އަރިއަތޮޅު އުތުރުބުރީ މަތިވެރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިކައުންސިލަށް 1.5 ޓަނުގެ ޕަވަރ ގޭޓް ޕިކަޕެއް ހޯދުމާބެހޭ

(IUL)342/INDIV/2021/112 ނަންބަރު:

އިޢުލާން

 

މިކައުންސިލަށް 1.5 ޓަނުގެ ޕަވަރ ގޭޓް ޕިކަޕެއް ހޯދުމާބެހޭ

މިކައުންސިލުން ކުރިއަށް ގެންދާ ކުނި މެނޭޖްކުރުމުގެ ޚިދުމަތަށް 1.5 ޓަނުގެ ޕަވަރގޭޓް ޕިކަޕެއް ގަންނަން ބޭނުންވެގެން ކޮށަފައިވާ އިއުލާން ނަންބަރ: (IUL)342/INDIV/2021/17 ބާޠިލް ކޮށް އަލުން އެފުރުސަތު ހުޅުވާލަމެވެ.

ބީލަމަށް ރަޖިސްޓްރީކުރުން

  • މިމަސައްކަތަށް ޝައުޤުވެރިވެލައްވާ އެންމެހާ ފަރާތްތަކުން، 21 އޮކްޓޫބަރު 2021 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން މިއިދާރާގެ އީމެއިލް[email protected]  މެދުވެރިކޮށް ރަޖިސްޓަރީ ކުރަންވާނެއެވެ.
  • ވިޔަފާރީގެ ރަޖިސްޓަރީ ކޮޕީއެއް ހުށައަޅަންވާނެއެވެ.

މަޢުލޫމާތު ދިނުމުގެ ބައްދަލުވުން

  • ބީލަންވެރިންނަށް މަޢުލުމާތު ދިނުން އޮންނާނީ 21 އޮކްޓޫބަރު 2021 ވާ ބުރާސްފަތި ދުވަހުގެ 13:30 މި އިދާރާގެ މީޓިންގ ރޫމްގައެވެ. މިބައްދަލުވުމަށް ހާޒިރުވެވެން ނެތް ފަރާތްތަށް ބައްދަލުވުމުގައި ބައިވެރިވާނީ އޮންލައިންކޮށެވެ. މަޢުލޫމާތު ދިނުމުގެ ސެޝަނުގައި ބީލަމާއި ގުޅިގެން ސަމާލުކަން ދޭންވީ ކަންކަން ހިއްސާ ކުރުމާއި ބީލަންވެރިންގެ ސުވާލުތަކަށް ޖަވާބު ދިނުން އޮންނާނެއެވެ.
  • މި މަސައްކަތާއި ގުޅޭ މައުލޫމާތު ޝީޓު ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީކުރާ ފަރާތްތަކަށް އީމެއިލް ކުރެވޭނެއެވެ.
  • ބީލަމާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 24 އޮކްޓޫބަރު 2021 ވަނަ ދުވަހުގެ 14:00 ގެ ކުރިން މިކައުންސިލްގެ [email protected]  އީމެއިލަށެވެ.

ބީލަން ހުށައެޅުން

 

  • ބީލަން ހުޅުވުން އޮންނާނީ 28 އޮކްޓޫބަރު 2021 ވާ ބުރާސްފަތި ދުވަހުގެ 13:30 ގައި މި އިދާރާގެ މީޓިން ރޫމްގައެވެ. ބީލަން ހުށަހެޅުމަށް ހާޒިރުނުވެވޭ ފަރާތްތަކަށް އޮންލައިންކޮށް މީޓިން ކުރިއަށްދާވަގުތު ހުށަހެޅޭނެއެވެ.
  • އޮންލައިންކޮށް ބީލަން ހުށަހަޅާނަމަ، މެއިލްކުރާ ފައިލްތަށް ހުންނަވާނީ ޕީޑީއެފްކޮށް ލޮކް ކުރެވިފައެވެ. އަދި ޕާސްވޯޑް ފޯރުކޮށްދެއްވާނީ އޮންލައިން މީޓިންގައެވެ.
  • ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކާއި ގަޑިޖެހުމަށްފަހު ހުށަހަޅުއްވާ ބީލަންތަކާއި، އީމެއިލާއި ފެކްސްގެ ޒަރީޢާއިން ފޮނުއްވާ ބީލަންތައް ބަލައިނުގަނެވޭނެއެވެ.
  • މި ބީލަމުގައި ބައިވެރިވެވަޑައިގެންނެވޭނީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ.

 

                       މިހެންވެ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

            7 ރަބީޢުލްއައްވަލް 1443

              14 އޮކްޓޫބަރު 2021

14 އޮކްޓޫބަރު 2021
ހޯދާ