އޮޑިޓަރ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
130 ލޯކަލް ކައުންސިލު އޮޑިޓު ކުރުމަށް، އޮޑިޓު ފާރމްތަކަށް ބީލަމަށް ހުޅުވާލުން

މި އޮފީހުން އޮޑިޓުކުރަންޖެހޭ 130 ލޯކަލް ކައުންސިލެއްގެ 2019 އަދި 2020 ވަނަ އަހަރުގެ އޮޑިޓްކޮށްދޭނެ، އޮޑިޓް ފަރމްތައް ބޭނުން ވެއްޖެއެވެ. މި 130 ކައުންސިލު މި އޮފީހުން ބަހާފައިވާނީ ދެ ބަޔަށެވެ. މިދެންނެވުނު 2 ބައިންކުރެ ފުރަތަމަ ބައި 7 ގްރޫޕަކަށް (ކްލަސްޓަރ) އަދި ދެވަނަ ބައި 3 ގްރޫޕަކަށް (ކްލަސްޓަރ) ބަހާފައިވާނެއެވެ. އެއީ، 10 އޮޑިޓުގެ 7 ގުރޫޕް އަދި 20 އޮޑިޓުގެ 3 ގުރޫޕެވެ. ކައުންސިލް އޮޑިޓުކުރުމަށް އެދި ބީލަން ހުށަހެޅޭނީ އެކަމަށް ޝަރުޠު ހަމަވާ ފަރާތްތަކުން، މި އޮފީހުން އޮޑިޓުތައް ބަހާފައިވާ 2 ބައިންކުރެ ކޮންމެވެސް އެއް ބަޔަކަށެވެ.

މިކަމަށް ކުރިމަތި ލެވޭނީ، އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް (ސީއޭ މޯލްޑިވްސް) އިން ލައިސަންސް ދޫކޮށްފައިވާ ފަރމްތަކަށެވެ.

ވީމާ، މިކަމަށް ޝައުގުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2021 ނޮވެމްބަރ 10 ވާ ބުދަ ދުވަހުގެ 14:00 އަށް މި އޮފީހަށް ވަޑައިގެން މަޢުލޫމާތު އޮޅުންފިލުއްވުމަށްފަހު، 2021 ނޮވެމްބަރ 18 ވާ ބުރާސްފަތި ދުވަހުގެ 00:14 އަށް މި އޮފީހަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު އޮޅުންފިލުއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.  އަދި އެކަމަށް ކަނޑައެޅިފައިވާ ދުވަހު 14:00 ގެ ފަހުން މަޢުލޫމާތު ހޯދުމަށް ނުވަތަ ބީލަން ހުށަހެޅުމަށް ހާޒިރުވާ ފަރާތްތަކަށް އެ ފުރުޞަތު ނުދެވޭނެ ވާހަކަވެސް ދެންނެވީމެވެ.

 

27 އޮކްޓޫބަރު 2021
ހޯދާ