ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހއ. ހޯރަފުށީ "އާނޫރު" ކިޔާ ގެއަށް ހަދައިދީފައިވާ ނަންބަރު 707، ހއ. ހޯރަފުށީ "އަސުރުމާގެ" ކިޔާ ގެއަށް ހަދައިދީފައިވާ ނަންބަރު 183، ހއ. ހޯރަފުށީ "ސިލްސިލާ" ކިޔާ ގެއަށް ހަދައިދީފައިވާ ނަންބަރު 573 އަދި ހއ. ހޯރަފުށީ "ކްރީމްވިލާ" ކިޔާ ގެއަށް ހަދައިދީފައިވާ ނަންބަރު 362 ޢިމާރާތާއި ގޯތީގެ ރަޖިސްޓަރީ ގެއްލިގެން

ތިރީގައި މިދަންނަވާ ގޯތިތަކަށް ހަދައިދީފައިވާ ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީ ގެއްލިގެން އަލުން އެގޯތިތަކުގެ ޢިމާރާތާއި ގޯތީގެ ރަޖިސްޓަރީ ހަދައިދިނުމަށް އެދި އެ ގޯތިތަކުގެ ވެރިފަރާތްތަކުން ވަނީ މިއިދާރާއަށް ހުށަހަޅުއްވާފައެވެ. 

-         ހއ. ހޯރަފުށީ "އާނޫރު" ކިޔާ ގެއަށް ހަދައިދީފައިވާ ނަންބަރު 707، ޢިމާރާތާއި ގޯތީގެ ރަޖިސްޓަރީ

-         ހއ. ހޯރަފުށީ "އަސުރުމާގެ" ކިޔާ ގެއަށް ހަދައިދީފައިވާ ނަންބަރު 183، ޢިމާރާތާއި ގޯތީގެ ރަޖިސްޓަރީ

-         ހއ. ހޯރަފުށީ "ސިލްސިލާ" ކިޔާ ގެއަށް ހަދައިދީފައިވާ ނަންބަރު 572، ޢިމާރާތާއި ގޯތީގެ ރަޖިސްޓަރީ

-         ހއ. ހޯރަފުށީ "ކްރީމްވިލާ" ކިޔާ ގެއަށް ހަދައިދީފައިވާ ނަންބަރު 362، ޢިމާރާތާއި ގޯތީގެ ރަޖިސްޓަރީ

           ވީމާ، މި ރަޖިސްޓަރީއާއި ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިލައްވާފައިވާ ފަރާތެއްވާނަމަ މިއަދުން ފެށިގެން 07 (ހަތެއް) ދުވަހުގެ ތެރޭގައި މި އިދާރާއަށް އެކަން އެންގެވުން އެދެމެވެ.

           މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

           13 ރަބިޢުލްއައްވަލް 1443

           19 އޮކްޓޯބަރ    2021

19 އޮކްޓޫބަރު 2021
ހޯދާ