މާލެއަތޮޅު ތުލުސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނަރުދަމާ ނިޒާމް ބޭނުން ކުރުމާބެހޭ

ނަރުދަމާ ނިޒާމް ބޭނުން ކުރުމާބެހޭ

 

އެނގިވަޑައިގަންނަވާނޭ ފަދައިން ރަށްރަށުގައި ސަރުކާރުން ނަރުދަމާގެ ނިޒާމް ޤާއިމް ކުރައްވާފައި ވަނީ އެރަށްރަށުގެ ރައްޔިތުންގެ ފަސޭހައައްޓަކައެވެ. މިގޮތުން މިރަށުގައި ސަރުކާރުން ނަރުދަމާގެ ނިޒާމު ޤާއިމްކޮށް މިނިޒާމުގެ ޚިދުމަތް ދޭން ފެށިތާ މިހާރު މިވަނީ އަހަރަކަށްވުރެ ގިނަ ދުވަސް ވެފައެވެ. ނަމަވެސް މިއަދާ ހަމައަށް އައި އިރުވެސް އަލަށް ޤާއިމްކުރެވިފައިވާ ނަރުދަމާގެ ނިޒާމަށް ނުގުޅައިހުރި ގިނަ އަދަދެއްގެ ގޭގެ ހުރުމުގެ ސަބަބުން ކުރީގައި އެޅިފައިވާ ނަރުދަމާގެ ހޮޅިތައް (ރަށް ވަށައިގެން އެކި ދިމާއަށް ގޮނޑުދޮށަށް ނެރެފައިވާ) ނެގެން ނެތުމާއިއެކު، މިކަމަކީ ލޯކަލް ޓޫރިޒަމް ކުރިއަރަމުންދާ މިފަދަ ދަނޑިވަޅެއްގައި ރަށް ވަށައިގެންވާ ގޮނޑުދޮށުގެ ރީތިކަން ގެއްލިގެންދާނެ ކަމަކަށް ވާތީ، މި ކަންކަމުގައި އެންމެހައި ރައްޔިތުންގެ ވެސް އެއްބާރުލުމާއި އެހީތެރިކަން މިކައުންސިލަށް އިންތިހާއަށް ބޭނުންވެފައިވާ ކަމެއް ކަމުގައި ދަންނަވަމެވެ.

އެހެންކަމުން، އަލަށް ޤާއިމްކުރެވިފައިވާ ނަރުދަމާ ނިޒާމަށް މިހާރު ނުގުޅައި ހުރި ހުރިހާ ގެއަކުންވެސް ( 2021 ނޮވެމްބަރ 30 ވަނަ ދުވަހުގެ ނިޔަލަށް) އައު ނަރުދަމާގެ ނިޒާމަށް ގުޅުމުގެ ކަންތައްތައް ނިންމަވައި ދެއްވުމަށް ދަންނަވަމެވެ.

އަދި އިސްވެދެންނެވުނު ތާރީޙްގެ ފަހުން މަގުކޮނުމުގެ ތެރޭގައި ކުރީގެ ނަރުދަމާގެ ހޮޅިއަކަށް ގެއްލުން ލިބުންފަދަ ކަމެއް ދިމާވިކަމުގައި ވީނަމަވެސް އެކަމުގެ ޒިންމާ މަގު ކޮންނަ ފަރާތުން އުފުލަން ނުޖެހޭނެ ވާހަކަވެސް އެންމެހައި ރައްޔިތުންގެ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

އެހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 

 

27 ރަބީޢުލްއައްވަލް 1443

02  ނޮވެމްބަރ 2021

02 ނޮވެންބަރު 2021
ހޯދާ