ކޮޅުމަޑުލު ވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލްގެ 4 ވަނަ ދައުރުގެ 16 ވަނަ ޖަލްސާގެ ނިންމުން

 

ކައުންސިލްގެ ނިންމުން އާންމުކުރާ ފޯމް

ބައްދަލުވުމުގެ ނަންބަރު:

4 ވަނަ ދައުރުގެ 16

ބައްދަލުވުމުގެ ބާވަތް:

އާއްމު ބައްދަލުވުން

ބައްދަލުވުން ބޭއްވި ތާރީޙް:

17 އޮކްޓޯބަރ 2021

ބައްދަލުވުން ބޭއްވި ގަޑި:

10:00

 

ނިންމުންތައް

  1. ދަނޑުވެރިކަންކުރުމަށް މިވަގުތު ރަށުގައި ހުރި ހުސްބިންތައް ދެނެގަތުމަށްފަހު 2000 އަކަފޫޓުގެ ބިންތައް 5 އަހަރުގެ މުއްދަތަށް ދޫކުރާއިރު އަކަފޫޓަކަށް 10 ލާރި ބިންތަކުން ނެގުމަށް ނިންމުން އަދި ގުރުގެ އުސޫލުން ދަނޑުބިންތައް ދޫކުރުމަށް ނިންމުން އަދި މިއަހަރުގެ ނިޔަލަށް ދަނޑުބިންތައް ދޫކުރުމަށް ނިންމުން.
  2. ސިއްޙީ މަރުކަޒުން ފޮނުވައިފައިވާ ސިޓީއާއި ގުޅިގެން ކަމާ ގުޅުންހުރި މުއައްސަސާތަކާއި ސަރުކާރުގެ މިނިސްޓްރީއަކަށް ސިޓީ ފޮނުވުމަށް ނިންމުން އަދި މިމައްސަލަތަކާއި ގުޅިގެން މީގެ ކުރިން ސިއްޙީ މަރުކަޒުން ފޮނުވާފައިވާ ލިޔުންތަކުގެ ކޮޕީއެއް ހޯދުމަށް ނިންމުން.
  3. އިސްމާއިލް ޝިފާން ހުށަހަޅާފައިވާ ސިޓީއާއި ގުޅިގެން ސިޓީގައި ބަޔާންކޮށްފައިވާ ސަރަހައްދު ބެލުމަށްފަހު ޖެހިގެންއަންނަ ކައުންސިލްގެ އާއްމު ބައްދަލުވުމުގައި ވަކިގޮތެއް ނިންމުން.

 

އިސްވެ ބަޔާންކުރެވިފައިވާ ކައުންސިލްގެ ބައްދަލުވުމުން ނިންމާފައިވާ ނިންމުންތައް އާއްމުކޮށް އެންގުމަށް އިޢުލާންކުރީމެވެ.

17 އޮކްޓޫބަރު 2021
ހޯދާ