ހުވަދުއަތޮޅު އުތުރުބުރީ ގެމަނަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގއ.ގެމަނަފުށީ މަސްމާރުކޭޓް ކުއްޔަށް ދިނުމާއިބެހޭ

މި އިޢުލާންވަނީ 28 އޮކްޓޫބަރު 2021 10:18 ގައި ބާތިލް ކުރެވިފައެވެ.


އިޢުލާން

މަސްމާރުކޭޓް އިމާރާތް ކުއްޔަށް ދިނުމާއިބެހޭ:

 

           ގއ.ގެމަނަފުށީ ބަނދަރު ސަރަހައްދުގައި ހުންނަ މަސްމާރުކޭޓް އިމާރާތް ކުއްޔަށް ދޭން ބޭނުންވެއްޖެއެވެ. ތަން ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވަނީ 5 އަހަރު ދުވަހަށެވެ. ތަން ކުއްޔަށް ދޫކުރެވެނީ ވިޔަފާރި ކުރުމަށެވެ.  ބިޑް ފެށޭ އަގަކީ 5000.00 ރުފިޔާއެވެ. ބިޑު ސެކިއުރިޓީގެ ގޮތުގައި، ބިޑު ހުށަހެޅުމުގެ ކުރިން 10000.00 ރުފިޔާ ކައުންސިލް އިދާރާއަށް ދައްކަން ޖެހޭނެއެވެ. އަދި ބިޑް ކާމިޔާބު ވެއްޖެނަމަ ޕާފޯމަންސް ސެކިއުރިޓީގެ ގޮތުގައި 15000.00 ރުފިޔާ ކައުންސިލް އިދާރާގައި ބަހައްޓަން ޖެހޭނެއެވެ.

           އެހެންކަމުން މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 4 ނޮވެމްބަރ 2021 ވާ ބުރާސްފަތި ދުވަހުގެ 10:00 ގެ ކުރިން ބިޑުގައި ބައިވެރިވުމަށް އެދި ސިޓީ ހުށަހެޅުއްވުން އެދެމެވެ. ސިޓީ ހުށަހަޅުއްވާނީ [email protected] ނުވަތަ ކައުންސިލް އިދާރާއަށެވެ. ބިޑުގައި ބައިވެރިވެވޭނީ ބިޑްގައި ބައިވެރިވުމަށް އެދި ސިޓީ ހުށަހަޅުއްވާ ފަރާތްތަކަށް އެކަންޏެވެ.

           ޕްރީބިޑް މީޓިން އޮންނާނީ 4 ނޮވެމްބަރ 2021 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި ގެމަނަފުށި ކައުންސިލް އިދާރާގެ މީޓިންގ ރޫމްގައެވެ. މި މީޓިންގައި ބައިވެރިނުވާ ފަރާތްތަކަށްވެސް ބިޑުގައި ރަޖިސްޓްރީ ކުރައްވާފައިވާނަމަ ބިޑް ހުށަހެޅުމުގައި ބައިވެރިވެވޭނެއެވެ.

ބިޑް ހުށަހެޅުން އޮންނާނީ  16 ނޮވެމްބަރ 2021  ވާ އަންގާރަ ދުވަހުގެ 10:00 ގައި ގެމަނަފުށި ކައުންސިލް އިދާރާގެ މީޓިންގ ރޫމްގައެވެ.

ބިޑް ހުށަހަޅާ ފަރާތްތަކަށް ޕޮއިންޓް ދެވޭނެ އުސޫލު ތިރީގައި މިވަނީއެވެ.

-          މަސައްކަތުގެ އަގަށް 100 މާރކްސް

           މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

27 އޮކްޓޫބަރު 2021
ހޯދާ