ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މިކޯޕަރޭޝަންގެ ނަންބަރު (IUL)RDC-HRM-RDC-2021-136 އިޢުލާނަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ، އެމަޤާމަށް އަލުން އިޢުލާން ކުރަމެވެ.

މަޤާމް:

 ސީނިއަރ މެނޭޖަރ – ޕްލޭނިންގް އެންޑް ޑިޒައިނިންގ

ބޭނުންވާ އަދަދު:

 01 (އެކެއް)

މަޤާމުގެ ގިންތި:

 ދާއިމީ

ކްލެސިފިކޭޝަން / ރޭންކް:

 ސީނިއަރ މެނޭޖަރ – ގރ 1

މުސާރަ:

 މަހަކު -/14500 ރުފިޔާ

އެހެނިހެން ޢިނާޔަތްތައް:

- ސާރވިސް އެލަވަންސް : އަސާސީ މުސާރައިގެ %30

- އެޓެންޑެންސް އެލަވަންސް: އަސާސީ މުސާރައިގެ %30

- އެހެނިހެން އެލަވަންސް: -/5800

- މެނޭޖްމަންޓް އެލަވަންސް: -/2500

- ފޯން އެލަވަންސް: -/500

ވަޒީފާ އަދާކުރަންޖެހޭ ތަން:

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑުގެ ހެޑް އޮފީހުގައެވެ. ނަމަވެސް ވަޒީފާގެ މަސްޢޫލިއްޔަތާއި ޒިންމާ އަދާކުރުމުގެ ގޮތުން މަސައްކަތްކުރާ ތަން ބަދަލުވެދާނެއެވެ.

ފެންވަރު ނުވަތަ ޝަރުތު:

- މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 09 ގެ ސެޓްފިކެޓެއް ޙާސިލުކޮށްފައިވުމާއި އެކު މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން މަދުވެގެން 5-3 އަހަރުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،

- މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 07 ގެ ސެޓްފިކެޓެއް ޙާސިލުކޮށްފައިވުމާއި އެކު މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން މަދުވެގެން 5-3 އަހަރުގެ ތަޖުރިބާ ލިބިފައިވުން.

ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

- މަޝްރޫޢުތައް ފެއްޓުމަށްޓަކައި ކުރަހަންޖެހޭ ކުރެހުންތަކާއި ޑިޒައިންތަކުގެ އެންމެހާ މަސައްކަތްތައް ރާވައި ހިންގުން.

- މަޝްރޫޢު ހަވާލުކުރާ ފަރާތުން އެޕްރޫވް ކުރުމަށްޓަކައި ކޮންސެޕްޓް ތައްޔާރުކުރުން.

- މަޝްރޫޢު ހަވާލުކުރި ފަރާތައް މަޝްރޫޢު ކުރިއަށް ގެންދެވޭނެ ގޮތްތަކާއިބެހޭ ލަފާދިނުން.

- މަޝްރޫޢު ހަވާލުކުރި ފަރާތް އެދިލައްވާގޮތަށް ކުރެހުންތައް ތައްޔާރުކުރުމުގެ އެންމެހާ މަސައްކަތް ކުރުން.

- ކުރެހުންތަކާއި ޑިޒައިންތައް ތައްޔާރު ކުރުމުގައި މަސައްކަތް ހަވާލުކުރާ ފަރާތުގެ ރިކުއާމެންޓާއި، ބަޖެޓް އަދި ލަނޑުދަނޑިތައް ހާސިލް ކުރެވޭކަން ކަށަވަރުކުރުން.

- މަގުތަކުގެ އިންޖިނިއަރިންގ ޑިޒައިންތަކުގެ ފަންނީ މިންގަނޑުތައް ޕްރޮމޯޓްކޮށް ކުރިއެރުވުން.

- ކޮންސެޕްޓް ޑިޒައިން، ސްޓްރަކްޗަރގެ ޑިޒައިން މަޢުލޫމާތު، ހުށަހަޅަންޖެހޭ ފަރާތްތަކަށް ހުށަހަޅާ އެކަންކަމާއި ގުޅޭ ތަފްޞީލީ މަޢުލޫމާތު ތައްޔާރުކުރުން.

