މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް
ދިވެހިރާއްޖެ
ސްޓޭޝަނަރީ ހޯދުން

އިޢުލާން

 

ސްޓޭޝަނަރީ ހޯދުމަށް ބޭނުންވެއްޖެ

        މިބިއުރޯއަށް ސްޓޭޝަނަރީއާއި އެހެނިހެން ބައެއް ތަކަތި ގަތުމަށް ބޭނުންވެއްޖެއެވެ. ވީމާ މިތަކެތި ވިއްކެވުމަށް އެދިލައްވާ ފަރާތްތަކުން 2021 ނޮވެމްބަރު މަހުގެ 14 ވަނަ ދުވަހުގެ 13:30 އަށް މިބިއުރޯ އަށް ވަޑައިގެން  އަގު ހުށަހެޅުއްވުން އެދެމެވެ.

  

        މިބީލަމާއިބެހޭ މައުލޫމާތު އަދި ގަންނަން ބޭނުންވާ ސްޓޭޝަނަރީ ލިސްޓް މިއިއުލާނާއިއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ. އަދި މިމަޢުލޫމާތު މިބިއުރޯގެ ވެބްސައިޓް  http://www.statisticsmaldives.gov.mv   އިންވެސް ލިބެން ހުންނާނެވާހަކަ ދެންނެވީމެވެ. ބީލަމްގައި ބައިވެރިވާ ފަރާތްތަކުން 2021 ނޮވެމްބަރު މަހުގެ 13 ވަނަ ދުވަހުގެ 14:00 ގެ ކުރިން ބީލަމްގައި ރަޖިސްޓްރީވުމަށް އެދޭފޯމް ފުރިހަމަ ކުރުމަށްފަހު  [email protected] އަށް އީމެއިލްކުރައްވައި ރަޖިސްޓްރިވިކަން ޔަގީން ކުރަންވާނެއެވެ.

 

        މިބީލަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތެއް އޮޅުންފިލުއްވަން ބޭނުންފުޅުވެލައްވާނަމަ މި ބިއުރޯގެ ފޯން ނަންބަރު.3008414 / 3008400 އަށް ގުޅުއްވުން އެދެމެވެ.

 

        އިޙްތިރާމް ޤަބޫލުކުރެއްވުންއެދެމެވެ.

        25 ރަބީއުލްޢައްވަލް 1443

        1 ނޮވެމްބަރު 2021

01 ނޮވެންބަރު 2021
ހޯދާ