މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޢާންމު ފަރާތްތަކަށް ސްޓޮކްޕައިލް ކުރެވިފައިވާ ވެލި ދޫކުރުމާގުޅޭ

               ތިރީގައި މި ދަންނަވާ އުސޫލުތަކާ އެއްގޮތަށް،ރ. ދުވާފަރުގެ ޢާންމު ރައްޔިތުންނަށް ސްޓޮކްޕައިލް ކުރެވިފައިވާ ވެލި ދޫކުރުމަށް ހަމަޖެހިފައިވާކަމަށް ދަންނަވަމެވެ.

·        ވެލި ނެގުމުގެ ހުއްދަ ހޯދުމަށް ކައުންސިލުގައި ނަންނޯޓު ކުރުން.

·        ނަން ނޯޓު ކުރުން އޮންނާނީ ރަސްމީ ބަންދު ދުވަސްތައް ފިޔަވައި، 27 އޮކްޓޯބަރ 2021 ވާ އަންގާރަ ދުވަހުން ފެށިގެން 2 ނޮވެމްބަރ 2021 ވާ އަންގާރަ ދުވަހުގެ 14:00ގެ ނިޔަލަށް

·        މި މުއްދަތުގެ ތެރޭގައި ނަންނޯޓް ކުރާ ފަރާތްތަކަށް ވެލި ދޫކުރަމުން ގެންދާނީ އެއްވެސް އަގަކާއި ނުލައި.

·        ވެލި ދޫކުރާނީ ކައުންސިލުން ހަމަޖައްސާފައިވާ ވަކި ސަރަޙައްދަކުންނެވެ.

·        ވެލި ނެގުމުގެ މަސައްކަތުގައި ދިމާވާ އެއްވެސް ގެއްލުމަކަށް ކައުންސިލުން ޒިންމާއެއް ނުވާނެއެވެ.

·        ވެލި ނެގުމުގެ މަސައްކަތަށް އެއްވެސް ޙާލެއްގައި ބޮޑު ހިލަތޮށީގެ ބޭނުންކޮށްގެން ނުވާނެއެވެ.

·        ވެލި ނެގުމުގެ މަސައްކަތުގައި ހިލަތޮއްޓަށް ގެއްލުންވާނެ ފަދަ އެއްވެސް ޢަމަލެއްކޮށްގެން ނުވާނެއެވެ.

·        ވެލި ނެގުމުގެ މަސައްކަތަށް ބޭނުންކުރި އެއްވެސް އެއްޗެއް ފަޅުތެރެއަށް ނުވަތަ ހިއްކި ބިމަށް ދޫކޮށްލާގެން ނުވާނެއެވެ.

·        ވެލި ދޫކުރުމަށް ހެދިފައިވާ ޤަވާއިދަށް ހުރިހާ ފަރާތްތަކުން ވެސް އިޙްތިރާމް ކުރަންވާނެއެވެ.

 

·        މި އުޞޫލާއި ޚިލާފުވާ ފަރާތްތަކާއި މެދު ޤަވާޢިދުގައިވާ ގޮތަށް ފިޔަވަޅު އެޅޭނެއެވެ.

 

20 ރަބީޢުލްއައްވަލް 1433

 

26 އޮކްޓޯބަރ    2021

 

26 އޮކްޓޫބަރު 2021
ހޯދާ