ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ސީނިއަރ ކޮމްޕިއުޓަރ ޕްރޮގްރާމަރ

މަޤާމް :ސީނިއަރ ކޮމްޕިއުޓަރ ޕްރޮގްރާމަރ
ބޭނުންވާ އަދަދު :1

މަޤާމު:

ސީނިއަރ ކޮމްޕިއުޓަރ ޕްރޮގްރާމަރ

ބޭނުންވާ އަދަދު:

01

ގްރޭޑް:

5

ސްޕައިން ޕޮއިންޓް:

31

އޮފީސް:

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / އިދާރީ މަރުކަޒު

ޑިޕާޓްމަންޓް / ސެކްޝަން

އައި.ޓީ

މުސާރަ:

މަހަކު 8,850/77 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު 3,793/19 ރުފިޔާ

އިނާޔްތައް:

އިތުރުގަޑީގައި މަސައްކަތްކުރާނަމަ، އިތުރުގަޑީގެ ފައިސާ ހަމަޖެހިފައި އޮންނަ އުސޫލުން ދެވޭނެއެވެ.

މަޤާމުގެ ޝަރުތު:

 

  1. މަސައްކަތުގެ ދާއިރާއިން އެމް.ކިޔޫ.އޭ ލެވެލް 7/8 ގެ ސެޓްފިކެޓެއް ލިބިފައިވުން، ނުވަތަ
  2. މަސައްކަތުގެ ދާއިރާއިން އެމް.ކިޔޫ.އޭ ލެވެލް 5 ގެ ސެޓްފިކެޓަކަށްފަހު، މަސައްކަތާ ގުޅޭ ދާއިރާއިން 2 އަހަރު ދުވަހުގެ ތަޖުރިބާ ހޯދާފައިވުން. ނުވަތަ،
  3. އެމް.ކިޔޫ.އޭ ލެވެލް 4 ގެ ސެޓްފިކެޓަށްފަހު، މަސައްކަތާ ގުޅޭ ދާއިރާއިން 5 އަހަރު ދުވަހުގެ ތަޖުރިބާ ހޯދާފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  • ޔުނިވަރސިޓީ އަށް ބޭނުންކުރެވޭނެ އެޕްލިކޭޝަންތައް ޑެވެލޮޕްކުރުން.
  • ޔުނިވަރސިޓީގައި ބޭނުންކުރާ އިންފޮމޭޝަން ސިސްޓަމްތައް ބެލެހެއްޓުން އަދި އަޕްޑޭޓްކުރުން.
  • ޔުނިވަރސިޓީ ގައި ބޭނުންކުރެވޭ ހުރިހާ ސިސްޓަމްތަކަށް އެކްސެސްކުރެވޭނެ ވެބް ޕޯޓަލް އެއް ޑެވެލޮޕްކުރުން.
  • ޔުނިވަރސިޓީ ހިންގުން އިތުރަށް ހަރުދަނާކުރުމަށް ބޭނުންކުރެވޭނެ އިތުރު އިންފޮމޭޝަން ސިސްޓަމްސްތައް ދެނެގަނެ، އެފަދަ ސިސްޓަމްސްތައް ޑެވެލޮޕްކޮށް، އިމްޕްލިމެންޓްކޮށް ބެލެހެއްޓުން.
  • ޔުނިވަރސިޓީގައި ބޭނުންކުރަމުންދާ އިންފޮމޭޝަން ސިސްޓަމެއް ބަދަލުކުރަން ޖެހިއްޖެ ޙާލަތެއްގައި އެކަން ކުރުން. މި ގޮތުން:
    • ކުރީގެ ސިސްޓަމް ގެ ބަދަލުގައި ބޭނުންކުރާނެ ސިސްޓަމްސް ހޯދުން.
    • އަލަށް ބޭނުންކުރާނެ ސިސްޓަމް ސެޓްއަޕްކޮށް، ޑޭޓާ މައިގްރޭޝަން ހެދުން.
    • ސިސްޓަމް ޓެސްޓިންގް ހަދާ އިމްޕްލިމެންޓްކުރުން.
  • ޔުނިވަރސިޓީ ގައި ބޭނުންކުރަމުންދާ ސިސްޓަމްތަކަށް ދިމާވާ މައްސަލަތައް ދެނެގަނެ، އެ މައްސަލަތައް ޙައްލުކުރުން.
  • އަލަށް ތައްޔާރުކުރާ ސިސްޓަމްތަކާއި އެޕްލިކޭޝަންތަކުގެ ޓްރެއިނިންގް ދިނުން.
  • އެޕްލިކޭޝަންތައް އިތުރަށް ރަނގަޅުކުރެވޭނެ ގޮތްތައް ބަލައި، އަޕްޑޭޓްކުރުން.
  • ސިސްޓަމްތަކަށް ގެނެވޭ ބަދަލުތަކުގެ ތަފްޞީލު ޑޮކިއުމަންޓުކުރަމުންގެންދިއުން.
  • އައި.ޓީ. ސަރވިސަސް އަށް އަންނަ ރިކުއެސްޓްތައް ބަލައި، އެކަންތައްތަކަށް އެޓެންޑްކުރުން.

