މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން
ދިވެހިރާއްޖެ
ގްރެޕިކްސް ޑިޒައިނަރ

މޯލްޑިވްސް މާރކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން

މާލެ، ދިވެހިރާއްޖެ

                                     އިޢުލާން ނަންބަރު: ‭‭(IUL)MMPRC-HR/1/2021/52

 

ވަޒީފާގެ ފުރުޞަތު

 

މަޤާމުގެ ނަން:  ގްރެފިކްސް ޑިޒައިނަރ

މުސާރަ (މަހަކު) : -/9,600 ރުފިޔާ މަހަކު

ސަރވިސް އެލަވަންސް: -/3,200  ރުފިޔާ މަހަކު

ޑެއިލީ އެލަވަންސް: -/3,200  ރުފިޔާ މަހަކު

- އިތުރު ގަޑީގެ ފައިސާ ހަމަޖެހިފައިވާ އުސޫލުގެ ދަށުން

ޑިޕާރޓްމަންޓް / ސެކްޝަން: ޑެސްޓިނޭޝަން މާކެޓިންގ/ޑިޖިޓަލް މީޑިއާ އެންޑް އޮންލައިން މާކެޓިންގ

ބޭނުންވާ އަދަދު: 1

1- ޝަރުޠު:

މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު:

ހ. މަޤާމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 7 (ބެޗްލާސް ހޮނާސް ޑިގްރީ/ބެޗްލާސް ޑިގްރީ/ޕްރޮފެޝަނަލް ޑިޕްލޮމާ/ޕްރޮފެޝަނަލް ސެޓްފިކެޓް) ގެ ސަނަދެއް ހާސިލްކޮށްފައިވުން (ނުވަތަ)

ށ. މަޤާމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 5 (ޑިޕްލޮމާ) ގެ ސަނަދެއް ހާސިލްކޮށްފައިވުމާއިއެކު މަޤާމާއި ގުޅޭ ދާއިރާއަކުން މަދުވެގެން 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

  1. މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:
  • އެކި އެކި މީޑިއާ ޕްލެޓްފޯމްތަކަށް ބޭނުންވާ މޯޝަން އަދި ސްޓެޓިކް ގްރެފިކްސް ތައްޔާރުކުރުން
  • އާ ކޮންޓެންޓް އުފެއްދުމުގައި ޓީމުގެ މެމްބަރުންނާއި ގުޅިގެން ހިޔާލުހޯދައި އެންމެ އެކަށޭނެ ވީޑިއޯ އޯޑިއޯފަދަ ތަކެތި ހިޔާރުކުރުން
  • ލޭއައުޓްތަކާއި ޑިޒައިންތައްތައްޔާރު ކުރުމުގައި ސްޓޭކް ހޯލްޑަރުންނާއި ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރުން
  • ކަނޑައެޅިފައިވާ ލަޑުދަނޑިތަކަށް ވީއެންމެ އަވަހަށް ވާސިލުވުމަށް ޓިމެއްގެ ގޮތުގައި ކުރާ މަސައްކައްތަކަށް ފުރިހަމައަށް އެއްބާރުލުން ދިނުން.
  • އެމްއެމްޕީއާރްސީގެ ބްރޭންޑް އައިޑެންޓިޓީ އާއި ގައިޑްލައިންތަކާއި އެއްގޮތަށް އަމަލުކުރުން
  • ކޯޕަރޭޝަނުގެ ލަޑުދަނޑިތައް ހާސިލުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި ހަވާލުކުރެވޭ މަސްއޫލިއްޔަތުތައް އެންމެ ފުރިހަމައަށް އަދާ ކުރުން
  • ނަޒާހަތްތެރި، އެންމެން ބައިވެރިކޮށްގެން، ދެފުއްފެނަގޮތަށް މަސައްކަތްކުރާ މާހައުލެއް ދެމެހެއްޓުން
  • ކޮންޓެންޓް ތައްޔާރުކުރުމަށް ބޭނުންކުރާ އެންމެ ފަހުގެ ގްރެފިކް ޑިޒައިން ޓެކްނީކްތަކަށް ހޭލުންތެރިވެފައިވުން
  • ކޯޕަރޭޝަނުގެ ފަރާތުން ރާވާ ހިންގާ އެކި އިވެންޓްތަކުގައި ޙަރަކާތްތެރިވުމާއި އެކު ކޯޕަރޭޝަންގެ ޚިދުމަތްތަކާ ގުޅުންހުރި ކުންފުނިން އަންގާ އެންމެހައި ކަންކަމުގައި ޢަމަލީގޮތުން ބައިވެރިވެ ހަވާލުކުރެވޭ މަސައްކަތްތައް ކުރުން.
  • ވަޒީފާގެ ބަޔާނުގައި ބަޔާންކޮށްފައިވާ މަސައްކަތްތަކާއި އަދި މި ކޯޕަރޭޝަނުން ފޯރުކޮށްދޭ ޚިދުމަތްތަކާއި ގުޅުންހުރި އެހެނިހެން މަސައްކަތްތައް ކުރުން

