މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
އިޢުލާން

އަންދާސީހިސާބް ބޭނުންވެއްޖެ.

މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީ މެޖިސްޓްރޭޓް ކޯޓުގެ ފުރަތަމަ ފަންގިފިލާގައި ޖަހާފައިވާ ތަށިމުށިތައް ނަގައި އަލުން ތަށިމުށި ޖަހާދޭނެ ފަރާތެއް ހޯދުމަށް ކުރި މިކޯޓުގެ ނަންބަރު: F10C-A/2021/08 (27 ސެޕްޓެމްބަރ 2021) އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކޮށްފައިވަނީ ދެ ފަރާތުން ކަމަށްވާތީ، އެ އިޢުލާނު ބާތިލްކޮށް އަލުން އެމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަންބޭނުން ވެއެވެ.

ވީމާ، އަމިއްލަ ތަކެތީގައި މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤްވެރިވެވަޑައިގަންނަވާ ފަރާތްތަކުން 04 ނޮވެމްބަރ 2021 ވާ ބުރާސްފަތި ދުވަހުގެ 10:30 އަށް ބ.އޭދަފުށީ މެޖިސްޓްރޭޓް ކޯޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 14 ނޮވެމްބަރ 2021 ވާ އާދީއްތަ ދުވަހުގެ 10:30އަށް ބ.އޭދަފުށީ މެޖިސްޓްރޭޓް ކޯޓަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މިއިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކޮށް އަންދާސީ ހިސާބު ހުށަހެޅުމަށް ފުރުސަތު ހުޅުވާލެވިފައިވަނީ ހަމައެކަނި ރަޖިސްޓްރީކޮށްފައިވާ ކުންފުނި، ލޯކަލް އިންވެސްޓްމެންޓް، ޕާރޓްނަރޝިޕް އަދި އަމިއްލަ ފަރުދުންގެ ވިޔަފާރިތަކަށެވެ. އަދި މަޢުލޫމާތު ސާފުކުރުމަށާއި އަނދާސީހިސާބް ހުށަހެޅުމަށް ޙާޟިރުވާއިރު އެބޭފުޅެއް ތަމްސީލުކުރައްވަނީ ކޮން ކުންފުންޏެއްކަން އެނގޭނެ ރަސްމީ ލިޔުމެއް (ރެޖިސްޓްރީ ކޮޕީ) ހުށަހަޅުއްވަންވާނެއެވެ. އަދި  މަޢުލޫމާތު ސާފުކުރުމަށާއި އަންދާސީ ހިސާބް ހުށަހެޅުމަށް ވެރިފަރާތް ނޫން އެހެން ފަރާތެއް ފޮނުވާނަމަ އެމީހަކީ ވެރިފަރާތުން ފޮނުވާމީހެއްކަން އެނގޭފަދަ ލިޔުމަކާއި ހާޟިރުވާފަރާތުގެ އައިޑީކާޑް ނުވަތަ ކާކުކަން އެނގޭފަދަ ރަސްމީ ލިޔުމެއް ހިއްޕަވައިގެން ވަޑައިގެންދެއްވުން އެދެމެވެ. އަދި މިފަދަ ލިޔުމެއް ނެތި މަޢުލޫމާތު ސަފުކުރުމަށް ވަޑައިގަންނަވާ ފަރާތްތަކަށް މަޢުލޫމާތު ދެވެން ނެތްކަމަށާއި އަދި އަންދާސީ ހިސާބުވެސް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. އަދި ފޯނުން މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިނުވާ ވާހަކަވެސް ދަންނަވަމެވެ.

އަދި މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބުތަކާއި ގަޑިޖެހުމަށްފަހު ހުށަހަޅާ އަންދާސީ ހިސާބުތައް އަދި މަޢުލޫމާތު ފުރިހަމަނުކުރައްވާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.

28 އޮކްޓޫބަރު 2021
ހޯދާ