- ސާރވޭ ރިޕޯރޓް އިންލިބޭ ނަތިޖާއަށް ބިނާކޮށް ކުރެހުންތައް ތައްޔާރުކުރުން

- ހުށައެޅިފައިވާ ޕްރޮޖެކްޓްތަކުން ހާސިލްކުރަން ބޭނުންވާ ކަންތައްތައް ދެނެގަނެ އެކަން ޙާސިލް ކުރުމަށްޓަކައި ކަމާއި ގުޅޭ ޑިޕާޓްމަންޓްތަކާ އެކު މަސައްކަތްކުރުން.

- ޕްރޮޖެކްޓްތަކަށް ބޭނުންވާ ތަފްޞީލީ ކުރެހުންތައް ތައްޔާރުކުރުން.

- ޑިޒައިނާއި އެއްގޮތަށް މަޝްރޫޢު ކުރިއަށްދާކަން ކަށަވަރުކުރުމަށްޓަކައި ޤާއިމް ކުރަންޖެހޭ އެންމެހާ ކަންކަން ވަލަރެސް ކުރުން.

- ޕްލޭނިންގ އެންޑް ޑިޒައިން ޑިޕާޓްމަންޓްގެ މެންޑޭޓްގައި ހިމަނިފައިވާ އެންމެހާ ކަންކަން ޙާސިލް ކުރުން.

- ޑިޕާޓްމަންޓްގެ އެންމެހާ މަސައްކަތްތައް ރާވާ ހިންގާ ބެލެހެއްޓުން.

- ޑިޕާޓްމަންޓްގެ މަސައްކަތާއި ގުޅޭގޮތުން ތައްޔާރު ކުރަންޖެހޭ އެންމެހާ ލިޔެކިޔުން ތައްޔާރުކުރުން.    

ސުންގަޑި:

- މިވަޒީފާއަށް އެދޭ ފަރާތްތަކުން، އެޕްލިކޭޝަން ފޯމް ފުރިހަމަކުރުމަށްފަހު، 31 އޮކްޓޯބަރ 2021 ވާ އާދިއްތަ ދުވަހުގެ 12:00 ގެ ކުރިން، މިކޯޕަރޭޝަނުގެ ހެޑް އޮފީހަށް ނުވަތަ ހިއުމަން ރިސޯސް ޑިޕާޓްމަންޓުގެ އީމެއިލް[email protected]  އަށް ފޮނުއްވުން އެދެމެވެ.

 ވަޒީފާއަށް އެދޭ ފޯމު މިކޯޕަރޭޝަނުގެ ވެބްސައިޓް  www.rdc.com.mv  އިން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މިކޯޕަރޭޝަންގެ ހެޑް އޮފީހުގެ (އޯކިޑް މަގު، އެމްއެސްއެލް ބިލްޑިންގ ގެ ފުރަތަމަ ފަންގިފިލާ / މާލެ) ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި އިޢުލާނާއެކު ވަޒީފާ ފޯމް އެޓޭޗް ކުރެވިފައިވާނެއެވެ. އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ އެކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް: 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު.
  2. ވަޒިފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ  (މުއްދަތު ހަމަނުވާ)
  4.  ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.
  5. އަދާކޮށްފައިވާ ވަޒީފާ، ވަޒީފާގެ މުއްދަތު އަދި ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ލިޔުމެއް.
  6. ދޫކުރިފަހުން ތިން މަސް ދުވަސް ހަމަނުވާ ޕޮލިސް ރިފޯޓް.

އިންޓަވިއު:

- އިންޓަވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓު ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

- މި މަޤާމަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، މަޤާމުގެ ޝަރުޠު ހަމަނުވާ ފަރާތްތަކުގެ ފޯމުތައް ބާޠިލްކުރެވޭނެއެވެ.

- މި މަޤާމުތަކަށް މީހުން ހޮވުމަށް ކުރެވޭ އިންޓަވިއު އޮންނާނީ ނޮވެމްބަރ މަހުގެ ތާރީޚެއްގައިއެވެ.

އިތުރު މަޢުލޫމާތު: 

އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންވާނަމަ މިކުންފުނީގެ 3339060 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

                       18 ރަބީޢުލްއައްވަލް   1443

24 އޮކްޓޫބަރު 2021
ހޯދާ