ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގދ. ތިނަދޫ ކައުންސިލްގެ އިދާރާއަށް ބޭނުންވާ ރޯޑް ސްވީޕަރ ހޯދައިދޭނެ ފަރާތެއް ބޭނުންވޭ

އިޢުލާން

ގދ. ތިނަދޫ ކައުންސިލްގެ އިދާރާއަށް ބޭނުންވާ ރޯޑް ސްވީޕަރ ހޯދައިދޭނެ ފަރާތެއް ބޭނުންވެއެވެ:

ގދ. ތިނަދޫގެ ތާރަ މަގުތައް ސާފުކުރުމަށް މިއިދާރާއަށް ބޭނުންވާ ރޯޑް ސްވީޕަރ ހޯދުމަށް ކުރި ނަންބަރ  (IUL) 415/415/2021/110        ( 23 ސެޕްޓެމްބަރ 2021) އިޢުލާނަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ އެ އިޢުލާން ބާތިލްކޮށް އަލުން އިޢުލާންކުރަމެވެ.

 

ތާރީޚް

ދުވަސް

ގަޑި

ތަން

މަޢުލޫމާތު ސާފުކުރުން

1 ނޮވެމްބަރ 2021

ހޯމަ

13:30 (މެންދުރު)

ގދ. ތިނަދޫ ކައުންސިލްގެ އިދާރާ

އަންދާސީ ހިސާބު ހުށަހެޅުން

8 ނޮވެމްބަރ 2021

ހޯމަ

13:30 (މެންދުރު)

ގދ. ތިނަދޫ ކައުންސިލްގެ އިދާރާ

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައިވާ ގޮތުގެ މަތިން މި އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ސުންގަޑިއަށް މި އިދާރާއަށް އަންދާސީ ޙިސާބު ހުށަހެޅުއްވުން އެދެމެވެ.

 

މި މަސައްކަތަށް އަންދާސީ ޙިސާބު ހުށަހެޅުއްވޭނީ، މަޢުލޫމާތު ސާފުކުރެއްވުމަށް ދެންނެވިފައިވާ ދުވަހުގެ އެގަޑިއަށް ޙާޟިރުވެ މަޢުލޫމާތު ސާފުކުރައްވާ ފަރާތްތަކަށެވެ. މަސައްކަތް ޙަވާލުކުރާނެ ފަރާތް ހޮވުމަށް ޕޮއިންޓް ދެވޭނެ ގޮތުގެ މަޢުލޫމާތު ކަރުދާހެއް، މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގެންނަވާ ފަރާތްތަކަށް ލިބިވަޑައިގަންނަވާނެވެ.

27 އޮކްޓޫބަރު 2021
ހޯދާ