ދިވެހިރާއްޖެ
- 1. ޕްރޮޖެކްޓާ ބެހޭ މަޢުލޫމާތު
މޯލްޑިވްސް ޕޯސްޓް ލިމިޓެޑަށް ސާރވަރ ގަތުމަށް ބޭނުންވެއެވެ. މިމަސައްކަތުގެ ޓަރމްސް އޮފް ރިފަރަންސް "ޓީ. އޯ. އާރް" މިއިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިއެވަނީއެވެ. އަދި މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތަކާއި އެހެނިހެން މައުލޫމާތު "ޓީ. އޯ. އާރް" ގައާއި މި އިޢުލާންގައި ބަޔާންކުރެވިފައިވާނެއެވެ.
2.ބިޑް ޕްރޮޕޯރސަލް ހުށަހެޅުން: ތާރީޚް: 09 ނޮވެމްބަރ 2021 ސުން ގަޑި: 14:00
އެޑްރެސް/ތަން: މޯލްޑިވްސް ޕޯސްޓް ލިމިޓެޑް 8ވަނަ ފަންގިފިލާ
3. މާރކްސް ދެވޭ ކްރައިޓީރިއާތަކާއި ދެވޭ މާރކްސް:
3.1 އެންމެ ހެޔޮ އަގަށް – 35 ޕޮއިންޓް
3.2 އެންމެ ގިނަ ތަޖުރިބާގެ ލިޔުން 10 ޕޮއިންޓް (މަދުވެގެން 2 ގިނަވެގެން 4)
3.3 ސަރޓިފައިޑް އިންޖިނިއަރސް – 20 ޕޮއިންޓް (ހުށަހަޅާ ފަރާތްތަކުގެ ވަނަވަރު)
3.4 ވޮރެންޓީ، އާފްޓަރ ސޭލްސަރވިސް ގެ މިންވަރާ އަދި އެންމެ ދިގު މުއްދަތު – 35 ޕޮއިންޓް
4. ބިޑް ހުށަހަޅާ ފަރާތުގައި ހުންނަންޖެހޭ ޝަރުތުތައް
4.1 ވޭތުވެ ދިޔަ ފަސްއަހަރު ޖިނާޢީ ކުށެއް ސާބިތުވެފައިވާ ފަރާތަކަށް ނުވުން
4.2 ޕްރޮޖެކްޓްއާ ގުޅޭ މަސައްކަތް ކުރުމަށް ރަޖިސްޓްރީ ކުރެވިފައިވާ ފަރާތަކަށްވުން.
4.3 ޕްރޮޖެކްޓް ހިންގޭފަދަ ފައިނޭންޝަލް ޤާބިލުކަން ހުރިކަން ސާބިތު ކޮށް ދިނުން.
4.4 ޕްރޮޖެކްޓާ ގުޅޭ މަސައްކަތުގެ ތަޖްރިބާ ލިބިފައިވާ ފަރާތަކަށް ވުން
5. ބިޑް ޑޮކިއުމެންޓާއެކު ހުށަހަޅަންޖެހޭ ލިޔެކިއުންތައް
5.1 ކޮމްޕެނީ ޕްރޮފައިލް އާއި ކޮމްޕެނީ ރަޖިސްޓްރޭޝަން
5.2 ޓެކްސް ކްލިއަރެންސް ރިޕޯރޓް
5.3 ޕްރޮޖެކްޓް ކުރިއަށް ގެންދިއުމަށް ހުށަހަޅާ ޕްރޮފެޝަނަލުންގެ ސީވީ.
5.4 ޢިއުލާން ކުރެވޭ ޕްރޮޖެކްޓާ ގުޅުން ހުރި މުދަލާ ޚިދުމަތް ދިނުމަށް ކަމާބެހޭ އިދާރާއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތެއްކަން އަންގައިދޭ ލިޔުން.
