މިލަދުންމަޑުލު އުތުރުބުރީ ފުނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެޑްމިން އޮފިސަރ

 

މަޤާމް:

އެޑްމިން އޮފިސަރ

އޮފީސް:

ށ.ފުނަދޫ ކައުންސިލްގެ އިދާރާ / އިޖުތިމާޢީ މަރުކަޒު

މުސާރަ:

ސަރވިސް އެލަވަންސް:

އުޖޫރައާއި ޢިނާޔަތްތައް:

މަސައްކަތް ކުރަންޖެހޭ ވަގުތު:

މަހަކު 4465.00 ރުފިޔާ

1500.00 ރުފިޔާ

އިތުރުގަޑީގެ ފައިސާއާއި، ބަންދު ދުވަހުގެ ފައިސާ ހަމަޖެހިފައިވާ އުޞޫލުން ދެވޭނެ

15:45 ން 18:45 – 20:00 ން 23:00

ވަޒީފާގެ މުއްދަތު:    

ވަޒީފާގެ ބާވަތް:

ބޭނުންވާ އަދަދު:

01 އަހަރު

ކޮންޓްރެކްޓް

01

މަޤާމުގެ ޝަރުތު:

 

ސާނަވީ ނުވަތަ އެއާ އެއްފެންވަރުގެ އިމްތިހާނަކުން 02 މާއްދާއުން ދަށްވެގެން " ޑީ " ގްރޭޑް ލިބިފައިވުމާއެކު އޭގެ އިތުރުން ' ސެކަންޑަރީ ސްކޫލް ނުވަތަ ' ހަޔަރ ސެކަންޑަރީ ސްކޫލް ' ސެޓިފިކެޓް އިމްތިހާނުގައި ' ދިވެހި ' މި މާއްދާއިން ދަށްވެގެން ' ސީ ' ގްރޭޑް ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

01- އިޖުތިމާޢީ މަރުކަޒުގެ މުވައްޒަފުންގެ މަސައްކަތްތައް ރާވާ ބެލެހެއްޓުން.

02- މަރުކަޒުން ކުރިއަށް ގެންދާ ކުޅިވަރު ޕްރޮގްރާމްތައް ރާވާ ހިންގުން.

03- މަރުކަޒު ހުޅުވާ ލެއްޕުމުގެ އިންތިޒާމު ހަމަޖެއްސުން

04- އިޖުތިމާޢީ ޕްރޮގްރާމްތައް ރާވާ ހިންގުން.

05- މަރުކަޒުގެ ގޯތިތެރެއާއި އިމާރާތްތައް ސާފުކޮށް ބެލެހެއްޓޭނެ އިންތިޒާމު ހަމަޖެއްސުން.

06- ކުޅިވަރު ބިންތަކާއި ކުޅިވަރު ވަޞީލަތްތައް ކައުންސިލުން ނިންމާގޮތެއްގެ މަތީން ބޭނުންކުރެވޭނެ އިންތިޒާމު ހަމަޖެއްސުން.

07- މަރުކަޒަށް ބޭނުންވާ ތަކެތި ހޯދުން.

08-  އިޖްތިމާޢީ މަރުކަޒުގެ މުވައްޒަފުންގެ ޙާޟިރީ ބެލެހެއްޓުން.

09-  މުވައްޒަފުންގެ މަސައްކަތްތައް  ސްޕަވައިޒުކުރުން.

10-  އިޖްތިމާޢީ މަރުކަޒުން ކުޅިވަރު ކުޅުމަށް ދޫކުރެވޭ ތަކެތި ދޫކުރުމާއި، އެފަދަތަކެތި ހޯދުން.

11-  މުއައްސަސާތަކަށް ފޮނުވަންޖެހޭ ލިޔުންތައް ތައްޔާރުކޮށް އެތަންތަނަށް ފޮނުވުން

12- އިޖުތިމާޢީ މަރުކަޒުގެ އިދާރީ އެންމެހައި މަސައްކަތް ކުރުން

މަޤާމަށް އެދެންވީ ސުންގަޑި:

  • 31 އޮކްޓޯބަރ 2021 ވަނަދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން ށ.ފުނަދޫ ކައުންސިލް އިދާރާއަށެވެ.

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:

  • އިންޓަވިއު އޮންނާނީ، 01 ނޮވެމްބަރ 2021 އާއި 04 ނޮވެމްބަރ 2021 އާ ދެމެދު، މިލަދުންމަޑުލު އުތުރުބުރި ފުނަދޫ ކައުންސިލްގެ އިދާރާ ގައެވެ.

ހުށަހަޅަންޖެހޭ ލިއުންތައް:

1-    ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމް ( އެޕްލިކޭޝަންފޯމް ށ.ފުނަދޫ ކައުންސިލް އިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ.

2-    ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ

3-    ވަޒީފާއެއްގައި އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރެއްވި ވަޒީފާގެ މުއްދަތާއި މަސްއޫލިޔަތު އެނގޭނެ ލިޔުމެއް

4-    ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

5-    ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު ( ގުޅޭ ނަންބަރާއި އީ-މެއިލްއެޑްރެހާއެކު )

މިވަޒީފާއަށްހޮވޭ ފަރާތް މަސައްކަތަށް ކަމުދާނަމަ އަހަރު ހަމަވުމުގެ ކުރިން ކައުންސިލުން ނިންމާގޮތެއްގެ މަތީން ކޮންޓްރެކްޓް އާކުރެވޭނެއެވެ.

24 އޮކްޓޫބަރު 2021
ހޯދާ