މުލަކަތޮޅު މުލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަނދަރު ލައިޓްތަކާއި، މަގުބައްތިތައް ބަލަހައްތާނެ ފަރާތެއްހޯދުން

އިޢުލާން

 

ބަނދަރު ލައިޓްތަކާއި، މަގުބައްތިތައް ބަލަހައްތާނެ ފަރާތެއްހޯދުން

 

މިރަށު ބަނދަރުގައި ޖަހާފައިވާ ބަނދަރު ލައިޓްތަކާއި، މަގުތަކުގައި ޖަހާފައިވާ މަގުބައްތިތައް 01 އަހަރުދުވަހުގެ މުއްދަތައް މަރާމާކޮށް ބަލަހައްޓަދޭނެ ފަރާތެއް ހޯދުމަށްވަނީ ބޭނުންވެފައެވެ.

މިއިދާރާއިންދޭ މައުލޫމާތާ އެއްގޮތަށް މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤްވެރިވެލައްވާ ފަރާތްތަކުން 2021 އޮކްޓޯބަރ 25 ވާ ހޯމަ ދުވަހުންފެށިގެން 2021 ނޮވެމްބަރ 02 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން ގެޒެޓްކުރެވިފައިވާ ރަޖިސްޓްރޭޝަންސީޓް ފުރިހަމަކުރެއްވުމަށްފަހު [email protected] އަށް އީމެއިލް ކުރެއްވުން ނުވަތަ ރަޖިސްޓްރޭޝަން ފޯމް މިއިދާރާގެ ކައުންޓަރުންނަންގަވާ ފުރިހަމަކުރެއްވުމަށްފަހު ހުށަހެޅުއްވުން އެދެމެވެ. ރަޖިސްޓަރީ ކުރައްވާ ފަރާތްތަކަށް ބިޑް ޑޮކިއުމަންޓް ލިބޭނެ އިންތިޒާމް ހަމަޖައްސައިދެވޭނެއެވެ.

 

ތާރީޚް

ދުވަސް

ވަގުތު

ރަޖިސްޓަރީ ވި ފަރާތްތަކަށް މައުލޫމާތު ދިނުން

04 ނޮވެމްބަރ 2021

ބުރާސްފަތި

14:00

އަންދާސީ ހިސާބު ހުށަހެޅުން

16 ނޮވެމްބަރ 2021

އަންގާރަ

14:00

 

ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާ ގޮތް

      1. މަސައްކަތުގެ އަގަށް: %80 (އެންމެ ކުޑަ އަގަކީ ބެންޗްމާކު ކަމުގައި ބަލައިގެން)

      2. މަސައްކަތުގެ ތަޖުރިބާއަށް: %20 (މަސައްކަތުގެ ތަޖުރިބާ ހުށަހަޅާ ކޮންމެ ލިޔުމަކަށް 1 ޕޮއިންޓް ގިނަވެގެން ދެވޭނީ 5 ޕޮއިންޓް)

           

      މިހެންވެ މިކަންއެންގުމަށްޓަކާ އިޢުލާނުކުރީމެވެ.

24 އޮކްޓޫބަރު 2021
ހޯދާ