ކައްދޫ އެއަރޕޯޓް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު

މަޤާމު:

ޑެޕިއުޓީ މެނޭޖަރ (ކޮމާރޝަލް ސަރވިސަސް)

ބޭނުންވާ އަދަދު

01 (އެކެއް)

މަސައްކަތް ކުރަންޖެހޭ ތަން:

ކައްދޫ އެއަރޕޯޓް ކޮމްޕެނީ ލިމިޓެޑް / ލ.ކައްދޫ

މަޤާމުގެ ޝަރުޠު:

  • މަޤާމާއި ގުޅުންހުރި ދާއިރާއަކުން ފުރަތަމަ ޑިގްރީ ހާސިލްކޮށްފައި ވުމާއެކު މަސައްކަތުގެ ދާއިރާއިން 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  • މަޤާމާ ގުޅުންހުރި ދާއިރާއަކުން އެޑްވާންސް ޑިޕްލޮމާ ހާސިލްކޮށްފައި ވުމާއެކު މިދާއިރާއިން 5 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

މުސާރައާއި އިނާޔަތްތައް:

  • އަސާސީ މުސާރަ -/8000 ރުފިޔާ.
  • ހަމަޖެހިފައިވާ އުސޫލުން ޑެއިލީ އެލަވަންސް، ސަރވިސް އެލަވަންސް އަދި އިތުރުގަޑި އެލަވަންސް.

މަޤާމު:

އެސިސްޓެންޓް އޮޕަރޭޝަންސް އޮފިސަރ

ބޭނުންވާ އަދަދު

01 (އެކެއް)

މަސައްކަތް ކުރަންޖެހޭ ތަން:

ކައްދޫ އެއަރޕޯޓް ކޮމްޕެނީ ލިމިޓެޑް / ލ.ކައްދޫ

މަޤާމުގެ ޝަރުޠު:

  • ޖީ.ސީ.އީ އެޑްވާންސް ސަބްސިޑަރީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައިވުމާއެކު، ހަޔަރ ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން، ނުވަތަ
  • ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާކު، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން މަދުވެގެން 3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ
  • މަޤާމާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު މަޤާމުގެ މަސައްކަތާ ގެޅޭ ދާއިރާއަކުން މަދުވެގެން 3 އަހަރު ދުވަހުގެ  މަސައްކަތު ތަޖުރިބާ ލިބިފައިވުން.

މުސާރައާއި އިނާޔަތްތައް:

  • އަސާސީ މުސާރަ -/5000 ރުފިޔާ.
  • ހަމަޖެހިފައިވާ އުސޫލުން ޑެއިލީ އެލަވަންސް، ސަރވިސް އެލަވަންސް އަދި އިތުރުގަޑި އެލަވަންސް

މަޤާމު:

ޖޫނިއަރ އެއަރޕޯޓް ފަޔަރ ފައިޓަރ

ބޭނުންވާ އަދަދު

02 (ދޭއް)

މަސައްކަތް ކުރަންޖެހޭ ތަން:

ކައްދޫ އެއަރޕޯޓް ކޮމްޕެނީ ލިމިޓެޑް / ލ.ކައްދޫ

މަޤާމުގެ ޝަރުޠު:

  • އައި.ކާ.އޯ ގަބޫލުކުރާ އިންސްޓިޓިއުޓަކުން ބޭސިކް ފަޔަރފައިޓަރ ކޯސް ފުރިހަމަކޮށް ފާސްވެފައިވުމާއި މުއްދަތު ހަމަނުވާ މެޑިކަލް ސެޓްފިކެޓް އޮތުން. ނުވަތަ،
  • ސާނަވީ އިމްތިޙާނަކުން އިނގިރޭސި އަދި ހިސާބު މި ދެ މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.
  • އަދި އުމުރުން 18 އަހަރާއި 28 އަހަރާ ދެމެދުގެ މީހެއްކަމުގައިވުން.
  • ނޯޓް: 1. މިމަޤާމަށް އިންޓަވިއުއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށް "ފިޒިކަލް ޓެސްޓް" އެއް ބޭއްވުމަށްފަހު އެ ޓެސްޓްގެ ނަތީޖާ، މަޤާމަށް ހޮވުމަށް ޕޮއިންޓް ދިނުމުގައި ބޭނުން ކުރެވޭނެއެވެ. އަދި މަޤާމަށް ހޮވޭ ފަރާތްތަކަށް ވަޒީފާ ހަމަޖައްސާނީ މަޤާމަށް ކަނޑައަޅާފައިވާ މެޑިކަލް ޓެސްޓުން ފާސްވެފައި ވާނަމައެވެ.

މުސާރައާއި އިނާޔަތްތައް:

  • އަސާސީ މުސާރަ -/4000 ރުފިޔާ.
  • ހަމަޖެހިފައިވާ އުސޫލުން ޑެއިލީ އެލަވަންސް، ސަރވިސް އެލަވަންސް، ޝިފްޓް ޑިއުޓީ އަދި އިތުރުގަޑި އެލަވަންސް

މަޤާމު:

ކާޕެންޓަރ

ބޭނުންވާ އަދަދު

01 (އެކެއް)

މަސައްކަތް ކުރަންޖެހޭ ތަން:

ކައްދޫ އެއަރޕޯޓް ކޮމްޕެނީ ލިމިޓެޑް / ލ.ކައްދޫ

މަޤާމުގެ ޝަރުޠު:

  • މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން ސާބިތު ކޮށްދިނުމާއެކު، ލިޔަންކިޔަން ދަތުން.
  • މަސައްކަތް ކުރުމަށް ޝައުގުވެރިކަން ހުރުމާއެކު މަސައްކަތް ކުރެވޭ ޞިއްޙަތެއްގައި ހުރުން.
  • މިމަޤާމަށް މީހުން ހޮވުމުގައި، މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ސަނަދު ހާސިލްކޮށްފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

މުސާރައާއި އިނާޔަތްތައް:

  • އަސާސީ މުސާރަ -/4000 ރުފިޔާ.
  • ހަމަޖެހިފައިވާ އުސޫލުން ޑެއިލީ އެލަވަންސް، ސަރވިސް އެލަވަންސް އަދި އިތުރުގަޑި އެލަވަންސް

މަޤާމު:

ލައުންޖްހޮސްޓް/ހޮސްޓެސް

ބޭނުންވާ އަދަދު

02 (ދޭއް)

މަސައްކަތް ކުރަންޖެހޭ ތަން:

ކައްދޫ އެއަރޕޯޓް ކޮމްޕެނީ ލިމިޓެޑް / ލ.ކައްދޫ

މަޤާމުގެ ޝަރުޠު:

  • ސާނަވީ އިމްތިޙާނަކުން، އިނގިރޭސި ހިމަނައިގެން މަދުވެގެން 2 މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން. ނުވަތަ،
  • ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލްކޮށްފައިވުން.
  • އަދި އުމުރުން 18 އަހަރާއި 28 އަހަރާ ދެމެދުގެ މީހެއް ކަމުގައިވުން.

މުސާރައާއި އިނާޔަތްތައް:

  • އަސާސީ މުސާރަ  -/3000 ރުފިޔާ.
  • ހަމަޖެހިފައިވާ އުސޫލުން ޑެއިލީ އެލަވަންސް، ސަރވިސް އެލަވަންސް އަދި އިތުރުގަޑި އެލަވަންސް

މަޤާމު:

ލޭބަރަރ

ބޭނުންވާ އަދަދު

05 (ފަހެއް)

މަސައްކަތް ކުރަންޖެހޭ ތަން:

ކައްދޫ އެއަރޕޯޓް ކޮމްޕެނީ ލިމިޓެޑް / ލ. ކައްދޫ

މަޤާމުގެ ޝަރުޠު:

  • މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން ސާބިތު ކޮށްދިނުމާއެކު، ލިޔަންކިޔަން ދަތުން.
  • މަސައްކަތް ކުރުމަށް ޝައުގުވެރިކަން ހުރުމާއެކު މަސައްކަތް ކުރެވޭ ޞިއްޙަތެއްގައި ހުރުން.

މުސާރައާއި އިނާޔަތްތައް:

  • އަސާސީ މުސާރަ  -/3000 ރުފިޔާ.
  • ހަމަޖެހިފައިވާ އުސޫލުން ޑެއިލީ އެލަވަންސް، ސަރވިސް އެލަވަންސް އަދި އިތުރުގަޑި އެލަވަންސް

 ހުށަހަޅަންޖެހޭ ލިޔުންތައް

  • ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު ކައްދޫ އެއަރޕޯޓް އޮފީހުން ލިބެން ހުންނާނެއެވެ)
  • ކުރިމަތިލާ ފަރާތުގެ ވަނަވަރު.
  • ލިބިފައިވާ ތަޢުލީމާއި ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ
  • ޕޮލިސް ރިޕޯޓު
  • ޕާސްޕޯޓް ސައިޒުގެ ފޮޓޯ
  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (މުއްދަތުހަމަނުވާ)

    ދައުލަތުގެ އެހެން ޢިދާރާއަކަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފަކުނަމަ، ކުރިމަތިލާ މަޤާމަށް ހޮވުމުން،        އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާ މެދު އިޢުތިރާޒެއް ނެތްކަމުގެ ލިޔުމެއް.

ސުންގަޑި:

   2021 ނޮވެމްބަރ 04 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން

އިންޓަރވިއު ބޭއްވުމަށް ކަނޑައަޅާފައިވާ މުއްދަތާއި އޮންނާނެ ތަން:

   މި އިޢުލާނުގެ މުއްދަތު ހަމަވާތާ އެއް މަސްދުވަސް ތެރޭގައި އިންޓަރވިއު ބޭއްވޭނެއެވެ. އިންޓަރވިއު އޮންނާނީ ކައްދޫ       އެއަރޕޯޓް އޮފީހުގައެވެ.

އިތުރު މަޢުލޫމާތު

  • އިތުރު މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 6800704 އެވެ. ވަޒީފާއަށްއެދޭ ފޯމު ހުށަހަޅުއްވަންވާނީ ކައްދޫ އެއަރޕޯޓް އޮފީސް / ލ. ކައްދޫ އަށް ނުވަތަ އީމެއިލް މެދުވެރިކޮށެވެ.
  • އީމެއިލް ކުރައްވަނީ [email protected]  އަށެވެ.
  • ނޯޓް: މިވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ އަދަދު 15 އަށްވުރެ ގިނަނަމަ ތަޢުލީމާއި ތަޖުރިބާއަށް ބަލައި ޝޯޓް ލިސްޓް ކުރެވޭނެއެވެ. އިންޓަރވިއު ކުރާނީ ޝޯޓްލިސްޓްކުރެވޭ 15 ފަރާތާއެވެ.
14 އޮކްޓޫބަރު 2021
ހޯދާ