ކުޑަފަރީ ސްކޫލް، ނ. ކުޑަފަރި
ދިވެހިރާއްޖެ
ކުޑަފަރީ ސްކޫލަށް ގުދަނެއް ކުއްޔަށް ހިފުން.

ބީލަން ހުށައެޅުމުގެ ދަޢުވަތު

  1. ކުޑަފަރީ ސްކޫލަށް ގުދަނެއް ކުއްޔަށްހިފުމަށް ބޭނުންވެއެވެ. ވިމާ މި ބީލަމުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ.
  2. ބީލަމުގައި ބައިވެރިވެވޭނީ، އެ ކަމަށް އެދި ރަޖިސްޓްރީވާ ފަރާތްތަކަށް އެކަންޏެވެ. ރަޖިސްޓްރީކުރުމަށް ހުށަހަޅާނީ 2021 ނޮވެންބަރު 8 ވާ ހޯމަ ދުވަހުގެ 13:00ގެ ކުރިން، ދީފައިވާ ލިންކު ގައިވާ ފޯމު ފުރިހަމަކޮށްގެންނެވެ. 
  3. https://forms.gle/LeFg5XWNXqx2EHPG7   
  4.  މިބީލަމާއި ގުޅޭ މަޢުލޫމާތު ކަރުދާހާއި، މަޢުލޫމާތު ކަރުދާހުގެ ޖަދުވަލުތައް އަދި އަންދާސީ ހިސާބު ހުށައަޅާ ފޯމު ބީލަމުގައި ރަޖިސްޓްރީވެލައްވާ ފަރާތްތަކަށް 2021 ނޮވެންބަރު 9 ވާ ބުދަ ދުވަހުގެ 13:00ގެ ގެ ކުރިން ސިޓީ/އީމެއިލް މެދުވެރިކޮށް ފޮނުވޭނެއެވެ.
  5. މިބީލަމާއި ގުޅިގެން ބޭއްވޭ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން ‏2021‏ ނޮވެމްބަރ‏ 10ވާ ބުދަ ދުވަހުގެ ހެނދުނު 11:00 ގައި މި ސްކޫލްގައި އޮންނާނެއެވެ.
  6. ބީލަން ބަލައިގަތުން އަދި ހުޅުވުން އޮންނާނީ 17 ނޮވެންބަރު 2021ވާ ބުދަ ދުވަހުގެ 13:00ގައި މި ސްކޫލުގައިއެވެ. ބީލަންތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ހުށަހަޅާ ފަރާތުގެ ނަމާއި، އިޢުލާން/ޕްރޮޖެކްޓް ނަންބަރާއި، ކޮންކަމަކަށް ހުށަހެޅޭ އަންދާސީހިސާބެއްކަން ލިޔެވިފައި އޮންނަންވާނެއެވެ.
  7. ހުށައަޅާ ބީލަންތައް ވަޒަންކުރާނޭ މިންގަނޑާއި ބީލަމާއިއެކު ހުށައަޅަންޖެހޭ ތަކެތީގެ ތަފްޞީލު ބީލަމާއި ގުޅޭ މަޢުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެއެވެ.

އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.                             

ކުޑަފަރީ ސްކޫލް ވައިލެޓްމަގު، ނ.ކުޑަފަރި، ދިވެހިރާއްޖެ.

  ފޯން:       6561802

  އީމެއިލް:     [email protected]

 

26 ރަބީޢުލްއައްވަލް 1443

01 ނޮވެންވަރު 2021

01 ނޮވެންބަރު 2021
ހޯދާ