޕަރޭޝަންގެ ހެޑްއޮފީސް ރިސެޕްޝަނަށް ވަޑައިގެން  ނަންނޯޓް ކުރެއްވުމަށް އެދެމެވެ. ވިއްކުމަށް ހަމަޖެހިފައިވަނީ ނަންނޯޓު ކުރެވިފައިވާ ތަރުތީބުން ނަންނޯޓު ކުރިއިރުގައި އަދަދެއްގެ ގޮތުގައި ނޯޓުކޮށްފައިވާ މިންވަރެކެވެ.

- ވިއްކާތަކެތި ދެއްކުމާއި މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވަނީ ނަންނޯޓު ކުރަށްވާފައިވާ ފަރާތްތަކާއެކު، 08   ނޮވެންބަރު 2021 ވާ ހޯމަ ދުވަހުގެ 10:00 ގައި ޓެންޕްލޭންޑް-09 ( އޯކިޑް މާހިގުން، އަމިން މޭޕަލް ކުރިމަތި) ގައިއެވެ.

- ތަކެތި ވިއްކުމުގައި 08 ނޮވެންބަރު 2021  ފެށިގެން 16 ނޮވެންބަރު 2021ގެ ނިޔަލަށް ނަންނޯޓު ކުރުމަށް ހުޅުވާލެވިފައިވާނެއެވެ.

- މިޢިޢުލާންގައި ބަޔާންކުރެވިފައިވާ ތަކެތި ވިއްކުމަށް ހަމަޖެހިފައިވަނީ 08 ނޮވެންބަރު ފެށިގެން 16 ނޮވެންބަރު 2021 ގެނިޔަލަށެވެ.

 

2- ވިއްކާލަން ހަމަޖެހިފައިވާ ތަކެތީގެ ތަފްޞީލް

އައިޓަމް ނަންބަރ

ތަފްޞީލް

އަގު

ބަންޑެލި/ޖަންބޯ

1

ހިލަވެލި ( ކޯސް ސޭންޑް)

35ރ 1 ބަސްތާ

700ރ 1 ޖަންބޯ

2

ހިލަ ( އެގްރިގޭޓް)

35ރ 1 ބަސްތާ

700ރ 1 ޖަންބޯ

3

ދަގަނޑު   R6

23.50ރ 1 ދަގަނޑު

564ރ 1 ބަންޑެލި

4

ދަގަނޑު   T8

35.50ރ 1 ދަގަނޑު

852ރ 1 ބަންޑެލި

5

ދަގަނޑު   T10

32.50ރ 1 ދަގަނޑު

780ރ 1 ބަންޑެލި

6

ދަގަނޑު   T12

46.50ރ 1 ދަގަނޑު

1،116ރ 1 ބަންޑެލި

7

ދަގަނޑު   T16

84.50ރ 1 ދަގަނޑު

2،028ރ 1 ބަންޑެލި

8

ދަގަނޑު   T20

137.50ރ 1 ދަގަނޑު

3،300ރ 1 ބަންޑެލި

9

ދަގަނޑު   T25

185.50ރ 1 ދަގަނޑު

4،452ރ 1  ބަންޑެލި

 

3- ވިއްކުމުގެ ތަފްސީލް

 - މަދުވެގެން ވިއްކުމަށް ހަމަޖެހިފައިވަނީ 1 ޖަންބޯ ( 20 ބަސްތާ )  ހިލަ އަދި ހިލަވެލި ކަމުގައި ދަންނަވަމެވެ.

- ދަގަނޑު މަދުވެގެން 1 ބަންޑެލި (24 ދަގަނޑު).

- ވިއްކުމަށް ހަމަޖެހިފައިވަނީ ނަންނޯޓު ކުރެވިފައިވާ ތަރުތީބުން ނަންނޯޓު ކުރިއިރުގައި އަދަދެއްގެ ގޮތުގައި ނޯޓުކޮށްފައިވާ މިންވަރެކެވެ. އިތުރަށް ބައްލަވައި ގަންނަކަމުގައި ވަނީނަމަ، އަލުން ނަންނޯޓުކޮށް ތަރުތީބުން ވިއްކުމަށް ހަމަޖެހިފައިވާ ކަމުގައި ދަންނަމަމެވެ.

 

4- ފައިސާދެއްކުމާއި ތަކެތިގެންދިއުން:

- ދަގަނޑު އަދި ހިލަ، ހިލަވެލި ބައްލަވައިގަންނަވާ ފަރާތްތަކުން ނޮވެންބަރު16  ވަނަ ދުވަހުގެ 14:00 ކުރިން ބައްލަވައިގަންނަން ބޭނުންފުޅުވާ އަދަދާއި އެކު ނަންނޯޓު ކުރައްވާ، އެއަދަދަށް ފައިސާ ދަކަވަންވާނެއެވެ.   

-  ބައްލަވައިގަންނަވާ ތަކެތި ބަރުކުރުމާއި ގެންދިއުމުގެ ޚަރަދު ބަލާނީ، ތަކެތި ބައްލަވައިގަންނަވާ ފަރާތުންނެވެ.

- ފައިސާ ދައްކަވާ ތަރުތީބުން ތަކެތި ގެންދިއުމަށް ޝެޑިއުލް ކުރެވޭނެކަމުގައި ދަންނަވަމެވެ.  

- ތަކެތިގަތުމަށް ނަންނޯޓު ކުރައްވާ ފަރާތްތަކުން ކަނޑައެޅިފައިވާ ތާރީޚަށް ފައިސާ ނުދައްކަވައިފިނަމަ ، ނަންނޯޓު ކުރެވިފައިވާ ތަރުތީބުން އެހެން ފަރާތަކަށް ފުރުޞަތުދެވޭނެއެވެ.

- ފައިސާދައްކާ ޝެޑިޢުލްގައި ކަންޑައެޅޭ ވަގުތުގައި ނުގެންގޮސްފިނަމަ، އަލުން ނަންނޯޓު ކުރަންޖެހޭނެއެވެ.

- ފައިސާ ދައްކަވާ ތަކެތި ނުގެންގޮސް އަލުން ނަންނޯޓު ކުރުމުގެ ފުރުސަތު ދެވޭނީ 1 ފަހަރުއެވެ.

-ކަނޑައަޅާފައިވާ މުއްދަތު ތެރޭގައި ތަކެތި ނުގެންދެވިއްޖެނަމަ، ނުގެންދެވިވާތަކެތި، ނަންނޯޓު ކުރެވިފައިވާ އެހެން ފަރާތްތަކަށް  މި ކޯޕަރޭޝަނުން ފުރުސަތުދޭނެއެވެ. އަދި ދައްކައިފައިވާ ފައިސާ އިން އިދާރީ ފީ އެއްގެ ގޮތުގައި މިކޯޕަރޭޝަންއަށް ނެގޭނެކަމުގައި ދަންނަވަމެވެ.

- އަލުން ނަންނޯޓު ކުރައްވާ، ފައިސާ ދެއްކެވުމަށް ކުރިންދައްކައިފަވާ ފައިސާ ރީފަންޑު ކުރެވިފައި ނުވާނަމަ އެފައިސާ ބޭނުން ނުކުރެވޭނެވާހަކަ ދަންނަމަމެވެ. 

މި އިއުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ މިކޯޕަރޭޝަނުގެ 5345 335 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.

01  ނޮވެންބަރު 2021

 

 

 

 

 

01 ނޮވެންބަރު 2021
ހޯދާ