އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ
ދިވެހިރާއްޖެ
ހިމާޔަތްކުރެވިފައިވާ ދޫނިތައް ހިފާ، ހައްޔަރުކޮށް އަދި ގޯނާކުރާ ފަރާތްތަކާމެދު ފިޔަވަޅު އެޅުން

                                                              ނަންބަރު:(PR)203-ERC/1/2021/11  

ނޫސްބަޔާން

ހިމާޔަތްކުރެވިފައިވާ ދޫނިތައް ހިފާ،ހައްޔަރުކޮށް އަދި ގޯނާކުރާ ފަރާތްތަކާމެދު ފިޔަވަޅު އެޅުން

"ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނު" (ޤާނޫނު ނަންބަރު:4/93) ގެ ދަށުން ހެދިފައިވާ "ޤުދުރަތީ ގޮތުގައި ނުވަތަ ޠަބީޢީ ގޮތުފައި ޙިމާޔަތްކޮށް ރައްކައުތެރިކުރާ ދިރޭ ތަކެއްޗާބެހޭ ގަވާއިދު" (ޤަވާއިދު ނަންބަރު: 2021/R-25) ގެ ދަށުން ހިމާޔަތްކުރެވިފައިވާ, ރާއްޖެއަށް ހިޖުރަކުރާ ދޫނީގެ ތެރެއިން، މަދުން ނޫނީ ނުފެންނަ ބާވަތެއްކަމުގައިވާ ގުޑުގުޑާދޫނި (Greater Flamingo)  މިދުވަސްވަރު ރާއްޖޭގެ އެކިހިސާބުތަކުން ވަނީ ފެންނަންފަށާފައެވެ. ނަމަވެސް ބައެއްފަރާތްތަކުން މިދޫނިތައް ހިފައި ހައްޔަރުކޮށް ވިއްކާކަމުގެ ޝަކުވާ މިއެޖެންސީއަށް ދަނީ ލިބެމުންނެވެ. މިގޮތުން ހއ. ބާރަށުގައި ބަޔަކު ގުޑުގުޑާދޫނި ހިފައި ވިއްކަން އުޅޭކަމުގެ މައްސަލައެއްވަނީ މިއެޖެންސީއަށް ލިބަފައެވެ. މިމައްސަލަ މިހާރު މޯލްޑިވްސް ޕޮލިސް ސާރވިސްއާއި ގުޅިގެން އަންނަނީ ތަހުގީޤް ކުރެވެމުންނެވެ.

މިގޮތަށް ހިމާޔަތްކުރެވިފައިވާ ދޫނިތައް ހިފާ، ހައްޔަރުކުރާ ފަރާތްތަކާއި، އަދި މިދޫނިތައް ގަނެވިއްކާ، ވިޔަފާރިކުރަމުންދާ ފަރާތްތަކާއި މެދު ޤާނޫނު ނަމްބަރު: 4/93  ގެ ދަށުން ހެދިފައިވާ "ތިމާވެއްޓަށްދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ޤަވާއިދު" (ޤަވާއިދު ނަންބަރު: 2011/(R-9 އާއި "ޤުދުރަތީ ގޮތުގައި ނުވަތަ ޠަބީޢީ ގޮތުފައި ޙިމާޔަތްކޮށް ރައްކައުތެރިކުރާ ދިރޭ ތަކެއްޗާބެހޭ ޤަވާއިދު" (ޤަވާއިދު ނަންބަރު: 2021/ (R-25ގެ  ދަށުން ޖޫރިމަނާ ކުރެވޭނެ ވާހަކަ ދެންނެވީމެވެ.

ވީމާ، ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނުގެ ދަށުން ހިމާޔަތްކުރެވިފައިވާ ހިޖުރަކުރާ ދޫނިތައް ހިފާ ހައްޔަރުކޮށް ގޯނާކުރާ ފަރާތްތައް ހުއްޓުވައި ދެއްވާ އަދި މިފަދަ ފަރާތްތަކަށް ފާރަވެރިވެ ދެއްވާ މިފަދަ ކަންކަން ކުރާފަރާތްތަކުގެ މަޢުލޫމާތު (ދޫނި ހިފާ/ވިއްކާ ފަރާތުގެ ނަން، ގޭގެ ނަމާއި އަތޮޅާއި ރަށް، އަދި ހިފާ/ވިއްކާ ދޫނީގެ ބާވަތާއި އަދަދު) އަދި ފޮޓޯ މި އެޖެންސީގެ ހޮޓްލައިން ނަންބަރު: 7980379 އަށް މެސެޖުކޮށްދެއްވައި ނުވަތަ [email protected]  އަށް އީމެއިލް ކޮށްދެއްވުމަކީ މިއެޖެންސީގެ ވަރަށް ބޮޑު އެދުމެކެވެ.

ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނާއި މި ޤާނޫނުގެ ދަށުން ހެދިފައިވާ ޤަވާއިދުތަކާއި ޙިމާޔަތްކޮށްފައިވާ ދިރުންތަކާ ގުޅޭގޮތުން މި އެޖެންސީއިން އަންގާ އެންގުންތަކާއި، މި ޤާނޫނާއި ޤަވާއިދުތައް ތަންފީޛުކުރުމަށް ހުރިހާ ފަރާތްތަކުގެ އެއްބާރުލުންދެއްވުން އެދެމެވެ. އަދި، މިހާރުވެސް އެކި ފަރާތްތަކުން ދެއްވާ އެއްބާރުލުން ފާހަގަކޮށް ޝުކުރުދަންނަވަމެވެ.

13 ރަބީޢުލްއައްވަލް 1443

19 އޮކްޓޯބަރ 2021

19 އޮކްޓޫބަރު 2021
ހޯދާ