މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
Mental Health and Learning Disabilities Scholarship 2021 ( Re-Announced)

މެންޓަލް ހެލްތް އެންޑް ލާރނިންގ ޑިސެބިލިޓީސް ދާއިރާގެ ސްކޮލަރޝިޕް 2021

(2 ވަނަ ފަހަރަށް އިޢުލާނުކުރުން)

 

          މެންޓަލް ހެލްތާއި ލާރނިންގ ޑިސެބިލިޓީސް ދާއިރާއިން މީހުން ބިނާކުރުމަށް ހުޅުވާލި 46 ސްކޮލަރޝިޕްގެ ތެރެއިން ހުސްކޮށް އޮތް 28  ސްކޮލަރޝިޕްގެ ފުރުސަތަށް ކުރިމަތިލުމަށް ހުޅުވާލަމެވެ. މި ސްކޮލަރޝިޕްތަކުގައި ކިޔެވުމަށް ހިނގާ ހުރިހާ ޚަރަދެއް(ދެކޮޅު ޓިކެޓް، ސްޓައިޕެންޑް، ބުކް އެލަވަންސް، ކޯސް ފީ،  އެސްޓަބްލިޝްމަންޓް އެލަވަންސް، ޑިޕާޗަރ އެލަވަންސް، އިންޝުއަރެންސް އަދި ވިސާ ޚަރަދު) ހަމަޖައްސާނީ ސަރުކާރުގެ ފަރާތުންނެވެ. މި ސްކޮލަރޝިޕްގެ ދަށުން ހުޅުވާލެވޭ ފުރުޞަތުތައް ކަނޑައެޅިފައިވާ މުވައްސަސާތަކާއި ޢަދަދުތަކުގެ ތަފްޞީލް މި އިޢުލާނާ އެޓޭޗްކުރެވިފައިވާ އެނެކްސް-1 ގައި ވާނެއެވެ. ކިޔަވަން ދެވޭނެ ޤައުމުތަކުގެ ލިސްޓް، އެނެކްސް-2ގައި ވާނެއެވެ. މި ސްކޮލަރޝިޕްގެ ފުރުސަތު ލިބޭ އެޕްލިކަންޓުން ކޯސް އެލޮކޭޓްކުރެވިފައިވާ މުވައްސަސާއެއްގައި، ކޯހުގެ ދިގުމިނަށް ބިނާކޮށް ކަނޑައެޅިފައިވާ މުއްދަތަކަށް ޚިދުމަތް ކުރުމަށް ބޮންޑު ކުރެވޭނެއެވެ.

ކޯހުގެ ދާއިރާ

ސްކޮލަރޝިޕްގެ ޢަދަދު

މާސްޓަރސް އިން ކްލިނިކަލް ސައިކޮލޮޖީ

03

މާސްޓަރސް އިން އެޑިކްޝަން ސްޓަޑީޒް / އެޑިކްޝަން މެނޭޖްމަންޓް  ދާއިރާއިން

 

05

މާސްޓަރސް އިން ނާރސިންގ (ސައިކިއެޓްރިކް ނާރސިންގ/ މެންޓަލް ހެލްތް ނާރސިންގ)

 

08

މާސްޓަރސް އިން ކައުންސެލިންގ/ ސައިކޮތެރަޕީ ދާއިރާއިން

 

06

މާސްޓަރސް އިން ލާރނިންގ ޑިސެބިލިޓީސް

06

 

މި ސްކޮލަރޝިޕަށް ހޮވޭނީ ތިރީގައިވާ ޝަރުޠުތައް ފުރިހަމަވާ ފަރާތްތަކުގެ ތެރެއިންނެވެ:

1. ކޯހާއި ގުޅޭ ދާއިރާއަކުން ބެޗްލަރސް ޑިގްރީ ހާސިލްކުރައްވާފައިވުމާއެކު، ކޯސް ފުރިހަމަ ކުރެއްވުމަށް އެދޭ  ޔުނިވަރސިޓީން ކަނޑައަޅާފައިވާ ކްރައިޓީރިއާ ހަމަވުން. އަދި މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އިން މާސްޓަރސް ޑިގްރީއަށް އެމް.އެން.ކިޔު.އެފް ގައި ކަނޑައަޅާފައިވާ ކްރައިޓީރިއާ ހަމަވުން. 

