ވިލުފުށީ ސްކޫލް
ދިވެހިރާއްޖެ
ސްކޫލް ބޯޑަށް ކުރިމަތި ލުމަށް ހުޅުވައިލުން

އިޢުލާން

 

ސްކޫލް ބޯޑަށް ކުރިމަތިލުމަށް ހުޅުވާލުން

            2021 އޮގަސްޓް 22 ގައި ސްކޫލް ބޯޑްގެ ދައުރު ހަމަވެފައިވާތީ، ކުރިއަށް އޮތް 2 އަހަރަށް ސްކޫލްބޯޑް

އެކުލަވާލުމަށްޓަކައި، ސްކޫލްބޯޑްގެ ތިރީގައި މިދަންނަވާ މަޤާމުތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ.

1-    ބެލެނިވެރިންގެ 02 މެމްބަރުން

2-    މުދައްރިސުންގެ ތެރެއިން 1 މެމްބަރު

މެމްބަރަކަށް ވުމުގެ ޝަރުޠުތައް:

    (ހ) ބެލެނިވެރިންގެ ޝަރުޠުތައް:

       1- ސްކޫލްގައި ކިޔަވާ ދަރިވަރެއްގެ ބެލެނިވެރިޔެއްގެ ގޮތުގައި ސްކޫލްގައި ރަޖިސްޓްރީ ކޮށްފައިވާ ފަރާތެއް ކަމުގައި ވުން.  

      2  ސްކޫލް ބޯޑްގެ ކަންތައްތަކުގައި ޝައުޤުވެރިކަމާއެކު އުޅެވޭނެ ފަރާތެއް ކަމުގައިވުން.

3 ޖިނާޢީ ކުށެއްގެ ޙުކުމެއް ތަންފީޒުކުރަމުންދާ މީހަކު ކަމުގައި ނުވުން. ނުވަތަ އެފަދަ ޙުކުމެއް ތަންފީޒުކޮށް ނިމުނުތާ، ނުވަތަ އެފަދަ ޙުކުމެއް

ކަނޑައެޅުނުނ އަދަބު މަޢާފުކުރެވުނުތާ 5 އަހަރު ވެފައިވާ މީހަކުކަމުގައި ވުން.

4- ދިވެހި ބަހުން ލިޔަން، ކިޔަން އެނގުން.

5- ސްކޫލްގެ މުވައްޒަފަކަށް ނުވުން.

6- ޢުމުރުން 18 އަހަރު ފުރިފައިވާ ދިވެއްސަކު ކަމުގައިވުން.

7- އެހެން ސްކޫލެއްގެ ބޯޑެއްގެ މެމްބަރަކު ކަމުގައި ނުވުން.

(ށ) ޓީޗަރުންގެ ޝަރުޠުތައް:

 1- ޓީޗަރެއްކަމުގެ މަސްއޫލިއްޔަތު ސްކޫލްގައި އަދާކުރަމުންދާ މީހެއްކަމުގައިވުން.

  2- ސްކޫލް ބޯޑްގެ ކަންތައްތަކުގައި ޝައުޤުވެރިކަމާއެކު އުޅެވޭނެ ފަރާތެއް ކަމުގައިވުން.

ވީމާ، މިމަޤާމުތަކަށް ކުރިމަތިލެއްވުމަށްއެދޭ ފަރާތްތަކުން "ސްކޫލްބޯޑްގެ މަޤާމްތަކަށް ކުރިމަތިލެއްވުމަށް އެދޭ ފޯމް" ފުރިހަމަކޮށް 09 ނޮވެންބަރު 2021 އަންގާރަ ދުވަހުގެ

މެންދުރުފަހު 12:45ގެ ކުރިން ސްކޫލްއޮފީހަށް ހުށައެޅުމަށް ދަންނަވަމެވެ. މިފޯމް ލިބެންހުންނާނީ ސްކޫލުގެ އޮފީހުންނެވެ.

                        25 ރަބީޢުލްއައްވަލް 1443

                        31 އޮކްޓޫބަރު 2021

31 އޮކްޓޫބަރު 2021
ހޯދާ