ޑރ. ޢަބްދުއް ޞަމަދު މެމޯރިއަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
އެސިސްޓެންޓް ކަސްޓަމަރ ރިލޭޝަން އޮފިސަރ

ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލް

        ގދ. ތިނަދޫ،     

    ދިވެހިރާއްޖެ.                                         

  ނަންބަރު:(IUL)ASMH-HRMS/ASMH/2021/38

                                      

އިޢުލާނު

 

މަޤާމު:

އެސިސްޓެންޓް ކަސްޓަމަރ ރިލޭޝަން އޮފިސަރ

މަޤާމުގެ ނަންބަރު:

J-312699

ބޭނުންވާ އަދަދު:

01

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

ޖީ. އެސް 3

މަޤާމުގެ ކްލެސިފިކޭޝަން:

އޮފިސަރ ގރ 1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލް

މުސާރަ:

-/4465 ރުފިޔާ ( މަހަކު )

ސަރވިސް އެލަވަންސް:

-/1500 ރުފިޔާ ( މަހަކު )

އެހެނިހެން އެލަވަންސް:

  • ސަޕޯރޓިންގ ކޯ އެލަވަންސް. ( މަހަކު -/700 ރ )
  • ހަމަޖެހިފައިވާ އުޞޫލުން ރިސްކް އެލަވަންސް
  • ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރު ގަޑީގެ ފައިސާ.
  • ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ބޭސްފަރުވާ.

     ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1- ޕަބްލިކް ރިލޭޝަންގެ އެންމެހާ މަސައްކަތްތައް ކަޑައެޅިފައިވާ އުޞޫލާއި އެއްގޮތްވާ ގޮތުގެ މަތިން އިސްކޮށް ކުރުމާއި ދުވަހުން ދުވަހަށް މަސައްކަތް ނިންމުމާއި ޕަބްރިލޭޝަންގައި މަސައްކަތް ކުރާ މުވައްޒަފުންގެ ޑިއުޓީ ރޯސްޓަރ ހަދާ ބެލެހެއްޓުގެ އިންތިޒާމު ހަމަޖެއްސުން

2- އެކިއެކި ބޭނުން ތަކަށް ހޮސްޕިޓަލަށް ޒިޔާރަތް ކުރާމީހުންނާއި ރިވެތިބަހުން ހިތްހެޔޮކަމާއިއެކު ވާހަކަ ދައްކާ ބޭނުންވާ ޚިދުމަތެއް ފަހިކޮށް ދިނުމަށް މަސައްކަތް ކުރުން. އަދި ވާނުވާ ބަލަމުން ގެންދިއުން.

3- އެކިއެކި ބޭނުން ތަކަށް ހޮސްޕިޓަލަށް ޒިޔާރަތް ކުރާމީހުންނާއި ރިވެތިބަހުން ހިތްހެޔޮކަމާއިއެކު ވާހަކަ ދައްކާ ބޭނުންވާ ޚިދުމަތެއް ފަހިކޮށް ދިނުމަށް މަސައްކަތް ކުރުން. އަދި ވާނުވާ ބަލަމުން ގެންދިއުން.

4- ހޮސްޕިޓަލަށް އަންނަ ބަލިމީހުންގެ އައި.ސީ.ޑީ ކޯޑް ދުވަހުން ދުވަހަށް އަޕްޑޭޓްކޮށް ނިންމުވުން.

5- ހޮސްޕިޓަލްގެ އޯ.ޕީ.ޑީގެ އިންވެންޓްރީ ޗެކްކުރުވުން.

6- ހޮސްޕިޓަލްގެ ވެއިޓިންގ އޭރިޔާގައި ބެހެއްޓިފައިވާ ލީފްލެޓް ބޯޑްތައް ދުވަހުން ދުވަހަށް ރީތިކޮށް ތަރުތީބު ކުރުވުން

7- ރިސެޕްޝަނިސްޓުން، ތަރުޖަމާނުން އަދި އެކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް އެހީތެރިވެ މަސައްކަތް ކުރުން.

8- ކައުންޓަރުގައި ޑިއުޓީ ކުރަންޖެހިއްޖެ ހިނދެއްގައި ޑިއުޓީ ކުރަމުން ގެންދިއުން.

9- ކައުންޓަރާއި، އަދި ޑޮކްޓަރުންގެ ކޮޓަރި ތަކުގައި މާވަށި ބެހެއްޓުން. އަދި ޤުދުރަތީ މާވަށިނަމަ ދުވަހުން ދުވަހަށް ބަދަލު ކުރުވުން.

