މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ޝައުގުވެރިކަން ފާޅުކުރުމުގެ ދަޢުވަތު

އެޗް.އާރު ސްޓްރަކްޗަރ އެކުލަވައިލުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އެމްއެފްއެމްސީ އަދި އެމްއެފްއެމްސީގެ ދަށުގައިވާ ސަބްސިޑިއަރީ ކުންފުނިތަކުގެ އެޗް.އާރު ސްޓްރަކްޗަރ އެކުލަވައިލުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުން ވެއްޖެއެވެ.

މިމަސައްކަތުގެ ޓަރމްސް އޮފް ރިފަރަންސް (ޓީ.އޯ.އާރް) މިއިއުލާނާއިއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ. އަދި މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ޓީ.އޯ.އާރް ގައި ބަޔާންކުރެވިފައިވާނެއެވެ.

މި މަސައްކަތަށް ކުރިމަތިލުމަށް ހުށަހަޅަން ޖެހޭ ލިޔުންތައް:

  • ސިޓީ (އެކްސްޕްރެޝަން އޮފް އިންޓަރެސްޓް)
  • މި މަސައްކަތަށް ޝައުގުވެރިވާ ފަރާތުގެ ކުންފުނީގެ ޕްރޮފައިލް (މިދާއިރާގައި ކުރީގައި ކޮށްފައިވާ މަސައްކަތްތަކުގެ ތަފްޞީލު ރަނގަޅަށް އެނގޭނެހެން ލިޔެފައި ހުންނަންވާނެއެވެ.) 
  • ކުރީގައި މިފަދަ ޚިދުމަތްތައް ފޯރުކޮށްދީފައިވާ ތަންތަނުން ދީފައިވާ ތަޖުރިބާގެ ލިޔުންތައް
  • ޓީމްގައި ހިމެނޭ މެމްބަރުންގެ ވަނަވަރާއި، އެޓެސްޓްކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ 

މި މަސައްކަތާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ، 26 އޮކްޓޯބަރ 2021 ވާ ބުދަ ދުވަހުގެ 13:00 ކުރިން ތިރީގައިވާ އެޑްރެހަށް އީމެއިލް ކުރެއްވުން އެދެމެވެ. 

 

ވީމާ މިކަމަށް ޝަޢުޤުވެރިވާ، ޝަރުޠުހަމަވާ ފަރާތްތަކުން  08 ނޮވެމްބަރ 2021 ވާ ބުދަ ދުވަހުގެ 13:00 ކުރިން ތިރީގައިވާ އެޑްރެހަށް  އީމެއިލް މެދުވެރިކޮށް "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" ހުށަހެޅުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު ހޯދުމަށް:

ޕްރޮކިއުމަންޓް ޑިޕާރޓްމަންޓް

މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން

9A، ހ. އޯކިޑް

،އަމީރުއަޙްމަދު މަގު،

 ކ.މާލެ، 20095

އީމެއިލް: [email protected]

19 އޮކްޓޫބަރު 2021
ހޯދާ