މޯލްޑިވްސް ޕޯސްޓް ލިމިޓެޑް
ދިވެހިރާއްޖެ
އެއަރކޮންޑިޝަނަރ ސަޕްލައިކޮށް ހަރުކޮށްދޭނެ ފަރާތެއް ހޯދުމަށް

 

  1. 1. ބީލަމަށް ހުށަހަޅާލެވޭ ޕްރޮޖެކްޓާއި ބެހޭ މަޢުލޫމާތު

މިކުންފުނިން ދޭ މަޢުލޫމާތާއި އެއްގޮތަށް ހުޅުމާލޭގައި ހުންނަ އަމީން އެވެނިއުގެ ޓީކް ޓަވަރގެ ފުރަތަމަ ފަންގިފިލާ އަށް ބޭނުންވާ އެއަރކޮންޑިޝަނަރތައް ސަޕްލައިކޮށް ހަރުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވިފައިވާ ނަންބަރު: PRC-MPL/IULAAN/2021/74 ޢިއުލާނާއި ގުޅިގެން އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ އެ އިޢުލާން ބާޠިލްކޮށް، ތިރީގައިވާ ގޮތުގެ މަތިން އަލުން ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

 

1.1 މަޢުލޫމާތު ދިނުން:  ތާރީޚް: 08 ނޮވެމްބަރ 2021  ގަޑި:.  13:00

    އެޑްރެސް/ތަން: މޯލްޑިވްސް ޕޯސްޓް ލިމިޓެޑް 8ވަނަ ފަންގިފިލާ

  (މަޢުލޫމާތު ސެޝަނަށްފަހު ޢިމާރާތް ބެލުމަށް އަމީނު އެވެނިއުއަށް ވަޑައިގަތުމަށް ތާރީޚާއި ގަޑި ހަމަޖެއްސޭނެއެވެ.)

 

1.2 ބިޑް ޕްރޮޕޯރސަލް ހުށަހެޅުން: ތާރީޚް: 14 ނޮވެމްބަރ 2021  ސުން ގަޑި:. 14:00

އެޑްރެސް/ތަން: މޯލްޑިވްސް ޕޯސްޓް ލިމިޓެޑް 8ވަނަ ފަންގިފިލާ

 

2.  މާރކްސް ދެވޭ ކްރައިޓީރިއާތަކާއި ދެވޭ މާރކްސް: 

2.1  މަސައްކަތުގެ ތަޖުރިބާ: 30 ޕޮއިންޓް (5 އަހަރު ދުވަސް ހަމަނުވާ 3 ރިފަރެންސް ހުށަހެޅުން)

2.2  އެންމެ ހެޔޮ އަގަށް: 30 ޕޮއިންޓް

2.3  މުއްދަތުގެ އަވަސްމިނަށް: 20 ޕޮއިންޓް

2.4  ވޮރެންޓީ އާ އާފްޓަރ ސޭލްސް ސާރވިސްގެ އެންމެ ދިގުމުއްދަތަށް : 15 ޕޮއިންޓް

2.5  ދިވެހި ފަރާތެއްނަމަ: 5 ޕޮއިންޓް

 

3. ބިޑް ހުށަހަޅާ ފަރާތުގައި ހުންނަންޖެހޭ ޝަރުތުތައް

3.1  ވޭތުވެ ދިޔަ ފަސްއަހަރު ޖިނާޢީ ކުށެއް ސާބިތުވެފައިވާ ފަރާތަކަށް ނުވުން. (ކުންފުންޏެއްނަމަ އިސްފަރާތް)

3.2 ޕްރޮޖެކްޓް ހިންގޭފަދަ ފައިނޭންޝަލް ޤާބިލުކަން ހުރުން.

3.3 ޕްރޮޖެކްޓާ ގުޅޭ މަސައްކަތުގެ ތަޖްރިބާ ލިބިފައިވާ ފަރާތަކަށް ވުން

 

4. ބިޑް ޑޮކިއުމެންޓާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް

4.1 ކޮމްޕެނީ ޕްރޮފައިލް އާއި ކޮމްޕެނީ ރަޖިސްޓްރޭޝަން

4.2 ޓެކްސް ކްލިއަރެންސް ރިޕޯރޓް

4.3 ދެފަރާތަކުން ގުޅިގެން ބިޑް/ޕްރޮޕޯރސަލް ހުށަހަޅާނަމަ އެފަރާތެއްގެ މަޢުލޫމާތާ ވަނަވަރު

4.4 ބިޑް ހުށަހަޅާފަރާތުން ސޮއިކޮށްފައިވާ "ޑިކްލަރޭޝަން އޮން އެތިކަލް ކޮންޑަކްޓް އެންޑް ފްރޯޑް އެންޑް ކޮރަޕްޝަން" އިޤްރާރު  ފޯރމު.