3-  ފޯމު ހުށައަޅަންވީ ތަނާއި ތާރީޚް: 04 ނޮވެމްބަރ 2021 ވަނަ ވާ ބުރާސްފަތި ދުވަހުގެ 1500 ގެ ކުރިން [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

4 - ހުށައަޅަންޖެހޭ ލިޔުންތައް:

  • ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމް.
  • ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު ގުޅޭނެ ނަންބަރު އެނގޭނެގޮތަށް.
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  • ހާސިލްކޮށްފައިވާ ތައުލީމީ ސެޓްފިކެޓް/ ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެޓެސްޓް ކުރެވިފައިވާ).
  • ކުރިން ވަޒީފާ އަދާކޮށްފައިވާ ނަމަ، ވަޒީފާ އަދާކުރި އޮފީހުގެ ލިޔުން.
  • ކުރިން ވަޒީފާ އަދާކޮށްފައިވާ ތަންތަނުގެ ރެފްރީސްގެ މަޢުލޫމާތު/ގުޅޭނެ ނަންބަރު ހިމަނައިގެން ތައްޔާރުކޮށްފައިވާ ސީވީ.
  • ޕޯޓް ފޯލިއޯ (ކުރިން ކޮށްފައިވާ މަސައްކަތްތަކުގެ)
  • ޕޮލިސް ރިޕޯޓް

5 - އިތުރު މަޢްލޫމާތު:

  • ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް ފޮނުވާނެ އީ-މެއިލް އެޑްރެހަކީ [email protected] އެވެ.
  • އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ޝަރުޠު ފުރިހަމަވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓްވާ ފަރާތްތަކަށެވެ.
  • މި މަޤާމަށް އެދި ހުށައަޅާ ފަރާތްތަކުގެ ތެރެއިން ވަޒީފާއަށް ނުހޮވޭ ފަރާތްތަކަށް، ވަޒީފާއަށް ނުހޮވޭކަން ފޯނުގެ ޒަރީއާއިން އެންގޭނެއެވެ. ނަމަވެސް ވަޒީފާއަށް ނުހޮވުނުކަމުގެ ސިޓީ ނުފޮނުވޭނެއެވެ.
  • މިކޯޕަރޭޝަނުގެ ވަޒީފާއަށް އެދޭ ފޯމް މިކޯޕަރޭޝަނުގެ ވެބްސައިޓުގެ (https://visitmaldives.com/downloads/ ) މިލިންކުން ޑައުންލޯޑް ކުރެވޭނެއެވެ.
  • ވަޒީފާއަށް އެދި ހުށައަޅާ އެޕްލިކޭޝަން ފޯމާއި ލިޔުންތައް ހުށައަޅަންވާނީ ޕީ.ޑީ.އެފް (PDF) ފޯމެޓުގައި އެއް ޑޮކިއުމަންޓެއްގެ ގޮތުގައެވެ.
  • އިތުރު މަޢްލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ ނަންބަރ 3323228، 3035512، 3035513 ނުވަތަ 3035514 ފޯނާއެވެ.

 

6- އެޑްރެސް ކުރައްވާނީ:

ތޮއްޔިބު މުޙައްމަދު، ސީ.އީ.އޯ އަދި މެނޭޖިންގ ޑިރެކްޓަރ

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން

 

27 އޮކްޓޫބަރު 2021
ހޯދާ