ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މި ކޯޕަރޭޝަންގެ ތިރީގައިމިވާ މަޤާމުތަކަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.

މަޤާމް:

 ރޯޑް ކޮންސްޓްރަކްޝަން ސުޕަވައިޒަރ

ބޭނުންވާ އަދަދު:

 01 (އެކެއް)

މަޤާމުގެ ގިންތި:

 ކޮންޓްރެކްޓް

ކްލެސިފިކޭޝަން / ރޭންކް:

 ސީނިއަރ އޮފިސަރ ގރ 01

މުސާރަ:

 މަހަކު 7000.00ރުފިޔާ

އެހެނިހެން ޢިނާޔަތްތައް:

- ސާރވިސް އެލަވަންސް : އަސާސީ މުސާރައިގެ %30

- އެޓެންޑެންސް އެލަވަންސް: އަސާސީ މުސާރައިގެ %30

- އެހެނިހެން އެލަވަންސް: -/2800ރ

 އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ވަޒީފާ އަދާކުރަންޖެހޭ ތަން:

 ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ މާލެ ސައިޓް ނުވަތަ ޕްރޮޖެކްޓް ސައިޓްތައް

ފެންވަރު ނުވަތަ ޝަރުތު:

- ޖީ.ސީ.އީ އޯލެވެލް ނިންމާފައިވުމާއެކު މަސައްކަތާއި ގުޅޭ ދާއިރާއަކުން މަދުވެގެން 3-0 އަހަރުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،

- މަސައްކަތާއި ގުޅުން ހުރި ދާއިރާއަކުން ސެޓްފިކެޓް ލެވެލް 02 ގެ ސަނަދެއް ޙާސިލުކޮށްފައިވުމާއެކު މަސައްކަތާއި ގުޅޭ ދާއިރާއަކުން 8-5 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

- ކޯޕަރޭޝަނުން ކުރިއަށް ގެންދާ ޕްރޮޖެކްޓްތަކުގެ ތެރެއިން ޙަވާލުކުރެވޭ ޕްރޮޖެކްޓް ސައިޓުތަކުގެ އެންމެހާ މަސައްކަތްތައް ކުރުން.

- ޕްރޮޖެކްޓް ޝެޑިއުލް އާއި އެއްގޮތަށް ސައިޓުގައި މަސައްކަތްތައް ކުރިއަށް ގެންދެވޭކަން ކަށަވަރުކުރުން.

- މަސައްކަތްކުރާ ޓީމަށް މަސައްކަތް ކުރިއަށް ގެންދާނެ ގޮތުގެ އިރުޝާދު ދިނުން.

- މަސައްކަތުގެ މާޙައުލުގައި އެޅިފައި ހުންނަން ޖެހޭ ސަލާމަތީ ފިޔަވަޅުތައް އެޅިފައިވޭތޯ ކަށަވަރުކުރުން.

- ޓީމް މެމްބަރުންގެ މަސައްކަތުގެ ފެންވަރު ބަލައި އަޚްލާޤީ މިންގަނޑުތައް ހިފަހައްޓާތޯ ޔަޤީންކުރުން.

މަޤާމް:

 އެސިސްޓެންޓް ރޯޑް ކޮންސްޓްރަކްޝަން އޮފިސަރ

ބޭނުންވާ އަދަދު

 01

މަޤާމުގެ ގިންތި:

 ކޮންޓްރެކްޓް

ކްލެސިފިކޭޝަން / ރޭންކް:

 އެސިސްޓެންޓް އޮފިސަރ ގރ 01

މުސާރަ:

 މަހަކު -/4000 ރުފިޔާ

އެހެނިހެން ޢިނާޔަތްތައް:

- ސާރވިސް އެލަވަންސް : އަސާސީ މުސާރައިގެ %30

- އެޓެންޑެންސް އެލަވަންސް: އަސާސީ މުސާރައިގެ %30

- އެހެނިހެން އެލަވަންސް: -/1600ރ

 އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ވަޒީފާ އަދާކުރަންޖެހޭ ތަން:

 ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ މާލެ ސައިޓް ނުވަތަ ޕްރޮޖެކްޓް ސައިޓްތައް

ފެންވަރު ނުވަތަ ޝަރުތު:

- ޖީ.ސީ.އީ އޯލެވެލް ނިންމާފައިވުން. ނުވަތަ،

- މަސައްކަތާއި ގުޅުން ހުރި ދާއިރާއަކުން ސެޓްފިކެޓް 02 ގެ ސަނަދެއް ޙާސިލުކޮށްފައިވުމާއިއެކު މަސައްކަތާއި ގުޅޭ ދާއިރާއަކުން މަދުވެގެން 01 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

- ޕްރޮޖެކްޓް ހިނގަމުންދާއިރު އަމަލީ ގޮތުން ހަވާލުކުރެވޭ މަސައްކަތް ނިންމައި، މަސައްކަތުގެ ތާވަލާއި އެއްގޮތަށް މަސައްކަތްތައް ކުރިއަށް ގެންދިއުން.

- މަސައްކަތްކުރާ މުވައްޒަފުންނާއި، މާޙައުލުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކަނޑައެޅިފައިވާ މިންގަނޑުތަކަށް ފެތޭކަން ޔަޤީންކޮށް ބެލެހެއްޓުން.

- މަސައްކަތް ހިނގަމުންދާއިރު ދިމާވާ ދަތިތަކާއި ގޮންޖެހުންތައް ދެނެގަނެ އަންގަންޖެހޭ ފަރާތްތަކަށް އެންގުން.

- ސުޕަވައިޒަރު އަންގާ މަސައްކަތް ނިންމުމަށްޓަކައި ބޭނުންވާ އެންމެހާ ސާމާނުތައް ސައިޓަށް ލިބިފައިވާކަން ކަށަވަރުކުރުން.

- މުވައްޒަފުންނަށް މަސައްކަތް ކުރިއަށް ގެންދިޔުމުގައި ދިމާވާ މައްސަލަތައް ސުޕަވައިޒަރަށް ހުށައަޅައިގެން ހައްލުކުރުން.

- ހަވާލުކުރެވިފައިވާ މަސައްކަތްތައް ކުރިއަށްދަނީ ކަނޑައެޅިފައިވާ އުސޫލުތަކާއި  އެއްގޮތަށްކަން ކަށަވަރުކުރުން.

މަޤާމް:

 އެސިސްޓެންޓް ލޮޖިސްޓިކްސް އޮފިސަރ

ބޭނުންވާ އަދަދު:

 01 (އެކެއް)

މަޤާމުގެ ގިންތި:

 ކޮންޓްރެކްޓް

ކްލެސިފިކޭޝަން / ރޭންކް:

 އެސިސްޓެންޓް އޮފިސަރ ގރ 01

މުސާރަ:

 މަހަކު 4000.00 ރުފިޔާ

އެހެނިހެން ޢިނާޔަތްތައް:

- ސާރވިސް އެލަވަންސް : އަސާސީ މުސާރައިގެ %30

- އެޓެންޑެންސް އެލަވަންސް: އަސާސީ މުސާރައިގެ %30

- އެހެނިހެން އެލަވަންސް: -/1600

 އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ވަޒީފާ އަދާކުރަންޖެހޭ ތަން:

 ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ މާލެ ސައިޓް

ފެންވަރު ނުވަތަ ޝަރުތު:

- ޖީ.ސީ.އީ އޯލެވެލް ނިންމާފައިވުން. ނުވަތަ،

- މަސައްކަތާއި ގުޅުން ހުރި ދާއިރާއަކުން ސެޓްފިކެޓް 02 ގެ ސަނަދެއް ޙާސިލުކޮށްފައިވުމާއިއެކު މަސައްކަތާއި ގުޅޭ ދާއިރާއަކުން މަދުވެގެން 01 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

- ކޯޕަރޭޝަންގެ ރީޖަނަލް ސައިޓްތަކަށް ފޮނުވާތަކެތި ޕިކަޕަށް ނުވަތަ ކަނޑު އުޅަނދަކަށް ބަރުކުރުމާއި ހުސްކުރުމުގައި އަމަލީގޮތުން ބައިވެރިވުން.

