އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީސް
ދިވެހިރާއްޖެ
އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުގެ ވަޒީފާގެ ފުރުޞަތު

ތާރީޚް: 19 އޮކްޓޯބަރ 2021

ނަންބަރު:   IUL)486-AP/1/2021/1029)

 

އިޢުލާނު

އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުގެ ތިރީގައިވާ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ.

މަޤާމު:

ހިއުމަން ރިސޯސް އޮފިސަރ

ކްލެސިފިކޭޝަން އަދި ގްރޭޑް

އޮފިސަރ ގރ.1

ރޭންކް

އޯޓީޖޭ އެސް3 

ބޭނުންވާ އަދަދު

1

ވަޒީފާ އަދާކުރަންޖެހޭ ޑިޕާޓްމަންޓް

ކޯޕަރޭޓް ސަރވިސް ޑިޕާރޓްމަންޓް

މުސާރަ

10,700/-ރ (ދިހަހާސް ހަތްސަތޭކަ ރުފިޔާ)

ސަރވިސް އެލަވަންސް

5,500/- ރ (ފަސްހާސް ފަސްސަތޭކަ ރުފިޔާ)

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1-    މުވައްޒަފުންނާ ގުޅުންހުރި އެކިއެކި ޕޮލިސީތައް ޑިރެކްޓަރުގެ ލަފާގެމަތިން ތައްޔާރުކުރުން

2-    އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހަށް މުވައްޒަފުން ހޯދުމުގެ އެންމެހާ މަސައްކަތް ކުރުން

3-    އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުގެ މުވައްޒަފުންނަށް އިންޑަކްޝަން ޕްރޮގްރާމް ކުރިއަށް ގެންދިއުން 

4-    މުވައްޒަފުންނަށް ވަޒީފާ ދިނުމާއި، ވަޒީފާއިން ވަކި ކުރުމަށް އޮމްބަޑްސްޕަރސަން އޮފީހުން ނިންމާ ނިންމުން ތަންފީޛު ކުރުމުގައި ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން

5-    މިނިސްޓްރީ އޮފް ފިނޭންސް އިން ޤާއިމްކޮށްފައިވާ ސެޕް ސިސްޓަމްގައި މުވައްޒަފުންގެ ސްޓޭޓަސް އަޕްޑޭޓް ކުރުން

6-    އޮފީހުގެ ހިއުމަން ރިސޯސް ސިސްޓަމް އަޕްޑޭޓްކޮށް ބެލެހެއްޓުން

7-    އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުގެ މުވައްޒަފުންގެ ހާޒިރީ ބެލެހެއްޓުން

8-    މުވައްޒަފުންނަށް ސަލާމާއި ޗުއްޓީ  ދެވެނީ ހަމަޖެހިފައިވާ އުސޫލާއި އެއްގޮތަށްތޯ ބެލުމާއި، ސަލާމް ބުނުމާއި ޗުއްޓީގެ ރެކޯޑް ބެލެހެއްޓުމުގެ ނިޒާމް ގާއިމުކޮށް މި ނިޒާމު ހިންގުން 

9-    މުވައްޒަފުންގެ ހާޒިރީ ރިޕޯޓްތައް ތައްޔާރުކުރުން

10- މުވައްޒަފުންގެ މުސާރަ ޝީޓް އަދި ރިޕޯޓްތައް ޗެކް ކުރުން

11- މުވައްޒަފުންގެ ފެންވަރު ބެލުމުގެ ނިޒާމެއް ޤާއިމުކޮށް މިނިޒާމަށް މުވައްޒަފުން އަހުލުވެރިކޮށް، މި ނިޒާމުގެ ދަށުން މުވައްޒަފުންގެ ފެންވަރު ބެލުމުގެ މަސައްކަތް ކުރިއަށް ގެންދިއުން

12- ރިސާރޗް އެންޑް އެވަރނެސް ޔުނިޓާއި ގުޅިގެން މުވައްޒަފުންނަށް ބޭނުންވާ ތަމްރީނުތައް ދެނެގަނެ އެފަދަ ތަމްރީންތައް ހިންގުން

13- އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުގެ މުވައްޒަފުންގެ ރެކޯޑުފައިލްތައް އަފްޑޭޓްކޮށް ރައްކާތެރިކަމާއެކު ބެލެހެއްޓުން

14- އަހަރީ ރިޕޯޓު ތައްޔާރު ކުރުމަށް ހިއުމަން ރިސޯސްއާ ގުޅުންހުރި މަޢުލޫމާތުތައް ތައްޔާރު ކުރުން

15- އެނުއަލް ހިއުމަން ރިސޯސް މެނޭޖްމަންޓް އިވެލުއޭޓްކޮށް، ޑިރެކްޓަރގެ ލަފާގެ މަތިން އޮމްބަޑްސްޕަރސަނުންނަށް ހުށަހެޅުން

16- އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުގެ ހިއުމަން ރިސޯސްއާ ބެހޭ އެންމެހައި މަސައްކަތްތައް ހަރުދަނާ ކުރުމަށް އަޅަން ޖެހޭ އެންމެހައި ފިޔަވަޅުތައް އެޅުމަށް ޑިރެކްޓަރަށް ލަފާދިނުން