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚް:

2021 އޮކްޓޫބަރު 26 ވާ އަންގާރަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއަށް ތިރީގައިވާ ފޯމު ލިންކް މެދުވެރިކޮށް އޮންލައިންކޮށް.

https://tinyurl.com/MNU-HR-2021-177

 

 

 

 

 

އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، ޔުނިވަރސިޓީގެ އިދާރީ މަރުކަޒުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި ތިރިގައި މިވާ ޔުނިވަރސިޓީގެ ވެބްސައިޓުގެ ލިންކުން ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ.)
    http://bit.do/JobApplicationForm-for-Locals-English
    http://bit.do/JobApplicationForm-for-Locals-Dhivehi
  2. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ) ސާފު ކޮޕީ.
  3. ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތާއި، ވަޒީފާ އަދާކުރެއްވި މުއްދަތުގެ ފެށުނު ތާރީޚް އަދި ވަޒީފާއިން ވަކިވި ތާރީޚް އެނގޭނެފަދަ ލިޔުމެއް.
  4. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ސެޓިފިކެޓެއްނަމަ އެކްރިޑިޓް ކޮށްފައިވާ ސަނަދު)
  6. ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އެޓެސްޓްކޮށްފައި ނުވާނަމަ ވެރިފައިކުރުމަށް ޔުނިވަރސިޓީއިން އެދުމުން އޮރިޖިނަލްތައް ކޮޕީ ވެރިފައިކުރުމަށް ހުށަހަޅަންވާނެއެވެ.
  7. ރާއްޖެއިން ބޭރުގެ ކޮލެޖް/ޔުނިވަރސިޓީއެއްގެ ކޯހެއް ފުރިހަމަކޮށް ސެޓިފިކެޓް ލިބިފައިނުވާނަމަ، ކޯސް ފުރިހަމަކޮށްފައިވާކަމުގެ ލިޔުމާއެކު އެމް.ކިއޫ.އޭގެ ކޮލިފިކޭޝަން  އެސެސްމެންޓް ރިޕޯޓެއް ހުށަހަޅަންވާނެއެވެ.
  8. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

 

 

 

ނޯޓް:

 

  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
  • އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠުހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
  • މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށްފަހުގައެވެ.
  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ތަޢުލީމީ ސެޓުފިކެޓު އެކްރިޑެޓް ކުރެވިފައިނުވިޔަސް ބަލައިގަންނާނެއެވެ.
  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކޯހެއް ފުރިހަމަ ކޮށްފައިވާފަރާތްތައް ތަޢުލީމީ ސެޓުފިކެޓު ނުލިބެނީސް ޔުނިވަރސިޓީގެ ވަޒީފާއަކަށް ކުރިމަތިލާނަމަ، ކޯހުން ފާސްވިކަމުގެ ލިޔުމަކަށް ހުށަހަޅަންވާނީ، ރެޖިސްޓްރާރ އޮފީހުގެ ލިޔުމެކެވެ.

 

އިތުރު މަޢުލޫމާތު:

  • މިމަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސް ދުވަސް ބެލޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މިމުއްދަތުގެ ތެރޭގައި، މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި، އެއްވެސް ނޯޓިހެއް ދިނުމަކާނުލައި ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
  • މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3345136 ނަމްބަރު ފޯނަށެވެ.
19 އޮކްޓޫބަރު 2021
ހޯދާ