ތިލަދުންމަތީ ދެކުނުބުރީ ނައިވާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަހުގެ ބައިތަށް އުކާލުމާއި ގުޅޭ

ފެންހޮޅި އެޅުމަށްޓަކައި ކަނޑާފައިވާ ރުއްގަހުގެ ބައިތައް އުކާލުމަށް ބޭނުންވާތީ އެތަކެތި ނަގާ، ތަން ސާފުކުރުމަށް މި އިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައިވާ ތާވަލުގައިވާ ގޮތުގެމަތިން މި އިދާރާއަށް ޙާޟިރުވެ މައުލޫމާތު ސާފުކުރުމަށްފަހު އަންދާސީހިސާބު ހުށަހެޅުން އެދެމެވެ.

ތަފްސީލް

ތަން

ތާރީޚް

ގަޑި

މަޢުލޫމާތު ދިނުމުގެ ސެޝަން

ނައިވާދޫ ކައުންސިލް ޖަލްސާ ކުރާ މާލަމް

31 އޮކްޓޫބަރު 2021

10:00

އަންދާސީ ހިސާބު ހުށަހެޅުން

ނައިވާދޫ ކައުންސިލް ޖަލްސާ ކުރާ މާލަމް

09 ނޮވެމްބަރު 2021

10:00

 

މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި ކަނޑަ އެޅިފައިވާ ގަޑީގެ ފަހުން ދުރުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދަންނަވަމެވެ. އަދި އަންދާސީ ހިސާބު ހުށަހަޅާއިރު ބަދަލުގައި މީހަކު ފޮނުއްވާނަމަ، އެކަން ބަޔާންކޮށްފައިވާ ލިޔުމަކާއެކު ފޮނުއްވެވުން އެދެމެވެ. އަންދާސީހިސާބު ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންވެލައްވާނަމަ ރަސްމީ ގަޑީގައި މިއިދާރާގެ ނަމްބަރު 6520039 ފޯނާ ގުޅުއްވުން އެދެމެވެ.

 

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

24 އޮކްޓޫބަރު 2021
ހޯދާ