މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން
ދިވެހިރާއްޖެ
މަލްޓިމީޑިއާ ކޯޑިނޭޓަރ

މޯލްޑިވްސް މާރކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން

މާލެ، ދިވެހިރާއްޖެ

                                      އިޢުލާން ނަންބަރު: ‭(IUL)MMPRC-HR/1/2021/51

 

ވަޒީފާގެ ފުރުޞަތު

 

މަޤާމުގެ ނަން:  މަލްޓިމީޑިއާ ކޯޑިނޭޓަރ

މުސާރަ (މަހަކު) : -/7,080 ރުފިޔާ މަހަކު

ސަރވިސް އެލަވަންސް: -/2,360  ރުފިޔާ މަހަކު

ޑެއިލީ އެލަވަންސް: -/2,360 ރުފިޔާ މަހަކު

- އިތުރު ގަޑީގެ ފައިސާ ހަމަޖެހިފައިވާ އުސޫލުގެ ދަށުން

ޑިޕާރޓްމަންޓް / ސެކްޝަން: ޑެސްޓިނޭޝަން މާކެޓިންގ/ޑިޖިޓަލް މީޑިއާ އެންޑް އޮންލައިން މާކެޓިންގ

ބޭނުންވާ އަދަދު: 1

1- ޝަރުޠު:

މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު:

ހ. މަޤާމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 7 (ބެޗްލާސް ހޮނާސް ޑިގްރީ/ބެޗްލާސް ޑިގްރީ/ޕްރޮފެޝަނަލް ޑިޕްލޮމާ/ޕްރޮފެޝަނަލް ސެޓްފިކެޓް) ގެ ސަނަދެއް ހާސިލްކޮށްފައިވުން (ނުވަތަ)

ށ. މަޤާމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 6 (އެޑްވާންސްޑް ޑިޕްލޮމާ/އެސޯސިއޭޓް ޑިގްރީ/ޕްރޮފެޝަނަލް ސެޓްފިކެޓް) ގެ ސަނަދެއް ހާސިލްކޮށްފައިވުމާއިއެކު މަޤާމާއި ގުޅޭ ދާއިރާއަކުން މަދުވެގެން 1 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން (ނުވަތަ)

ނ. މަޤާމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 5 (ޑިޕްލޮމާ) ގެ ސަނަދެއް ހާސިލްކޮށްފައިވުމާއިއެކު މަޤާމާއި ގުޅޭ ދާއިރާއަކުން މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. 

  1.  މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

- މި ކޯޕަރޭޝަނުގެ ޑިޖިޓަލްމީޑިއާ އެންޑް އޮންލައިން މާކެޓިންގ ސެކްޝަނުގެ އެންމެހާ މަސައްކަތްތައް ސުޕަވައިޒަރުގެ ލަފާގެ ދަށުން ކުރިއަށްގެންދިއުން.

- ދިވެހިރާއްޖެ އިޝްތިހާރުކުރުމަށްޓަކައި ކޮންމެ އަހަރަކު ތައްޔާރުކުރެވޭ ޑިޖިޓަލް އެންޑް އޮންލައިން މާކެޓިންގ ޕްލޭން ތައްޔާރުކުރުމުގެ އެންމެހައި މަސައްކަތްތައް ސުޕަވައިޒަރުގެ ލަފާގެ މަތިން ކުރުން.

- މި ކޯޕަރޭޝަނުން ކުރިއަށްގެންދެވޭ އެކި މާކެޓިންގެ ކެމްޕެއިންތަކުގެ މައުލޫމާތު ސުޕަވައިޒަރުގެ ލަފާގެދަށުން ކަނޑައެޅޭ މީޑިއާ ޕްލެޓްފޯމްތަކުގައި ހިއްސާކުރުން.

- ޑިޖިޓަލް މާކެޓިންގ ކެމްޕެއިންތައް ހަރުދަނާކުރުން.

- ދިވެހިރާއްޖެ އިޝްތިހާރުކުރުމަށްޓަކައި ކުރިއަށްގެންދެވޭ އޮންލައިން ޖޮއިންޓް ކެމްޕެއިންތަކުގެ މައުލޫމާތު ހޯދައި މެނޭޖްމަންޓާއި ހިއްސާކުރުން.

- ޑިޖިޓަލް އަދި އޮންލައިން ޕްލެޓްފޯމްތަކަށް އަންނަ ބަދަލުތައް ދެނެގަނެ އެބަދަލުތަކަށް އަހުލުވެރިވެ އެ ބަދަލުތަކާއި އެއްގޮތަށް މަސައްކަތްތައް ކުރިއަށް ގެންދިއުން.

- މިކޯޕަރޭޝަނުގެ ފަރާތުން ފަތުރުވެރިކަން އިޝްތިހާރުކުރުމަށް އަދި އެހެނިހެން ބޭނުންތަކަށް ޑިޒައިން ކުރަން ބޭނުންވާ ތަކެތި ޑިޒައިންކުރަންޖެހިއްޖެ ހާލަތެއްގައި ޑިޒައިންކުރުން.

