ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
މިއޮފީހުންދޭ މަޢުލޫމާތާ އެއްގޮތަށް މާލެ ސިޓީގައި މިއޮފީހުގެ އެއްގަމު ދަތުރުތައް 04 (ހަތަރެއް) އަހަރުގެ މުއްދަތަށް ކޮށްދޭނެ ފަރާތެއް ހޯދުމަށް

(IUL)196-C/1/2021/71 :ނަންބަރު                                                   

 

                                   އިޢުލާން

 

މިއޮފީހުންދޭ މަޢުލޫމާތާ އެއްގޮތަށް މާލެ ސިޓީގައި މިއޮފީހުގެ އެއްގަމު ދަތުރުތައް 04 (ހަތަރެއް) އަހަރުގެ މުއްދަތަށް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން، 2021 ނޮވެންބަރު 10 ވާ ބުދަ ދުވަހުގެ 11:30 އަށް މިއޮފީހަށް ވަޑައިގެން ބީލަމުގައި ރަޖިސްޓްރީވުމާއި މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2021 ނޮވެންބަރު 22 ވާ ހޯމަ ދުވަހުގެ 11:30 އަށް އަންދާސީ ހިސާބު، މިއޮފީހަށް ހުށަހެޅުއްވުން އެދެމެވެ. އަދި ދަންނަވަމެވެ. ބީލަމުގައި ރަޖިސްޓްރީނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ނުދެވޭނެވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

ނޯޓު: މަޢުލޫމާތު ސާފުކުރެއްވުމަށް ނުވަތަ އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ކަމުގައި ވާނަމަ، މަޢުލޫމާތު ސާފުކުރެއްވުމަށް ނުވަތަ އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާނީ ޖެހިގެން އަންނަ ރަސްމީ ދުވަހުއެވެ. 

                                27 ރަބީޢުލްއައްވަލް 1443

02 ނޮވެންބަރު 2021
ހޯދާ