17- އަދި މިނޫންވެސް އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުން ކުރާ އެހެނިހެން މަސައްކަތްތަކާއި ހިންގާ ޙަރަކާތްތަކުގައި ބައިވެރިވުން

މަޤާމުގެ ޝަރުޠުތައް:

މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއަކުން ބެޗްލަރސް ޑިގްރީ އެއް ހާސިލްކޮށްފައިވުމާއެކު މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއަކުން 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން

 

މަސައްކަތާއި ގުޅޭ ދާއިރާ: ހިއުމަންރިސޯސް މެނޭޖްމަންޓް، ބިޒްނަސް އެޑްމިނިސްޓްރޭޝަން އަދި ބިޒްނަސް މެނޭޖްމަންޓް

ރަސްމީ ގަޑި:

ހެނދުނު 8:00 އިން މެންދުރުފަހު 14:00 އަށް

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (ފޯމު ނުހިމަނާ ހުންނަ އެޕްލިކޭޝަންތައް ބާތިލްވާނެއެވެ.)
  2. މަޤާމުގެ ޝަރުޠުތަކުގެ ތެރޭގައި ބަޔާންކޮށްފައިވާފަދަ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ.
  3. ހުށަހަޅާ ސެޓްފިކެޓަކީ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ހަދާފައިވާ ކޯހެއްގެ ސެޓްފިކެޓެއްނަމަ،ހުށަހަޅަންވާނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށް، އެޓެސްޓް ކޮށްފައިވާ ކޮޕީއެކެވެ.
  4. ސެޓްފިކެޓް ނުލިބި ވާނަމަ ކޮލެޖް ނުވަތަ ޔުނިވަރސިޓީން ދޫކޮށްފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމެންޓް ރިޕޯޓްގެ އަސްލާއެއްގޮތް ކަމުގެ ތައްގަނޑު ޖަހާފައިވާ ކޮޕީ.
  5. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު.
  6. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  7. ކުރިން ވަޒީފާއެއް އަދާކޮށްފައިވާނަމަ ނުވަތަ މިހާރުވެސް ވަޒީފާއެއް އަދާކުރަމުންދާ ފަރާތެއްނަމަ އެ ވަޒީފާތަކުގައި ހޭދަވީ މުއްދަތާއި އެ ވަޒީފާތަކުގެ މަސްއޫލިއްޔަތުތައް އެނގޭނެފަދަ ލިޔުން.

ސުންގަޑި:

  25 އޮކްޓޯބަރ 2021 ގެ 14:00

އެހެނިހެން:

  1. މަތީގައިވާ މަޤާމަށް ޝޯޓްލިސްޓް ކުރެވޭނީ ގިނަ ވެގެން 10 ފަރާތެވެ.
  2. މަތީގައިވާ މަޤާމުތަކުގެ އިންޓަވިއުއަށް ވަޑައިގަތުމަށް މި އޮފީހުން އަންގާ ދުވަހަށް އެއްވެސް ސަބަބަކާހުރެ ކެންޑިޑޭޓަކަށް ހާޒިރު ނުވެވިއްޖެނަމަ، ފަހުން ޓެސްޓް ނުވަތަ އިންޓަވިއު ނުދެވޭނެ އެވެ.
  3. އޮފީހުގެ ވަޒީފާތަކަށް ކުރިމަތިލެވޭނީ މީލާދީ ގޮތުން ޢުމުރުން 18 (އަށާރަ) އަހަރު ފުރި 55 (ފަންސާސް ފަހެއް) އަހަރު ނުފުރޭ ދިވެހިންނަށެވެ.
  4. އޮފީހުގެ ވަޒީފާއަކަށް އޮމްބަޑްސްޕާސަނެއްގެ ނުވަތަ މުވައްޒަފެއްގެ މަންމަ، ބައްޕަ، ދަރި، ދޮންދަރިން، ފިރިމީހާ، އަނބިމީހާ، އެއްބަނޑު އެއްބަފާމީހެއް، އެއްބަފާމީހެއް، ނުވަތަ އެއްބަނޑު މީހަކަށް ކުރިމަތި ނުލެވޭނެއެވެ.
  5. މި މަޤާމަށް ހޮވޭ ފަރާތަކީ ސިޔާސީ ޕާޓީއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތެއްނަމަ މަޤާމަށް ހޮވުމުން ޕާޓީގެ ރަޖިސްޓްރީއިން ވަކިވާންވާނެއެވެ.
  6. އެޕްލިކޭޝަން ފޯމު  މި އިޢުލާނާއި އެކު އެޓޭޗް ކުރެވިފައިވާނެއެވެ.
  7. އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 7223473

އެޕްލިކޭޝަން ފޯމު އީމެއިލް  އީމެއިލް ކުރައްވާނީ [email protected] އަށެވެ.

                                   13 ރަބީޢުލްއައްވަލު 1443

19 އޮކްޓޫބަރު 2021
ހޯދާ