- މި ކޯޕަރޭޝަނުން ހިންގާ މާކެޓިންގ ހަރަކާތްތަކުގެ ފޮޓޯ، ވީޑިއޯ އަދި އެހެނިހެން މަޢުލޫމާތުތައް ސުޕަރވައިޒާގެ ލަފާގެ ދަށުން ޑިޖިޓަލް މީޑިއާ ޕްލެޓް ފޯމްތަކަށާއި، މި ކޯޕަރޭޝަންގެ ވެބްސައިޓަށް އަޕްލޯޑު ކުރުން.

- މި ކޯޕަރޭޝަންގެ ވެބް ސައިޓަށް އަޕްލޯޑް ކުރާ މަޢުލޫމާތަކީ ސައްޙަ މަޢުލޫމާތުތޯ ކަށަވަރު ކުރުމާއި، އަދާހަމަ މަޢުލޫމާތު ވެބްސައިޓަށް އަޕްލޯޑް ކުރުން

- ޑިޖިޓަލް މީޑިއާ ސެކްޝަންގެ އަހަރީ ބަޖެޓް ހެދުމުގައި އެހީތެރިކަން ފޯރުކޮށްދިނުން

- ކޯޕަރޭޝަނުގެ ފަރާތުން ރާވާ ހިންގާ އެކި އިވެންޓްތަކުގައި ޙަރަކާތްތެރިވުމާއި އެކު ކޯޕަރޭޝަންގެ ޚިދުމަތްތަކާ ގުޅުންހުރި ކުންފުނިން އަންގާ އެންމެހައި ކަންކަމުގައި ޢަމަލީގޮތުން ބައިވެރިވެ ހަވާލުކުރެވޭ މަސައްކަތްތައް ކުރުން.

- ވަޒީފާގެ ބަޔާނުގައި ބަޔާންކޮށްފައިވާ މަސައްކަތްތަކާއި އަދި މި ކޯޕަރޭޝަނުން ފޯރުކޮށްދޭ ޚިދުމަތްތަކާއި ގުޅުންހުރި އެހެނިހެން މަސައްކަތްތައް ކުރުން

3-  ފޯމު ހުށައަޅަންވީ ތަނާއި ތާރީޚް: 31 އޮކްޓޫބަރ 2021 ވަނަ ވާ އާދިއްތަ ދުވަހުގެ 1500 ގެ ކުރިން [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

4 - ހުށައަޅަންޖެހޭ ލިޔުންތައް:

- ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމް.

- ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު ގުޅޭނެ ނަންބަރު އެނގޭނެގޮތަށް.

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

- ހާސިލްކޮށްފައިވާ ތައުލީމީ ސެޓްފިކެޓް/ ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެޓެސްޓް ކުރެވިފައިވާ).

ކުރިން ވަޒީފާ އަދާކޮށްފައިވާ ނަމަ، ވަޒީފާ އަދާކުރި އޮފީހުގެ ލިޔުން.

- ކުރިން ވަޒީފާ އަދާކޮށްފައިވާ ތަންތަނުގެ ރެފްރީސްގެ މަޢުލޫމާތު/ގުޅޭނެ ނަންބަރު ހިމަނައިގެން ތައްޔާރުކޮށްފައިވާ ސީވީ.

ޕޮލިސް ރިޕޯޓް

5 - އިތުރު މަޢްލޫމާތު:

  • ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް ފޮނުވާނެ އީ-މެއިލް އެޑްރެހަކީ [email protected] އެވެ.
  • އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ޝަރުޠު ފުރިހަމަވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓްވާ ފަރާތްތަކަށެވެ.
  • މި މަޤާމަށް އެދި ހުށައަޅާ ފަރާތްތަކުގެ ތެރެއިން ވަޒީފާއަށް ނުހޮވޭ ފަރާތްތަކަށް، ވަޒީފާއަށް ނުހޮވޭކަން ފޯނުގެ ޒަރީއާއިން އެންގޭނެއެވެ. ނަމަވެސް ވަޒީފާއަށް ނުހޮވުނުކަމުގެ ސިޓީ ނުފޮނުވޭނެއެވެ.
  • މިކޯޕަރޭޝަނުގެ ވަޒީފާއަށް އެދޭ ފޯމް މިކޯޕަރޭޝަނުގެ ވެބްސައިޓުގެ (https://visitmaldives.com/downloads/ ) މިލިންކުން ޑައުންލޯޑް ކުރެވޭނެއެވެ.
  • ވަޒީފާއަށް އެދި ހުށައަޅާ އެޕްލިކޭޝަން ފޯމާއި ލިޔުންތައް ހުށައަޅަންވާނީ ޕީ.ޑީ.އެފް (PDF) ފޯމެޓުގައި އެއް ޑޮކިއުމަންޓެއްގެ ގޮތުގައެވެ.
  • އިތުރު މަޢްލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ ނަންބަރ 3323228، 3035512، 3035513 ނުވަތަ 3035514 ފޯނާއެވެ.

 

6- އެޑްރެސް ކުރައްވާނީ:

ތޮއްޔިބު މުޙައްމަދު، ސީ.އީ.އޯ އަދި މެނޭޖިންގ ޑިރެކްޓަރ

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން

 

 

25 އޮކްޓޫބަރު 2021
ހޯދާ