މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
އެމްޕްލޯއިމަންޓް އޭޖެންސީ ހިންގުމުގެ ހުއްދަ ދިނުމާއި އައު ކޮށްދިނުން ވަގުތީ ގޮތުން ހުއްޓައިލުމާއި ގުޅޭ

         އެމްޕްލޯއިމަންޓް އެޖެންސީއާބެހޭ އައު ގަވާއިދު ނެރުމުގެ މަސައްކަތް މި މިންސްޓްރީއިން ކުރަމުން ދާތީ، މިހާރު އަމަލުކުރަމުންދާ ގަވާއިދުގެ ދަށުން ދޫކުރަމުން ދިޔަ އެމްޕްލޯއިމަންޓް އެޖެންސީ ހިންގުމުގެ ހުއްދަ ދޫކުރުމާއި އައު ކޮށްދިނުން މި އަހަރުގެ (31 ޑިސެމްބަރ 2021) ނިޔަލަށް ވަގުތީ ގޮތުން މެދު ކަނޑާލެވިފައިވާ ވާހަކަ ދެންނެވީމެވެ.                          

          މި ހިދުމަތްތައް ވަގުތީ ގޮތުން މެދުކަނޑާލެވިފައި ވީނަމަވެސް، މުއްދަތު ހަމަވާ އެޖެންސީތަކުގެ ހުއްދައިގެ މުއްދަތު މި އަހަރުގެ (31 ޑިސެމްބަރ 2021) ނިޔަލަށް އިތުރު ކޮށްދެވޭނެކަމުގައި ދެންނެވީމެވެ.                                  

                        

28 އޮކްޓޫބަރު 2021
ހޯދާ