ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ސީނިއަރ ކޮމްޕިއުޓަރ ޓެކްނީޝަން

މަޤާމް :ސީނިއަރ ކޮމްޕިއުޓަރ ޓެކްނީޝަން
ބޭނުންވާ އަދަދު :1

މަޤާމު:

ސީނިއަރ ކޮމްޕިއުޓަރ ޓެކްނީޝަން

ބޭނުންވާ އަދަދު:

01

ގްރޭޑް:

5

ސްޕައިން ޕޮއިންޓް:

31

އޮފީސް:

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / އިދާރީ މަރުކަޒު

ޑިޕާޓްމަންޓް / ސެކްޝަން

އައި.ޓީ

މުސާރަ:

މަހަކު 8,850/77 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު 3,793/19 ރުފިޔާ

އިނާޔްތައް:

އިތުރުގަޑީގައި މަސައްކަތްކުރާނަމަ، އިތުރުގަޑީގެ ފައިސާ ހަމަޖެހިފައި އޮންނަ އުސޫލުން ދެވޭނެއެވެ.

މަޤާމުގެ ޝަރުތު:

 

  1. މަސައްކަތުގެ ދާއިރާއިން އެމް.ކިޔޫ.އޭ ލެވެލް 7/8 ގެ ސެޓްފިކެޓެއް ލިބިފައިވުން، ނުވަތަ،
  2. މަސައްކަތުގެ ދާއިރާއިން އެމް.ކިޔޫ.އޭ ލެވެލް 5 ގެ ސެޓްފިކެޓަކަށްފަހު، މަސައްކަތާ ގުޅޭ ދާއިރާއިން 2 އަހަރު ދުވަހުގެ ތަޖުރިބާ ހޯދާފައިވުން. ނުވަތަ،
  3. އެމް.ކިޔޫ.އޭ ލެވެލް 4 ގެ ސެޓްފިކެޓަށްފަހު، މަސައްކަތާ ގުޅޭ ދާއިރާއިން 5 އަހަރު ދުވަހުގެ ތަޖުރިބާ ހޯދާފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  • އައި.ޓީ. ސަރވިސަސް ގެ އީމެއިލް ދުވަހުން ދުވަހަށް ބަލާ، އީމެއިލްތަކަށް އެޓެންޑްކޮށް ޖަވާބުދާރީވުން.
  •  ޔުނިވަރސިޓީގެ އައި.ޓީ. ސަޕޯޓް ސިސްޓަމަށް އަންނަ ރިކުއެސްޓްތައް ބަލާ، މުވައްޒަފުންނާއި މަސައްކަތް ޙަވާލުކުރުން. އަދި މަސައްކަތުގެ އަޕްޑޭޓް ބަލާ ވީ އެންމެ އަވަހަކަށް ޓާސްކްތައް ނިންމުމަށް މަސައްކަތްކުރުން.
  •  ޔުނިވަރސިޓީ ގައި ބޭނުންކުރާ ކޮމްޕިއުޓަރ ސިސްޓަމްތަކަށް ދިމާވާ އެކި އެކި މައްސަލަތައް ދެނެގަނެ، އެ ކަންތައްތައް ޙައްލުކުރުމުގައި ބައިވެރިވުން.
  • ޔުނިވަރސިޓީގައި ބޭނުންކުރާ މައި ސަރވަރތަށް ބެލެހެއްޓުން. މިގޮތުން:
    • ސަރވަރތައް މޮނިޓަރކޮށް ބެލެހެއްޓުން.
    • ސަރވަރތަކުގެ ބެކަޕް ހެދުން.
    • ސަރވަރތައް އަޕްގްރޭޑްކުރުން.
  •  ޔުނިވަރސިޓީގެ ބެކަޕް ނިޒާމް ހަރުދަނާކޮށް، މޮނިޓަރކޮށް މެއިންޓެއިންކުރުން.
  •  ޔުނިވަރސިޓީގެ އޮޑިޓޯރިއަމްތަކުގައި  ބޭނުންކުރާ އޯޑިއޯ ވިޒުއަލް އެކިއުޕްމަންޓްތައް ރަނގަޅު ޙާލަތެއްގައި ބެހެއްޓުން. އަދި ބަދަލުކުރަންޖެހޭ ތަކެތި ދެނެގަނެ، އެ ކަމާއި ގުޅުން ހުރި ސެކްޝަންތަކާއި ގުޅިގެން އެ ތަކެތި ހޯދުން.
  •  ޔުނިވަރސިޓީގެ ނެޓްވަރކް ބަލެހެއްޓުމާއި ނެޓްވަރކް ޕަރފޯމަންސް ރަނގަޅުކުރުން. މިގޮތުން:
    • ނެޓްވަރކަށް ދިމާވާ މައްސަލަތައް ދެނެގަނެ ޙައްލުކުރުން.
    • ނެޓްވަރކް ރަނގަޅުކުރުމަށް ކުރަންޖެހޭކަންތައްތައް ދެނެގަނެ، ހޯދަންޖެހޭ ހާޑްވެއަރ ދެނެގަތުން.
    • ނެޓްވަރކަށް ބޭނުންވާ ހާޑްވެއަރ ހޯދުމުގެ މަސައްކަތްކުރުން.
    • ނެޓްވަރކް ސްވިޗްތައް ސެޓަޕްކޮށް ނެޓްވަރކަށް ގެންނަންޖެހޭ ބަދަލުތައްގެނައުން.
  •  ޔުނިވަރސިޓީގެ ފަޔަރވޯލް މޮނިޓަރކޮށް މެއިންޓެއިންކުރުން.
  •  ޔުނިވަރސިޓީ ގައި ބޭނުންކުރާ އައި.ޓީ. އާއި ގުޅުންހުރި ހާޑްވެއަރތަކުގެ މިންގަނޑު ތައްޔާރުކޮށް، އަޕްޑޭޓްކުރުން. އަދި އައި.ޓީ. އާއި ގުޅުންހުރި ތަކެތި ގަތުމުގައި ލަފާދިނުން.
  • އައި.ޓީ. އާއި ގުޅުންހުރި ހާރޑްވެއަރ ފަދަ ތަކެތީގެ ބިޑް އިވެލުއޭޓްކުރުން.
  • އައި.ޓީ. އާއި ގުޅޭގޮތުން ފެކަލްޓީ/ޔުނިވަރސިޓީ އަށް ބޭނުންކުރެވޭނެ، ފައިދާހުރި ކަންތައްތައް ދެނެގަނެ އެކަންތައްތައް ކުރެވޭނެގޮތްތައް ހޯދައި އެކަންތައްތައްކުރުމުގައި ޢަމަލީ ގޮތުން ބައިވެރިވުން.
  • މަތީގައިވާ ކަންތައްތަކުގެ އިތުރުން އޮފީހުގެ ރަސްމީ މަސައްކަތާއި ގުޅޭގޮތުން ޙަވާލުކުރެވޭ މަސައްކަތްތައްކުރުން.

