މިލަދުންމަޑުލު ދެކުނުބުރީ މަގޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުނި މެނޭޖުކުރާ މަރުކަޒު މަރާމާތުކޮށް އިދާރީ އޮފީސްބަޔަކާއި މެޝިންރޫމެއް ހަދައިދޭނެ ފަރާތެއް ހޯދުން

އިޢުލާން

                     މިލަދުންމަޑުލު ދެކުނުބުރީ މަގޫދޫ ކުނިމެނޭޖުކުރާ މަރުކަޒު  މަރާމާތުކޮށް، އިދާރީ އޮފީސް ބަޔަކާއި މެޝިން ރޫމެއް ހަދައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

                  މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، ބީލަމުގައި ބައިރިވުމަށް، ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުއްވައި 25 އޮކްޓޫބަރު 2021 ވާ ހޯމަ ދުވަހުން ފެށިގެން 31 އޮކްޓޫބަރު 2021  ވާ އާދީއްތަ ދުވަހުގެ  މެންދުރުފަހު 13:30 ގެ  ނިޔަލަށް [email protected] އަށް އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް މި އިދާރާގެ ކައުންޓަރުން ވެސް ލިބިވަޑައިގަންނަވާނެ އެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 10 ނޮވެންބަރު  2021 ވާ ބުދަ ދުވަހުގެ ހެނދުނު 11:00ގައި މި ކައުންސިލްގެ އިދާރާގައެވެ.

                  މި އިޢުލާނާ ގުޅޭ މަޢުލޫމާތު ކަރުދާސް އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައިވާނެއެވެ. އަދި މި އިއުލާނާ ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް 1 ނޮވެންބަރު 2021 ވާ ހޯމަ ދުވަހުގެ 11:00 ގައި މި އިދާރާގައި އޮންނާނެއެވެ. އިތުރު މައުލޫމާތެއް ބޭނުންފުޅުވާ ނަމަ 31 އޮކްޓޫބަރު 2021 ވާ  އާދީއްތަ ދުވަހު މެންދުރުފަހު 14:00ގެ ކުރިން [email protected] އަށް މެއިލްކުރައްވާ ފަރާތްތަކަށް ވެސް އެ މައުލޫމާތެއް ސާފުކޮށްދެވޭނެއެވެ. 

                  ކަނޑައެޅިފައިވާ މުއްދަތުގައި، ބިޑު ހުށަހެޅުމަށް ރެޖިސްޓަރ ނުކުރައްވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.

24 އޮކްޓޫބަރު 2021
ހޯދާ