 

5. ބިޑް ބާތިލުވުމާ ބެހޭ މަޢުލޫމާތު

5.1 ދޮގު މަޢުލޫމާތު ދީފައިވާ ބިޑްތައް

5.2 ޕްރޮޖެކްޓާ އެކަށީގެން ނުވާ ބޮޑު އަގުތައް ހުށަހެޅުން

5.3 ހުށަހަޅާ ޕްރޮޕޯރސަލްގެ ކޮލިޓީ ދައްވުން

5.4 ބިޑް ހުށަހެޅުމަށް ޝަރުތު ފުރިހަމަ ނުވާ ފަރާތަކަށް ވުން.

5.5 "ޑިކްލަރޭޝަން އޮފް އެތިކަލް ކޮންޑަކްޓް، ފުރޯޑް އެންޑް ކޮރަޕްޝަން" އިޤްރާރުގައި ސޮއިކުރުމަށް ދެކޮޅު ހެދުން.

 

6. ބިޑް ބާތިލުވުމާ ބެހޭ މަޢުލޫމާތު

6.1 ދޮގު މަޢުލޫމާތު ދީފައިވާ ބިޑްތައް

6.2 ޕްރޮޖެކްޓާ އެކަށީގެން ނުވާ ބޮޑު އަގުތައް ހުށަހެޅުން

6.3 ހުށަހަޅާ ޕްރޮޕޯރސަލްގެ ކޮލިޓީ ދައްވުން

6.4 ބިޑް ހުށަހެޅުމަށް ޝަރުތު ފުރިހަމަ ނުވާ ފަރާތަކަށް ވުން.

6.5 "ޑިކްލަރޭޝަން އޮފް އެތިކަލް ކޮންޑަކްޓް، ފުރޯޑް އެންޑް ކޮރަޕްޝަން" އިޤްރާރުގައި ސޮއިކުރުމަށް ދެކޮޅު ހެދުން.

 

7. ބީލަން ކާމިޔާބު ކުރާ ފަރާތާ އެކު ހެދޭ އެއްބަސްވުމުގައި ހިމެނޭނެ ބައެއް މުހިއްމުކަންކަން.

7.1 ބިޑް ކާމިޔާބުކުރުމަށްފަހު ކުންފުނީގެ އިހުމާލެއް ނެތި މަސައްކަތް ހުއްޓާލައިފިނަމަ ކުންފުންޏަށް ލިބުނު ގެއްލުމުގެ ބަދަލު  ނެގޭނެ ގޮތް

7.2 މަސައްކަތް ލަސްވާ ދުވަސްތަކަށް ގެއްލުމުގެ ބަދަލު ނަގާނެކަން

7.3 މަތީގައިވާ ކަންކަމުގެ އިތުރުން މުހިއްމު ކަންތައްތައް އެއްބަސްވުމުގައި ހިމެނޭނެ.

 

8. އިތުރު މަޢުލޫމާތު

8.1 ބިޑަށް ނުހޮވޭ ފަރާތްތަކަށް ނުހޮވޭކަން އެންގުމުން ރަސްމީ ފަސް ދުވަހުގެ ތެރޭގައި ޝަކުވާއެއް އޮތްނަމަ ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އޮންނާނެ.

8.2 ބިޑް ހުށަހަޅަންވާނީ ދިވެހި ރުފިޔާއިންނެވެ.

8.3 ބިޑަށް ހޮވޭ ފަރާތާއެކު މުޢާމަލާތު ކުރުމަށް ދަތިވެއްޖެނަމަ (ފޯނަށް ޖަވާބު ނުދިނުން، ކޯލްބެކް ނުކުރުން، މެސެޖަށް ޖަވާބު ނުދީ ލަސްވުން، އީމެއިލްއަށް ޖަވާބު ނުދީ ލަސްވުން ފަދަ) މައްސަލަތަކުގެ ސަބަބުން ކޮންޓްރެކްޓް ހެދުމަށް ދަތިތައް ދިމާވާނަމަ ބިޑަށް ހޮވުނު ފަރާތް ކެންސަލް ކުރުމުގެ އިޚްތިޔާރު ކުންފުންޏަށް ލިބިގެންވެއެވެ.

8.4 މި ޕްރޮޖެކްޓަށް އެޑްވާންސް ފައިސާ ދޭގޮތަށް ހަމަޖެހިފައެއް ނުވެއެވެ.   

31 އޮކްޓޫބަރު 2021
ހޯދާ