10- ވެލްފެއަރ އެހީގެދަށުން ބޭސްފަރުވާގެ ޚިދުމަތް ހޯދަންބޭނުންވާ ފަރާތްތަކަށް އެކަމުގެ މަގު ފަހިކޮށްދިނުމާއި އަދި އެކަމާއި ގުޅުންހުރި އެންމެހާ މަސައްކަތްކުރަމުން ގެންދިއުން.

11- އާސަންދައިގެ ދަށުން ބޭސްފަރުވާކޮށްދެވޭ ފަރާތްތަކުގެ އެންމެހާ މަސައްކަތްކުރުވާ އަދި ކުރަމުންގެންދިއުން

12. ޞިއްޙީ ޚިދުމަތް ފޯރުކޮށް ދިނުމުގެ ގޮތުން އަތޮޅުގެ ރަށްރަށް ކުރާ ދަތުރު ތަކުގައި ބައިވެރިވާން ޖެހިއްޖެ ހިނދެއްގައި ބައިވެރިވެ ޙަރަކާތްތެރިވުން

13.ހޮސްޕިޓަލްގެ ނޯޓިސް ބޯޑުގައި ބަހައްޓަންޖެހޭ ލިއުން ބެހެއްޓުމާއި، މުއްދަތު ހަމަވުމުން ނެގުމާއި، އަދި އާ ކުރަންޖެހޭ އާކޮށް ބެލެހެއްޓުން

14. ހޮސްޕިޓަލްގެ ޢާއްމު އުޞޫލުތަކާއި ޤަވާޢިދުތަކަށް މުވައްޒަފުންނާއި، ޢާއްމު އިޚްތިރާމް ކުރުމަށް ބާރުއަޅާ މަސައްކަތް ކުރުން

15. ހޮސްޕިޓަލްގައި ބެހެއްޓިފައިވާ ޚިޔާލު ފޮށީގައިވާ ޚިޔާލު ކަރުދާސްތައް ކޮންމެ ހަފްތާއެއްގައި ބޭއްވޭ ސީނިޔަރ ސްޓާފު މީޓިންގެ ކަންތައް ކުރިއަށް ގެންދިއުން

16. މެޑިކަލް ރެކޯޑްސް އޮފިސަރ ނެތިއްޖެ ޙާލަތެއްގައި އެ މަސައްކަތްތަކާއި ޙަވާލުވެ ކުރަމުން ގެންދިއުން.

17. ބަލިމީހުންގެ ސިއްރުތައް ހިފެހެއްޓުން.

18. ޞިއްޙީ އެމަޖެންސީތަކާއި، ޕެންޑަމިކް އަދި ކާރިސާތަކުގައި ކުރަންޖެހޭ މަސައްކަތްތަކުގައި އަމަލީގޮތުން ބައިވެރިވުން

 

މަޤާމުގެ ޝަރުޠުތައް:

  1. ސާނަވީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން "ސެކަންޑަރީ ސްކޫލް" ނުވަތަ "ހަޔަރ ސެކަންޑަރީ ސްކޫލް" ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ
  2. ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، "ސެކަންޑަރީ ސްކޫލް" ނުވަތަ "ހަޔަރ ސެކަންޑަރީ ސްކޫލް" ސެޓްފިކެޓް އިމްތިހާނުގައި  "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ' ގްރޭޑް ލިބިފައިވުން.

 

ތަޢުލީމީ ރޮނގުތައް:

ނެތް

މަޤާމުގެ ޕްރިފަރޑް ޑިސިޕްލިން:

  • ނެތް

މަޤާމުގެ ކޯ ޑިސިޕްލިން:

ނެތް

ގުޅޭ ވަޒީފާގެ ދާއިރާ:

  • އެޑްމިނިސްޓްރޭޝަން
  • މެނޭޖްމެންޓް
  • ކަސްޓަމަރ ސަރވިސް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) http://www.csc.gov.mv/dv/downloads/15151
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް މި މިނިސްޓްރީގެ ވެބްސައިޓްގެ ޑައުންލޯޑްސް އިން ލިބެން ހުންނާނެއެވެ.

http://health.gov.mv/Uploads/Downloads//Informations/Informations(357).pdf

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 01 ނޮވެމްބަރ 2021 ގެ 13:30 ގެ ކުރިން، ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected]  މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައި ވެސް ހިމެނުން) އޮންނާނެ ތަނާއި، މުއްދަތު:

މިމަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިޔޫ / ޕްރެކްޓިކަލް އިމްތިހާން 2021 ނޮވެމްބަރ މަހު 01 އިން 10  ވަނަ  ދުވަހާއި ދެމެދު  އޮންނާނެއެވެ. އިންޓަރވިޔޫ އޮންނާނީ ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލުގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6841970 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.

 

20  ރަބީއުލްއައްވަލް 1443

                  26 އޮކްޓޯބަރ 2021

26 އޮކްޓޫބަރު 2021
ހޯދާ