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚް:

2021 އޮކްޓޫބަރު 26 ވާ އަންގާރަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއަށް ތިރީގައިވާ ފޯމު ލިންކް މެދުވެރިކޮށް އޮންލައިންކޮށް.

https://tinyurl.com/MNU-HR-2021-176

 

 

 

 

 

އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، ޔުނިވަރސިޓީގެ އިދާރީ މަރުކަޒުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި ތިރިގައި މިވާ ޔުނިވަރސިޓީގެ ވެބްސައިޓުގެ ލިންކުން ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ.)
    http://bit.do/JobApplicationForm-for-Locals-English
    http://bit.do/JobApplicationForm-for-Locals-Dhivehi
  2. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ) ސާފު ކޮޕީ.
  3. ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތާއި، ވަޒީފާ އަދާކުރެއްވި މުއްދަތުގެ ފެށުނު ތާރީޚް އަދި ވަޒީފާއިން ވަކިވި ތާރީޚް އެނގޭނެފަދަ ލިޔުމެއް.
  4. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ސެޓިފިކެޓެއްނަމަ އެކްރިޑިޓް ކޮށްފައިވާ ސަނަދު)
  6. ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އެޓެސްޓްކޮށްފައި ނުވާނަމަ ވެރިފައިކުރުމަށް ޔުނިވަރސިޓީއިން އެދުމުން އޮރިޖިނަލްތައް ކޮޕީ ވެރިފައިކުރުމަށް ހުށަހަޅަންވާނެއެވެ.
  7. ރާއްޖެއިން ބޭރުގެ ކޮލެޖް/ޔުނިވަރސިޓީއެއްގެ ކޯހެއް ފުރިހަމަކޮށް ސެޓިފިކެޓް ލިބިފައިނުވާނަމަ، ކޯސް ފުރިހަމަކޮށްފައިވާކަމުގެ ލިޔުމާއެކު އެމް.ކިއޫ.އޭގެ ކޮލިފިކޭޝަން  އެސެސްމެންޓް ރިޕޯޓެއް ހުށަހަޅަންވާނެއެވެ.
  8. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

 

 

 

ނޯޓް:

 

  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
  • އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠުހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
  • މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށްފަހުގައެވެ.
  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ތަޢުލީމީ ސެޓުފިކެޓު އެކްރިޑެޓް ކުރެވިފައިނުވިޔަސް ބަލައިގަންނާނެއެވެ.
  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކޯހެއް ފުރިހަމަ ކޮށްފައިވާފަރާތްތައް ތަޢުލީމީ ސެޓުފިކެޓު ނުލިބެނީސް ޔުނިވަރސިޓީގެ ވަޒީފާއަކަށް ކުރިމަތިލާނަމަ، ކޯހުން ފާސްވިކަމުގެ ލިޔުމަކަށް ހުށަހަޅަންވާނީ، ރެޖިސްޓްރާރ އޮފީހުގެ ލިޔުމެކެވެ.

 

އިތުރު މަޢުލޫމާތު:

  • މިމަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސް ދުވަސް ބެލޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މިމުއްދަތުގެ ތެރޭގައި، މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި، އެއްވެސް ނޯޓިހެއް ދިނުމަކާނުލައި ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
  • މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3345136 ނަމްބަރު ފޯނަށެވެ.
19 އޮކްޓޫބަރު 2021
ހޯދާ