މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
Fellowship for International Research Scholars in Technology Program 2022 / Hyderabad

Fellowship for International Research Scholars in Technology Program 2022 / Hyderabad

 

އިންޑިއަން އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ ހައިދަރުއާބާދު (އައި.އައި.ޓީ.އެޗް) ގެ ފަރާތުން "ފެލޯޝިޕް ފޯރ އިންޓަރނޭޝަނަލް ރިސާރޗް ސްކޮލަރސް އިން ޓެކްނޮލޮޖީ" ސްކީމް ގެ ދަށުން ޕީ.އެޗް.ޑީ އަށް ކިޔެވުމަށް ފެލޯޝިޕް ހުޅުވާލެވިފައިވާ ކަމަށް ދިވެހިރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން ވަނީ އަންގާފައެވެ. މި ފެލޯޝިޕްގައި ކިޔެވުމުގެ ހުރިހާ ޚަރަދެއް ދިނުމަށް ހަމަޖެހިފައިވަނީ އިންޑިއަން އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ ހައިދަރުއާބާދު އިންނެވެ.

 

މި ފެލޯޝިޕާއި ގުޅޭ އެންމެހާ މަޢުލޫމާތާއި ލިޔެކިޔުންތައް http://www.iith.ac.in ވެބްސައިޓުން ލިބެން ހުންނާނެއެވެ.

މި ފެލޯޝިޕަށް އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއަކީ 30 އޮކްޓޫބަރު 2021 އެވެ.

 

ވީމާ، މި ފެލޯޝިޕްގައި ކިޔެވުމަށް ޝައުޤުވެރިވާ ފަރާތްތަކުން ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމާއި ރިފަރެންސް ލެޓަރ ތިރީގައިވާ އީމެއިލަށް ހުށަހެޅުއްވުން އެދެމެވެ.

   [email protected]

 

 ...............................................................................................................................................................................

* މި ފެލޯޝިޕްގައި ކިޔަވަން ފެށުމުގެ ކުރިން ކިޔަވާ ކޯސް ހިންގާ އިންސްޓިޓިއުޓަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިޔުއޭ) އިން ޤަބޫލުކުރާ އިންސްޓިޓިއުޓެއްކަމާއި، ހޮވިފައިވާ ކޯހަކީ އެމްކިޔުއޭ އިން ޤަބޫލުކުރާ ކޯހެއްކަން ކަށަވަރު ކުރެއްވުން އެދެމެވެ.

* އަދި ޕްރޮފެޝަނަލް ނުވަތަ ލައިސެންސިންގ ދާއިރާއެއްގެ ކޯހެއްނަމަ ކިޔަވަން ފެށުމުގެ ކުރިން ކަމާބެހޭ އިދާރާއަކުން (މިސާލު: މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލް، މޯލްޑިވްސް މިޑްވައިފްރީ އެންޑް ނަރސިންގ ކައުންސިލް، މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް، ސިވިލް އޭވިއޭޝަން އޮތޯރިޓީ) ޤަބޫލުކުރާ މަރުކަޒެއްކަމާއި އެ އިދާރާއަކުން ޤަބޫލުކުރާ ކޯހެއްކަން ކަށަވަރު ކުރެއްވުން އެދެމެވެ.

21 އޮކްޓޫބަރު 2021
ހޯދާ