2. މި މިނިސްޓްރީއިން ނުވަތަ ކުރިން ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން މެދުވެރިވެގެން ކިޔެވުމަށް ލޯނެއް ނަންގަވާފައިވާނަމަ ޑީފޯލްޓެއް ނެތި އެ ލޯނެއް ޤާވާއިދުން ދައްކަވަމުންގެންދަވާ ފަރާތެއް ކަމުގައިވުން.

3. އެދިވަޑައިގަންނަވާ ކޯހަކީ މިހާރު ފުރިހަމަކުރައްވާފައިވާ ކޯހަކަށްވުރެ މަތީ ފެންވަރުގެ ކޯހަކަށްވުން.

4. އެދިވަޑައިގަންނަވާ ކޯހާއި އެއް ފެންވަރެއްގެ ކޯހެއް ދައުލަތުގެ ޚަރަދުގައި މިހާރު ފުރިހަމަ ކުރައްވަމުންގެންދަވާ  ކެންޑިޑޭޓެއްކަމުގައި ނުވުން.

ކޯހުގެޝަރުތު:

 

އެޕްލިކޭޝަނާއެކު ތިރީގައި މި ދަންނަވާ ތަކެތި ހުށަހަޅުއްވަންވާނެއެވެ:

  1. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.

2. ފުލް ޓްރާންސްކްރިޕްޓްގެ ކޮޕީ.

3. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ. (2 ފުށް ފެންނަގޮތަށް)

4. ކޯސް ނިންމެވުމަށްފަހު ވަޒީފާ އަދާކުރައްވަން އިސްކަންދެއްވާ ތަނުގެ  ތަރުތީބު އެނގޭނެ ގޮތަށް އެނެކްސް-1 ފުރުއްވުމަށް ފަހު، އެ އެނެކްސްގެ ކޮޕީ. މިގޮތުން އެ އެނެކްސްގައި އޮތް، މަދުވެގެން 1 ތަން އިޚުތިޔާރުކުރައްވާފައި އޮންނަންވާނެއެވެ. 

5. ޚިދުމަތްކުރުމަށް ބޮންޑެއް އޮތްނަމަ، ބޮންޑުކުރި ތަނަކުން އެ ކެންޑިޑޭޓަކު މި ކޯހަށް ދޫކުރާނެކަމުގެ ލިޔުން.

6. ކުރިން ލޯނު ނަންގަވާފައިވާ ކެންޑިޑޭޓުންގެ ތެރެއިން ގަވާއިދުން ޑިފޯލްޓެއް ނެތި ލޯނު ދައްކަވާ ފަރާތްތަކުން  މިސްކޮލަރޝިޕަށް އެޕްލިކޭޝަން ހުށަހަޅުއްވާނަމަ، ކުރިން ނަންގަވާފައިވާ ލޯނު ދައްކަވަމުން ގެންދަވާނެކަން ބަޔާންކުރާ ކެންޑިޑޭޓުގެ ލިޔުމެއް ނުވަތަ އެހެން ފަރާތެއް ލޯނު ދެއްކުމާ ޙަވާލުވާނަމަ، އެ ޙަވާލުވާ ފަރާތުގެ ލިޔުން.

 

ހުށަހަޅުއްވަންޖެހޭ ތަކެތި

 

 

ސަމާލުކަން ދޭންޖެހޭ އެހެނިހެން ކަންކަން:

- މި އިޢުލާނާގުޅިގެން އެޕްލިކޭޝަން ހުށަހަޅުއްވާ ކޮންމެ ކެންޑިޑޭޓަކުވެސް ހުށަހަޅުއްވަންވާނީ އެންމެ ކޯހަކަށެވެ.

- ކިޔަވަން އިޚްތިޔާރުކުރާ ކޯހަކީ، ފުލްޓައިމް، އަދި އިންގްލިޝް މީޑިއަމް ކޯހަކަށް ވާން ވާނެއެވެ.