5.6 ދެފަރާތަކުން ގުޅިގެން ބިޑް/ޕްރޮޕޯރސަލް ހުށަހަޅާނަމަ އެފަރާތެއްގެ މަޢުލޫމާތާ ވަނަވަރު
5.7 ބިޑް ހުށަހަޅާފަރާތުން ސޮއިކޮށްފައިވާ "ޑިކްލަރޭޝަން އޮފް އެތިކަލް ކޮންޑަކްޓް، ފްރޯޑް އެންޑް ކޮރަޕްޝަން" އިޤްރާރު ފޯރމު.
6. ބީލަން ބާތިލުވުމާ ބެހޭ މަޢުލޫމާތު
6.1 ދޮގުމަޢުލޫމާތު ދީފައިވާ ބީލަންތައް
6.2 ޕްރޮޖެކްޓާ އެކަށީގެން ނުވާ ބޮޑު އަގުތައް ހުށަހެޅުން
6.3 ހުށަހަޅާ ޕްރޮޕޯރސަލްގެ ކޮލިޓީ ދައްވުން
6.4 ބީލަން ހުށަހެޅުމަށް ޝަރުތު ފުރިހަމަ ނުވާ ފަރާތަކަށް ވުން.
6.5 " ޑިކްލަރޭޝަން އޮން އެތިކަލް ކޮންޑަކްޓް، ފުރޯޑް އެންޑް ކޮރަޕްޝަން" އިޤްރާރުގައި ސޮއިކުރުމަށް ދެކޮޅު ހެދުން.
7. އެޑްވާންސް ފައިސާ:
މި ޕްރޮޖެކްޓަށް އެޑްވާންސަށް ފައިސާ ދޫކުރާ ގޮތަށް ހަމަޖެހިފައެއް ނުވެއެވެ.
8. ބީލަން ކާމިޔާބު ކުރާ ފަރާތާ އެކު ހެދޭ އެއްބަސްވުމުގައި ހިމެނޭނެ ބައެއް މުހިއްމުކަންކަން.
8.1 ބިޑް ކާމިޔާބުކުރުމަށްފަހު ކުންފުނީގެ އިހުމާލެއް ނެތި މަސައްކަތް ހުއްޓާލައިފިނަމަ ކުންފުންޏަށް ލިބުނު ގެއްލުމުގެ ބަދަލު ނެގޭނެ ގޮތް
8.2 މަސައްކަތް ލަސްވާ ދުވަސްތަކަށް ގެއްލުމުގެ ބަދަލު ނަގާނެކަން
8.3 މަތީގައިވާ ކަންކަމުގެ އިތުރުން މުހިއްމު ކަންތައްތައް އެއްބަސްވުމުގައި ހިމެނޭނެ
9. އިތުރު މަޢުލޫމާތު.
9.1 ބީލަމަށް ނުހޮވޭ ފަރާތްތަކަށް އެކަން އެންގުމުން ރަސްމީ ފަސް ދުވަހުގެ ތެރޭގައި ޝަކްވާއެއް އޮތްނަމަ ޝަކްވާ ހުށަހެޅުމުގެ ފުރުސަތު އޮންނާނެ.
9.2 ބިޑް ހުށަހަޅަންވާނީ ދިވެހި ރުފިޔާއިން.
9.3 ބިޑަށް ހޮވޭ ފަރާތާއެކު މުޢާމަލާތު ކުރުމަށް ދަތިވެއްޖެނަމަ (ފޯނަށް ޖަވާބު ނުދިނުން، ކޯލްބެކް ނުކުރުން، އީމެއިލްއަށް ޖަވާބު ނުދިނުންފަދަ) މައްސަލަތަކުގެ ސަބަބުން ކޮންޓްރެކްޓް ހެދުމަށް ދަތިތައް ދިމާވާނަމަ ބިޑަށް ހޮވުނު ފަރާތް ކެންސަލް ކުރުމުގެ އިޚްތިޔާރު ކުންފުންޏަށް ލިބިގެންވެއެވެ.