ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު (ކ.ތިލަފުށި)

މި ކޯޕަރޭޝަންގެ ތިރީގައިމިވާ މަޤާމަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.

މަޤާމް:

 ލޮރީ ޑްރައިވަރ

ބޭނުންވާ އަދަދު:

 01

މަޤާމުގެ ގިންތި:

 ކޮންޓްރެކްޓް

ކްލެސިފިކޭޝަން / ރޭންކް:

 އޮފިސަރ - ގްރޭޑް 1

މުސާރަ:

 މަހަކު -/5500 ރުފިޔާ

އެހެނިހެން ޢިނާޔަތްތައް:

- ސާރވިސް އެލަވަންސް : އަސާސީ މުސާރައިގެ %30

- އެޓެންޑެންސް އެލަވަންސް: އަސާސީ މުސާރައިގެ %30

- އެހެނިހެން އެލަވަންސް: -/2200ރ

 އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ވަޒީފާ އަދާކުރަންޖެހޭ ތަން:

 ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ކ. ތިލަފުށި ސައިޓް

ފެންވަރު ނުވަތަ ޝަރުތު:

 ދިވެހިރާއްޖޭގެ އެއްގަމު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް C1 ނުވަތަ C2 ފާސް އޮތުން

އެހެނިހެން ޝަރުތު:

- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ތަޖުރިބާ ލިބިފައިވުން.

- އަމިއްލައަށް އިސްނަގައިގެން މަސައްކަތް ކުރުމުގެ ތަޖުރިބާ އަދި ޤާބިލުކަން ހުރުން.

- ގިނަ ވަގުތު މަސައްކަތް ކުރެވޭނެ މީހެއްކަމުގައިވުން.

ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

- ސްޕަވައިޒަރު އަންގާގޮތުގެ މަތިން ވެހިކަލްތައް އޮޕަރޭޓުކުރުމާއި ގުޅޭ އެންމެހާ މަސައްކަތްތައް ކުރުން.

- ވެހިކަލްތަކުގެ ލޮގް ބެލެހެއްޓުން.

- ވެހިކަލްގެ މެއިންޓެންނަސް އާއި ގުޅޭ މަޢުލޫމާތު އަންގަންޖެހޭ ފަރާތްތަކަށް ހަމަޖެހިފައިވާ އުސޫލުން އެންގުން.

މަޤާމް:

 ސަޕޯޓް ސްޓާފް

ބޭނުންވާ އަދަދު:

 25 (ފަންސަވީސް)

މަޤާމުގެ ގިންތި:

 ކޮންޓްރެކްޓް

ކްލެސިފިކޭޝަން / ރޭންކް:

 ސަޕޯޓް ސްޓާފް - ގްރޭޑް 5

މުސާރަ:

 މަހަކު 3500.00 ރުފިޔާ

އެހެނިހެން ޢިނާޔަތްތައް:

- އެހެނިހެން އެލަވަންސް : 3500.00 ރުފިޔާ

 އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ވަޒީފާ އަދާކުރަންޖެހޭ ތަން:

 ރޯޑްޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ކ. ތިލަފުށި ސައިޓް

ފެންވަރު ނުވަތަ ޝަރުތު:

- ޞިއްޙަތު ރަނގަޅު ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ އަސާސީ ތަޢުލީމު ހުރި މީހަކު ކަމުގައިވުން.

- އަމިއްލައަށް އިސްނަގައިގެން  މަސައްކަތްކުރުމުގެ ތަޖުރިބާ އަދި ޤާބިލުކަން ހުރުން.

ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

ގާއެޅުމާއި ކޮންކްރީޓް މަސައްކަތްކުރުން.

ގާ ޕެލެޓް ކުރުމާއި ލޭބަލްކުރުން.

ޕްރޮޑަކްޝަން މަސައްކަތްތައް ބޭނުންކުރެވޭ މެޝިނަރީޒް އާއި ޓޫލްސް ސާފުކޮށް ބެލެހެއްޓުން.

ޕްރޮޖެކްޓް ހިންގާ ރަށްރަށަށް ބޭނުންވާ ތަކެތި ތަންތަނަށް ފޮނުވުމަށް ވެހިކަލަށް އަރުވާ ބޭލުން.

- ސައިޓް ސްޕަވައިޒަރުން އަންގާ މަސައްކަތާއި ގުޅުން ހުރި އެހެނިހެން ކަންކަން ކުރުން.

ސުންގަޑި:

މިވަޒީފާއަށް އެދޭ ފަރާތްތަކުން، އެޕްލިކޭޝަން ފޯމް ފުރިހަމަކުރުމަށްފަހު، 31 އޮކްޓޯބަރ 2021 ވާ އާދިއްތަ ދުވަހުގެ 12:00 ގެ ކުރިން، މިކޯޕަރޭޝަންގެ ހެޑް އޮފީހަށް ނުވަތަ ހިއުމަން ރިސޯސް ޑިޕާޓްމަންޓުގެ އީ މެއިލް[email protected]  އަށް ފޮނުއްވުން އެދެމެވެ.

 ވަޒީފާއަށް އެދޭ ފޯމު މިކޯޕަރޭޝަންގެ ވެބްސައިޓް  www.rdc.com.mv  އިން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މިކޯޕަރޭޝަންގެ ހެޑް އޮފީހުގެ (އޯކިޑް މަގު، އެމްއެސްއެލް ބިލްޑިންގ ގެ ފުރަތަމަ ފަންގިފިލާ / މާލެ) ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި އިޢުލާނާއެކު ވަޒީފާ ފޯމް އެޓޭޗް ކުރެވިފައިވާނެއެވެ. އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ އެކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް: 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު.
  2. ވަޒިފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ  (މުއްދަތު ހަމަނުވާ)
  4. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.
  5. ދޫކުރިފަހުން ތިން މަސް ދުވަސް ހަމަނުވާ ޕޮލިސް ރިފޯޓް.

އިންޓަވިއު:

- މި މަޤާމަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، މަޤާމުގެ ޝަރުޠު ހަމަނުވާ ފަރާތްތަކުގެ ފޯމުތައް ބާޠިލްކުރެވޭނެއެވެ.

- މި މަޤާމުތަކަށް މީހުން ހޮވުމަށް ކުރެވޭ އިންޓަވިއު އޮންނާނީ ނޮވެމްބަރ މަހުގެ ތާރީޚެއްގައިއެވެ.

އިތުރު މަޢުލޫމާތު: 

 އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންވާނަމަ މިކުންފުނީގެ 3339060 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

                 17 ރަބީޢުލްއައްވަލް  1443   

23 އޮކްޓޫބަރު 2021
ހޯދާ