-ކޯޕަރޭޝަނުން ކަސްޓަމަރުންނަށް ކުރާ ޑެލިވަރީތައް ކުރުމަށް ޢަމަލީގޮތުން އެހީތެރިވެދިނުން.

- ރަށްރަށަށް ފޮނުވޭ ތަކެތީގެ ބޯޓު ނޯޓާއި ޑެލިވަރީ ނޯޓުތަކުގައި ސޮއިކުރުވައި ޑިޕާޓްމަންޓްގެ އެޑްމިންއަށް ހަވާލުކުރުން.

- އެއްތަނުން އަނެއްތަނަށް ގެންދިއުމަށް ޙަވާލުކުރެވިފައިވާ ތަކެތި ހަމަޔަށް ހުރިތޯ ބަލައި ސުޕަވައިޒަރުންނަށް އެކަން ރިޕޯޓްކުރުން.

މަޤާމް:

 އެސިސްޓެންޓް ޕްރޮޑަކްޓް ޑިވެލޮޕްމަންޓް އޮފިސަރ

ބޭނުންވާ އަދަދު:

 01 (އެކެއް)

މަޤާމުގެ ގިންތި:

 ކޮންޓްރެކްޓް

ކްލެސިފިކޭޝަން / ރޭންކް:

 އެސިސްޓެންޓް އޮފިސަރ ގރ 01

މުސާރަ:

 މަހަކު 4000.00 ރުފިޔާ

އެހެނިހެން ޢިނާޔަތްތައް:

- ސާރވިސް އެލަވަންސް : އަސާސީ މުސާރައިގެ %30

- އެޓެންޑެންސް އެލަވަންސް: އަސާސީ މުސާރައިގެ %30

- އެހެނިހެން އެލަވަންސް: -/1600

-އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ވަޒީފާ އަދާކުރަންޖެހޭ ތަން:

 ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ހެޑް އޮފީސް

ފެންވަރު ނުވަތަ ޝަރުތު:

- ޖީ.ސީ.އީ އޯލެވެލް ނިންމާފައިވުން. ނުވަތަ،

- މަސައްކަތާއި ގުޅުން ހުރި ދާއިރާއަކުން ސެޓްފިކެޓް 02 ގެ ސަނަދެއް ޙާސިލުކޮށްފައިވުމާއިއެކު މަސައްކަތާއި ގުޅޭ ދާއިރާއަކުން މަދުވެގެން 01 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

- ކޯޕަރޭޝަންގެ ކުރިމަގު ބައްޓަން ކުރުމުގެ ގޮތުން ޕްލޭންތައް ތައްޔާރުކުރުމާއި އެކަންކަން ޙާޞިލުކުރުމަށްޓަކައި ކަމާއިގުޅޭ ޑިޕާޓްމެންޓްތަކާއި ގުޅިގެން މަސައްކަތްކުރުން.

- ކޯޕަރޭޝަންގެ ވިޔަފާރި ފުޅާކުރެވޭނެ ގޮތްތައް ހޯދައި އެފަދަ ކަންކަން ތަންފީޒް ކުރެވޭނެ ގޮތުގެ އެންމެހާ ޕްލޭންތައް ހެދުމުގައި އެހީތެރިވުން.

- ކޯޕަރޭޝަނުން ދެމުން ގެންދާ ޚިދުމަތްތަކުގެ އަގުތައް ކަނޑައަޅައި ކޮންމެ އަހަރަކު އަގުތައް   ރިވައިސް ކުރުމުގެ މަސައްކަތްކުރުން.