- މާސްޓަރސް އިން އެޑިކްޝަން ސްޓަޑީޒް / އެޑިކްޝަން މެނޭޖްމަންޓް  ދާއިރާއިން ހުޅުވާލާފައިވާ 5 ޖާގައަށް ހޮވޭ ދަރިވަރުންގެ ޔުނިވަރސިޓީ ޕްލޭސްމަންޓް ހަމަޖައްސައިދޭނީ މި މިނިސްޓްރީގެ ފަރާތުންނެވެ.

- މި މިނިސްޓްރީން ޕްލޭސްމަންޓް ހޯދައިދޭ ކޯސް ފިޔަވައި އެހެން ކޯސްތަކަށް ހޮވޭ ކެންޑިޑޭޓުން، ހޮވުނުކަން އަންގާ ތާރީޚުން ފެށިގެން ގިނަވެގެން 4 (ހަތަރެއް) މަސް ދުވަހުގެ ތެރޭގައި އަން-ކޮންޑިޝަނަލް ޕްލޭސްމަންޓް ހުށަހަޅުއްވަންވާނެއެވެ. އެ ހުށަނާޅުއްވައިފިނަމަ، ސްކޮލަރޝިޕް ކެންސަލް ކުރުމުގެ އިޚްތިޔާރު މި މިނިސްޓްރީއަށް ލިބިގެންވެއެވެ.

- މިސްކޮލަރޝިޕްގެ ދަށުން ކިޔަވަން، ކެންޑިޑޭޓް އިޚްތިޔާރުކުރައްވާ މަތީތަޢުލީމުދޭ މަރުކަޒަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމް.ކިޔު.އޭ) އިން ޤަބޫލުކުރާ މަރުކަޒެއްކަމާއި، އެ އޮތޯރިޓީއިން ޤަބޫލުކުރާ ކޯހެއްކަން ކަށަވަރު ކުރައްވަންވާނެއެވެ. އަދި ޕްރޮފެޝަނަލް ނުވަތަ ލައިސެންސިންގ  ދާއިރާއެއްގެ ކޯހެއް ނަމަ، އެ ކޯސް ހިންގާ މަރުކަޒާއި ކޯސް، ކަމާބެހޭ އިދާރާއަކުން (މިސާލު: މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލް، މޯލްޑިވްސް ނާރސިންގ އެންޑް މިޑްވައިފްރީ ކައުންސިލް، މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް) ޤަބޫލުކުރާކަން ކަށަވަރު ކުރައްވަންވާނެއެވެ.

- އެހެން ސްކޮލަރޝިޕަކަށް ހޮވިފައިވާ ކެންޑިޑޭޓެއް މި ސްކޮލަރޝިޕްގެ ފުރުޞަތަކަށް ނުހޮވޭނެއެވެ.

- މި ސްކޮލަރޝިޕްގެ ފުރުޞަތުތަކަށް ކެންޑިޑޭޓުން ހޮވާނީ އެކަޑަމިކް މެރިޓަށް ޕޮއިންޓްދީގެން އެންމެ މަތިން ޕޮއިންޓް ލިބޭ ތަރުތީބުންނެވެ.

- މި ސްކޮލަރޝިޕްގެ ފުރުޞަތެއްގައި ކިޔެވުމަށް ހުށަހަޅުއްވާ ކޯހުގައި ބައިވެރިވުމުގެ ޝަރުތު ފުރިހަމަވުމަށް ބޭނުންވަނީ އެހެން ކޯހަކުން ކުރެޑިޓް ލިބިގެން ހޯއްދަވާފައިވާ ސަނަދެއްނަމަ، އެ ހުރިހާ ކޯހެއްގެ ޓްރާންސްކްރިޕްޓް ހުށަހަޅުއްވަންވާނެއެވެ.

- ހުށަހަޅުއްވާ މަތީތަޢުލީމުގެ އެއްވެސް ސެޓުފިކެޓަކީ (ޕްރޮވިޝަނަލް ކަމުގައި ވިޔަސް) ރާއްޖޭން ބޭރުގެ ސެޓްފިކެޓެއް ނަމަ، އޮންނަންވާނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ވެލިޑޭޓްކޮށްފައެވެ.

