މަދަރުސަތުލް ޝަހީދު ޢަލީ ތަކުރުފާނު، ހއ. ތަކަންދޫ
ދިވެހިރާއްޖެ
މިސްކޫލުގެ ހޯލު އިމާރާތުގެ ކުލާސްރޫމްތައް ބަންދުކުރެވިފައިވާ ކުލާސްރޫމްތަކަށް ބަދަލުކުރުން

އިޢުލާނު

އަންދާސީ ހިސާބު ހޯދަން ބޭނުންވެއްޖެ.

                  

                      

މިސްކޫލުގެ ހޯލު އިމާރާތުގެ ކުލާސްރޫމްތައް ބަންދުކުރެވިފައިވާ ކުލާސްރޫމް ތަކަކަށް ހެދުމަށްޓަކައި މިދަންނަވާ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

*ސީލިންގ ބަދަލުކުރުން.

*މުށިޖެހުން.

*ދޮރުހަރުކުރުން(އެލްމެނިއަމް ދޮރު).

                 ވީމާ، އަމިއްލަ ތަކެތީގައި މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ. މިމަސައްކަތް ކުރުމަށްކުރިމަތިލެވޭނީ ވިޔަފާރި ޤާނޫނުގެ (2014/18) ގެ ދަށުން ރަޖިސްޓަރީވެފައިވާކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (2014/19) ގެދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.

 

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީހިސާބު ހުށަހެޅުމަށް

15 ނޮވެންބަރ 2021 ވާ ހޯމަ ދުވަހު ހެނދުނު 10:00

22 ނޮވެންބަރ 2021 ވާ ހޯމަ ދުވަހު ހެނދުނު 10:00

               އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ހާޒިރުނުވާ ފަރާތްތަކާއި، ކަނޑައެޅިފައިވާ ވަގުތުގެފަހުން ގެންނަ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ރަސްމީބަންދު ދުވަސްތައް ފިޔަވާ ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން މެންދުރުފަހު 14:00 އަށް  6500576 ނަންބަރު ފޯނާއެވެ.

31 އޮކްޓޫބަރު 2021
ހޯދާ