ދިވެހިރާއްޖެ
މާލެ ސިޓީ ކައުންސިލްގެ ނަންބަރ CB/1/2021/212ވ-425(IUL) އިޢުލާނާއި ޙަވާލާދީ ދަންނަވަމެވެ.
މާލެ ސިޓީގެ ބުލޮކް ވެރިޔާއަށް ކުރިމަތި ލުމުގެ މުއްދަތު 02 ޑިސެމްބަރ 2021 ވާ ބުރާސްފަތިދުވަހުގެ 14:00 ގެ ނިޔަލަށް އިތުރު ކޮށްފީމެވެ. ބްލޮކްވެރިންނަށް ހޮވޭ ފަރާތްތަކަށް މަހަކު -/1000 ރުފިޔާގެ އިނާޔަތެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ
މި އިންތިހާބަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 19 އޮކްޓޯބަރ 2021 ވަނަ ދުވަހު 10:00 ން ފެށިގެން 02 ޑިސެމްބަރ 2021 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ނިޔަލަށް މާލޭ ސިޓީ ކައުންސިލް އެޑްމިނިސްޓްރޭޝަން ސެކްޝަން (އެމް.ޑަބްލިޔު.އެސް.ސީ ކަސްޓަމަރ ސަރވިސް ބިލްޑިންގ 04 ވަނަ ފަންގިފިލާ) އިންނެވެ.
ވީމާ، މިކަން އާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.
11 ރަބީޢުލްޢައްވަލް 1443