- ކުރިން ތަޢުލީމު ޙާޞިލުކުރެއްވި ތަނުން ދޫކޮށްފައިވާ ޕްރޮވިޝަނަލް ސެޓްފިކެޓެއް/ ލިޔުމެއް، ސެޓްފިކެޓެއްގެ ބަދަލުގައި ހުށަހަޅުއްވާނަމަ، އެއާއެކު މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ އެސެސްމަންޓް ރިޕޯޓެއް ހުށަހަޅުއްވަންވާނެއެވެ.

- އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ އެއްވެސް ލިޔުމެއްގެ އަސްލުގައި ދެފުށް ޗާޕްކޮށްފައިވާނަމަ، އަސްލާއެއްގޮތަށް ދެފުށުގެ ކޮޕީވެސް ހުށަހަޅުއްވަންވާނެއެވެ.

- އެޕްލިކޭޝަނާއެކު ހުށަހަޅުއްވާ ޓްރާންސްކްރިޕްޓެއްގެ ގްރޭޑިންގ ކުރައިޓީރިއާ މި މިނިސްޓްރީން ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާ އުސޫލާ ތަފާތުނަމަ، ކިޔެވިތަނެއްގެ ގްރޭޑިންގ ކުރައިޓީރިއާ ހުށަހަޅުއްވަންވާނެއެވެ. ނޫންނަމަ، ޕޮއިންޓް ދޭނީ މި މިނިސްޓްރީން ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާ އާންމު އުސޫލުންނެވެ.

- އެޕްލިކޭޝަންތަކުގެ ނަތީޖާ ލިސްޓު، މި މިނިސްޓްރީގެ ވެބްސައިޓަށް އަޕްލޯޑް ކުރެވޭނެއެވެ.

- މި މިނިސްޓްރީ ނުވަތަ ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން މެދުވެރިވެގެން ކިޔެވުމަށް ލޯނެއް ނަންގަވާފައިވާނަމަ އެ ލޯނުގެ ޑިފޯލްޓެއް ނެތި ގަވާއިދުން އަނބުރާ ދައްކަވަމުންގެންދާ ފަރާތަކަށްވާންވާނެއެވެ. އަދި އެ ލޯނަކީ، މި ސްކޮލަރޝިޕުގައި ކިޔަވާ ކޯހުގެ ފެންވަރަށްވުރެން ދަށް ފެންވަރެއްގެ ސަނަދަކަށް ކިޔެވުމަށް ނެންގެވި ލޯނެއްކަމުގައިވާންވާނެއެވެ.  

- މި މިނިސްޓްރީ މެދުވެރިވެގެން ކިޔެވުމަށް ލޯނު ދިނުމަށް ހޮވިފައިވާ ފަރާތެއް މި ސްކޮލަރޝިޕަށް ހޮވޭނީ، އެލޯނުގެ އެގްރީމަންޓްގައި އެ ފަރާތުން ސޮއިކުރައްވާފައިނުވާނަމައެވެ.

- މި ސްކޮލަރޝިޕްގެ ފުރުޞަތުތަކަށް ހޮވޭ ކެންޑިޑޭޓުން ހޮވޭކަން އަންގާ ތާރީޚުން ފެށިގެން 12 (ބާރަ) މަސް ދުވަހުގެ ތެރޭގައި ކިޔެވުން ފަށަން ވާނެއެވެ. އެ މުއްދަތުގައި ކިޔެވުން ނުފަށައިފިނަމަ ސްކޮލަރޝިޕް ކެންސަލް ކުރުމުގެ އިޚްތިޔާރު މި މިނިސްޓްރީއަށް ލިބިގެންވެއެވެ. އަދި އެ މުއްދަތުގެ ތެރޭގައި ޕްލޭސްމަންޓް ހޯދަން އެކަށީގެންވާ މަސައްކަތެއް ކުރައްވާފައި ނުވާނަމަ ސްކޮލަރޝިޕް އަމިއްލައަށް ދޫކޮށްލެއްވީކަމަށް ބެލެވޭނެއެވެ.

