މާޅޮސްމަޑުލު ދެކުނުބުރީ ފުޅަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
01 ކޮޓަރީގެ އެޕާޓްމަންޓެއް ޢިމާރާތް ކޮށްދޭނެ ފަރާތެއް ހޯދުން.

ޢިއުލާން

ފުޅަދޫގައި 01 ކޮޓަރީގެއެޕާރޓްމަންޓެއް ޢިމާރާތްކޮށްދޭނެފަރާތެއްހޯދުމާބެހޭ

             ފުޅަދޫ ކައުންސިލް އިދާރާގެ ފަރާތުން ކަނޑައަޅާ ބިމެއްގައި މި އިދާރާގެ ފަރާތުންދޭ މައުލޫމާތުތަކާއި އެއްގޮތަށް އަމިއްލަ ތަކެތީގައި 01 ކޮޓަރީގެ އެޕާރޓްމަންޓެއް އަދި ގޯތީގެ ވަށާފާރު ޢިމާރާތް ކޮށްދޭނެ  ފަރާތެއް ހޯދުމަށްކުރެވުނު އިއުލާން (IUL)323/323/2021/25 އާއިގުޅިގެން ހުށަހެޅުނު އަންދާސީހިސާބު އަގުބޮޑުވުމާއި ގުޅިގެން ބާތިލުކޮށް އަލުން އިޢުލާންކުރަމެވެ.

             މީވާ،މިދެންނެވި 01 ކޮޓަރީގެ އެޕާރޓްމަންޓް އިމާރާތް ކުރުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން ތިރީގައިބަޔާން ކުރެވިފައިވާ ތާރީޚުގައި މާޅޮސްމަޑުލު ދެކުނުބުރީ ފުޅަދޫ ކައުންސިލް އިދާރާއަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚުގައި، މި އިދާރާއަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މައުލޫމާތު ދިނުން

އަންދާސީ ހިސާބު ހުށަހެޅުން

21 އޮކްޓޯބަރު 2021 ވާ ބުރާސްފަތި ދުވަހުގެ 11:00ގައި ފުޅަދޫ ކައުންސިލް އިދާރާގައި

04 ނޮވެންބަރު 2021 ވާ ބުރާސްފަތި  ދުވަހުގެ11:00ގައި ފުޅަދޫ ކައުންސިލް އިދާރާގައި

          

            މައުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާއިރު، ހާޝިރުވާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު އަދި ކުންފުނި/ ވިޔަފާރި/ އިންވެސްޓްގެ ރަޖިސްޓްރޭޝަން ސެޓްފިކެޓްގެ ކޮޕީއެއް ގެންނަންވާނެއެވެ. ބަދަލުގައި އެހެން ފަރާތްތަކުން ވަޑައިގަންނަވާ ނަމަ، އެކަން ބަޔާންކޮށް ސިޓީއެއް ހުށަހަޅުއްވަންވާނެއެވެ. މީގެއިތުރުން ކުންފުނި/ ވިޔަފާރި/ އިންވެސްޓްމަންޓްގެ ރަޖިސްޓްރޭޝަން ސެޓްފިކެޓާއި ބަދަލުގައި ވަޑައިގަންނަވާ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ފޮޓޯ ކޮޕީ ގެންނަންވާނެއެވެ.ފޯނުގެ ޛަރީއާއިން މައުލޫމާތު ދިނުމަށް ހަމަޖެހިފައިނުވާ ވާހަކަ ދެންނެވީމެވެ. އަދި ދަންނަވަމެވެ. މަތީގައި ބަޔާން ކުރެވިފައިވާ ލިޔެކިޔުންނެތި މައުލޫމާތު ސާފު ކުރެއްވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް މައުލޫމާތު ސާފުކޮށް ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިނުގެންނެވޭނެ ވާހަކަވެސް މިފުރުޞަތުގައި ދެންނެވީމެވެ.

            އަންދާސީހިސާބު ހުށަހަޅުއްވާއިރު ބަދަލުގައި އެހެން ފަރާތަކުން ވަޑައިގަންނަވާނަމަ،އެކަން ބަޔާންކޮށް ސިޓީއެއް ހުށަހަޅުއްވަން ވާނެއެވެ. މިފަދަ ލިޔުމެއްނެތި ހުށަހެޅޭ އަންދާސީ ހިސާބުތައް ބަލައި ނުގަނެވޭނެ ވާހަކަ މައުލޫމާތައްޓަކައި ދެންނެވީމެވެ. އަދި ކަނޑައެޅިފައިވާ ގަޑިޖެހުމަށްފަހު ހުށަހަޅުއްވާ އަންދާސީ ހިސާބުތަކާއި އީ،މެއިލްގެ ޛަރީއާއިން ފޮނުއްވާ އަންދާސީ ހިސާބުތަކާއި މައުލޫމާތު ސާފުކުރައްވަން ވަޑައިގެންފައިނުވާ ފަރާތްތަކުގެ އަންދާސީ ހިސާބުތަކުގެ އިތުރުން މައުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތައްވެސް ބަލައިނުގަނެވޭނެކަން އާއްމުކޮށް އެންގުމަށްޓަކާ އިޢުލާންކުރީމެވެ.

           މި ބީލަމުގައި ބައިވެރިވެ ވަޑައިގެންނެވޭނީ، ޤާނޫނު ނަންބަރު:18/2014 (ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނުގެ ދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވޮލޮޕްމަންޓްގައި ރަޖިސްޓްރީ ކުރެވިފައިވާކުންފުނިތަކަށާއި ޤާނޫނު ނަންބަރު:19/2014 (އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

                    މިހެންވެ، މިކަން އާއްމުކޮށް އެންގުމަށްޓަކާ އިޢުލާންކުރީމެވެ.

17 އޮކްޓޫބަރު 2021
ހޯދާ