ތިލަދުންމަތީ ދެކުނުބުރީ ކުމުންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހދ. ކުމުންދޫގައި އަލަށްދޫކުރިގޯތިތަކާއި ގުޅިފައިވާ މަގުފަޅިސާފުކުރުމާގުޅޭ

ހދ. ކުމުންދޫގައި އަލަށްދޫކުރިގޯތިތަކާއި ގުޅިފައިވާ މަގުފަޅިސާފުކުރުމާގުޅޭ

 

            ކުމުންދޫގައި ކުރިއަށްދާ ފެނާނަރުދަމާގެ ނެޓްވޯކް އަލަށް އާބާދުވާ ޞަރަޙައްދަށް އެޅުމަށް ސާވޭކުރުމަށް، އަލަށްދޫކޮށްފައިވާ ގޯތިތަކާއި ގުޅިފައިވާ މަގުތަކާއި ގޯޅިތައް، 25 އޮކްޓޫބަރ 2021  ގެކުރިން، އެގޯތިތަކުގެ ވެރިފަރާތްތަކުން ސާފުކުރުމަށް އިލްތިމާސްކުރަމެވެ. އަދި މަގުތަކާއި އަދި މަގުތަކުގައާއި އާއްމުތަންތާގައި ބަހައްޓާފައިވާ އަމިއްލަފަރާތްތަކުގެ ލަކުޑިއާއި ވެލިފުނިތައް 25 އޮކްޓޫބަރ 2021  ގެކުރިން ނެގުމަށް އިލްތިމާސްކުރަމެވެ. މި މުއްދަތުގެ ތެރޭގައި މަގުތަކުގައާއި އާއްމުތަންތާގައި ބަހައްޓާފައިވާ އަމިއްލަފަރާތްތަކުގެ ލަކުޑިއާއި ވެލިފުނިތައް ނުނަގައިފިނަމަ، ކައުންސިލުން އެތަކެތި ނައްތާލެވޭނެއެވެ. އަދި ކުމުންދޫގެ ފެނާއި ނަރުދަމާގެ މަސައްކަތް ކުރިއަށްގެންދިޔުމަށް ރައްޔިތުންގެ ފަރާތުން ލިބެންމުންދާ އެއްބާރުލުމަށް މިފުރުޞަތުގައި ޝުކުރުދަންނަވަމެވެ.

17 އޮކްޓޫބަރު 2021
ހޯދާ