- ކޯސް ފުރިހަމަނުކުރައްވައިފިނަމަ ނުވަތަ ބޮންޑު ފުރިހަމަ ނުކުރައްވައިފިނަމަ، ކޯހަށް ކޮށްފައިވާ ޚަރަދު މި މިނިސްޓްރީއިން ކަނޑައަޅާ ގޮތެއްގެ މަތީން އަނބުރާ ދައްކަވަންވާނެވެ.

 

- ކޯހަށް ހޮވިއްޖެކަން މި މިނިސްޓްރީން އަންގާފަހުން ކޯސް ދޫކޮށްލައްވައިފިނަމަ، "މަތީތަޢުލީމާއި ތަމްރީނު ހާސިލުކުރުމަށް ލިބޭ ފުރުޞަތުގެ ބޭނުން ނުހިފައި ދޫކޮށްލާ ފަރާތްތަކާ މެދުގައްޔާއި ޚިދުމަތް ނުކުރާ ފަރާތްތަކާމެދު ޢަމަލުކުރާނެ ގޮތުގެ އުޞޫލު" ގައިވާ ގޮތުގެ މަތިން ފިޔަވަޅު އެޅޭނެއެވެ. މި އުސޫލު މި މިނިސްޓްރީގެ ވެބްސައިޓުން ފެންނަން އޮންނާނެއެވެ.

- މި ސްކޮލަރޝިޕަށް ހޮވޭ ކެންޑިޑޭޓުން އޮންލައިން އެޕްލިކޭޝަންއާއިއެކު ހުށަހެޅުއްވި ލިޔުންތަކުގެ އަސްލު ނުވަތަ އެޓެސްޓެޑް އަސްލު ހުށަހަޅުއްވަން މި މިނިސްޓްރީން ފަހުން ދަންނަވައިފިނަމަ އަވަހަށް ފޮނުއްވެވޭނެގޮތަށް ތައްޔާރު ކުރައްވާފައި ބެހެއްޓެވުން އެދެމެވެ.

- ސްކޮލަރޝިޕަކަށް އެދި ހުށަހެޅުއްވުމަށްފަހު، މަދުވެގެން 12 (ބާރަ) މަސްދުވަސް ވަންދެން، މި މިނިސްޓްރީން ގުޅަން ބޭނުންވެއްޖެ ހިނދެއްގައި ގުޅޭނެގޮތް ހަމަޖައްސަވާފައި އޮންނަންވާނެއެވެ.

- ސްކޮލަރޝިޕްތަކަށް އެދިވަޑައިގަންނަވާ ކެންޑިޑޭޓުންނަށް މުހިއްމު މަޢުލޫމާތު ކަމުގައިވާ ކޯސްތަކަށް ކެންޑިޑޭޓުން ހޮވުމަށް ޕޮއިންޓްދޭ ގްރޭޑިންގ ކްރައިޓީރިއާއި، ނޭޝަނަލް ޓްރެއިނިންގ ނީޑްސް ލިސްޓާއި، ސްޓައިޕެންޑް ޝީޓާއި، އަދިވެސް އެފަދަ ލިޔުންތައް މި މިނިސްޓްރީގެ ވެބްސައިޓުގައިވާ "ރިސޯސަސް" ޓެބުން ލިބެން ހުންނާނެއެވެ.

އިތުރު      މަޢުލޫމާތު:

ސުންގަޑި: 14 ނޮވެންބަރު 2021 ވާ އާދީއްތަ ދުވަހުގެ 13:30 ގެ ކުރިން

އެޕްލިކޭޝަން ހުށަހަޅުއްވާނީ https://myedu.egov.mv ޕޯޓަލް މެދުވެރިކޮށެވެ.

އިތުރު މަޢުލޫމާތު މި މިނިސްޓްރީގެ ވެބްސައިޓް www.mohe.gov.mv އިންނާއި 3026950 / 3026966 ނަންބަރު ފޯނުން ލިބިވަޑައިގަންނަވާނެއެވެ.  އަދި އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް އީމެއިލް ކުރައްވާނީ [email protected] އަށެވެ.

 

 

 

27 އޮކްޓޫބަރު 2021
ހޯދާ