މަޤާމް:

 އެސިސްޓެންޓް ސެކްރެޓްރިއޭޓް އޮފިސަރ

ބޭނުންވާ އަދަދު:

 01 (އެކެއް)

މަޤާމުގެ ގިންތި:

 ކޮންޓްރެކްޓް

ކްލެސިފިކޭޝަން / ރޭންކް:

 އެސިސްޓެންޓް އޮފިސަރ ގރ 01

މުސާރަ:

 މަހަކު 4000.00 ރުފިޔާ

އެހެނިހެން ޢިނާޔަތްތައް:

- ސާރވިސް އެލަވަންސް : އަސާސީ މުސާރައިގެ %30

- އެޓެންޑެންސް އެލަވަންސް: އަސާސީ މުސާރައިގެ %30

- އެހެނިހެން އެލަވަންސް: -/1600

-އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ވަޒީފާ އަދާކުރަންޖެހޭ ތަން:

 ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ހެޑް އޮފީސް

ފެންވަރު ނުވަތަ ޝަރުތު:

- ޖީ.ސީ.އީ އޯލެވެލް ނިންމާފައިވުން. ނުވަތަ،

- މަސައްކަތާއި ގުޅުން ހުރި ދާއިރާއަކުން ސެޓްފިކެޓް 02 ގެ ސަނަދެއް ޙާސިލުކޮށްފައިވުމާއިއެކު މަސައްކަތާއި ގުޅޭ ދާއިރާއަކުން މަދުވެގެން 01 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

- ފްރަންޓް އޮފީހަށް އަންނަ ފަރާތްތަކުން ބޭނުންވާ މަޢުލޫމާތާއި ކަންކަން ފުރިހަމަކޮށްދީ، އެކަމަށް މަގުފަހިކޮށްދީ އެހީތެރިވެދިނުން.

- މެއިލްއަށް އަންނަ މެއިލް އަދި އެހިނެހިން ލިޔެކިއުންތައް ކަމާއި ގުޅުންހުރި ފަރާތްތަކަށް ފޯރުކޮށްދިނުން.

-  އޮފީހަށް އަންނަ ލިޔެކިއުންތަކުގެ އަސްލު ސްކޭން ކުރުމަށްފަހު ރައްކާތެރިކަމާއިއެކު ބެލެހެއްޓުން.

- އެކިއެކި މުއައްސަސާތަކަށާއި އަމިއްލަފަރާތްތަކަށް ފޮނުވަންޖެހޭ ސިޓީ އަދި އެހެނިހެން  ލިޔެކުއުންތައް އެފަރާތްތަކަށް ފޮނުވުން.

މަޤާމް:

 އެސިސްޓެންޓް ސެކިއުރިޓީ އޮފިސަރ

ބޭނުންވާ އަދަދު:

 01 (އެކެއް)

މަޤާމުގެ ގިންތި:

 ކޮންޓްރެކްޓް

ކްލެސިފިކޭޝަން / ރޭންކް:

 އެސިސްޓެންޓް އޮފިސަރ ގރ 04

މުސާރަ:

 މަހަކު  4750.00 ރުފިޔާ

އެހެނިހެން ޢިނާޔަތްތައް:

- ސާރވިސް އެލަވަންސް : އަސާސީ މުސާރައިގެ %30

- އެޓެންޑެންސް އެލަވަންސް: އަސާސީ މުސާރައިގެ %30

- އެހެނިހެން އެލަވަންސް: -/1900

- އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ވަޒީފާ އަދާކުރަންޖެހޭ ތަން:

 ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ މާލެ ސައިޓް

ފެންވަރު ނުވަތަ ޝަރުތު:

- ގްރޭޑް 10 ނިންމާފައި ވުމާއެކު މަސައްކަތާ ގުޅޭ ދާއިރާއަކުން މަދުވެގެން 01 އަހަރު ދުވަހުގެ ތަޖުރިބާ ހޯދާފައިވުން. ނުވަތަ،

- މަސައްކަތާއި ގުޅުން ހުރި ދާއިރާއަކުން ސެޓްފިކެޓް 02 ގެ ސަނަދެއް ޙާސިލުކޮށްފައިވުމާއެކު މަސައްކަތާއި ގުޅޭ ދާއިރާއަކުން 02 އަހަރު ދުވަހުގެ ތަޖުރިބާ ހޯދާފައިވުން.

ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

- ސައިޓަށް ނުވަތަ ސައިޓްގައި މަސައްކަތް ކުރާ މުވައްޒަފަކަށް ގެއްލުމެއް ލިބިދާނެކަމެއް ފާހަގަވާނަމަ އެކަމެއް ސުޕަވައިޒަރު އެންގުން.

- މަސައްކަތްކުރާ ސައިޓް ތަކާއި އޮފީސް އިމާރާތަށް ވަދެ ނުކުމެހަދާ މުވައްޒަފުންނާއި އުޅަނދު ފަހަރުގެ ހަރަކާތްތަށް މޮނިޓަރކޮށް ބެލެހެއްޓުން.

- ސައިޓްގެ އިމާރާތްތަކާއި އެހެނިހެން ވަސީލަތްތަކަށް ގެއްލުމެއް ލިބިފައިވާނަމަ ނުވަތަ ލަފާ ކުރެވޭނަމަ އެކަމެއް ސުޕަވައިޒަރު ރިޕޯޓްކުރުން.

- ޤަވާއިދާ ޚިލާފު އެއްވެސް ކަމެއް ހިނގާތޯ ބެލުމާއި، ތަނުގައި އެފަދަ އެއްވެސް ކަމެއް ހިނގާކަމަށް ފާހަނގަ ކުރެވޭނަމަ އެކަން ހުއްޓުވުމަށް ކަނޑަ އެޅިފައިވާ އުސޫލުތަކުގެ ތެރެއިން މަސައްކަތް ކުރުން

ސުންގަޑި:

މިވަޒީފާއަށް އެދޭ ފަރާތްތަކުން، އެޕްލިކޭޝަން ފޯމް ފުރިހަމަކުރުމަށްފަހު، 04 ނޮވެމްބަރ 2021 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން، މިކޯޕަރޭޝަންގެ ހެޑް އޮފީހަށް ނުވަތަ ހިއުމަން ރިސޯސް ޑިޕާޓްމަންޓުގެ އީ މެއިލް [email protected] އަށް ފޮނުއްވުން އެދެމެވެ.

- ވަޒީފާއަށް އެދޭ ފޯމު މިކޯޕަރޭޝަންގެ ވެބްސައިޓް  www.rdc.com.mv  އިން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މިކޯޕަރޭޝަންގެ ހެޑް އޮފީހުގެ (އޯކިޑް މަގު، އެމްއެސްއެލް ބިލްޑިންގ ގެ ފުރަތަމަ ފަންގިފިލާ / މާލެ) ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި އިޢުލާނާއެކު ވަޒީފާ ފޯމް އެޓޭޗް ކުރެވިފައިވާނެއެވެ. އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ އެކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް: 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު.
  2. ވަޒިފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ  (މުއްދަތު ހަމަނުވާ)
  4. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.
  5. ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާގެ މުއްދަތު އަދި ވަޒީފާގެ މަސްއޫލިއްޔަތުތައް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
  6. ދޫކުރިފަހުން ތިން މަސް ދުވަސް ހަމަނުވާ ޕޮލިސް ރިފޯޓް.

އިންޓަވިއު:

- އިންޓަވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓު ކުރެވޭ ފަރާތްތަކަށް އެކަންޏެވެ.

- މި މަޤާމުތަކަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، މަޤާމުގެ ޝަރުޠު ހަމަނުވާ ފަރާތްތަކުގެ ފޯމުތައް ބާޠިލްކުރެވޭނެއެވެ.

- މި މަޤާމުތަކަށް މީހުން ހޮވުމަށް ކުރެވޭ އިންޓަވިއު އޮންނާނީ ނޮވެމްބަރ މަހުގެ ތާރީޚެއްގައިއެވެ.

އިތުރު މަޢުލޫމާތު: 

 އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންވާނަމަ މިކުންފުނީގެ 3339060 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

                  25 ރަބީޢުލްއައްވަލް  1443   

31 އޮކްޓޫބަރު 2021
ހޯދާ