ނިލަންދެއަތޮޅު އުތުރުބުރީ ފީއަލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހި ސިވިލް ސަރވިސްގެ މުޥައްޒަފުންނަށް ޙައްޤު މިންވަރު ހަމަޖައްސައި ދެއްވުމަށް ގޮވާލުން

 c

&

ނިލަންދެއަތޮޅު އުތުރުބުރީ ފީއަލީ ކައުންސިލްގެ އިދާރާ

              ފީއަލީ،                             

 ދިވެހިރާއްޖެ.                                 ނޫސް ބަޔާން.

2021  

 06 ރަބީޢުލްއައްވަލު 1443

12 އޮކްޓޫބަރު 2021

ނަންބަރު: (OTHR)370-CASA/370/2021/207  

 

ދިވެހި ސިވިލް ސަރވިސްގެ މުޥައްޒަފުންނަށް ޙައްޤު މިންވަރު ހަމަޖައްސައި ދެއްވުމަށް ގޮވާލުން

 

 

 

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން 2011 ވަނައަހަރު މި ކައުންސިލް އުއުފެދި މިއަދާ ހަމައަށްވެސް ކައުންސިލް ހިންގަމުން މި ގެންދަނީ ސިވިލް ސަރވިސްގެ މަދު މުޥައްޒަފުން ކޮޅެއްގެ ބުރަ މަސައްކަތުންނެވެ. އެހެން ނަމަވެސް ކައުންސިލުން ފޯރުކޮއްދެންޖެހޭ ޚިދްމަތްތަކާއި، ބަލަހައްޓަންޖެހޭ ތަންތަނާއި ކަންކަން އިތުރުވެ އިޤްތިޞާދީ ، އިޖްތިމާއީ ޙަރަކާތްތަށް ގިނަވެ ތަންފީޒުކުރަންޖެހޭ ނިންމުންތަށް ގިނަވެ އަދި ޒަމާނާ ޙާލަތަށް އަންނަ ބަދަލާއި ގުޅިގެން ޚިދްމަތް ދޭންޖެހޭ ގޮތްތަކަށް ގެނެވޭ ބަދަލުގެ ތެރެއިން، ކައުންސިލްގެ އިދާރީ ހިންގުމުގެ ނިޒާމަށް މިވަނީ ވަރަށް ބާރު ބޮޑުވެ މުޥައްޒަފުންނަށްވުރެ މަސައްކަތް އިތުރު ވެފައެވެ.

ޒަމާނަށް އައި ބަދަލުތަކާއެކު ދިރިއުޅުމަށް ކުރަންޖެހޭ ޚަރަދުތައް ވަރަށްބޮޑަށް އުފުލެމުންދާއިރުވެސް މުޥައްޒަފުންނަށް ދެވެމުންދަނީ އެކަށީގެންވާ ވަރަށްވުރެ މާކުޑަ އުޖޫރައެއްކަން މި ކައުންސިލުން ފާހަގަ ކުރަމެވެ. އަދި ބުރަ މަސައްކަތްކުރާ ސިވިލް ސަރވިސް މުޥައްޒަފުންނަށް ލިބޭ މުސާރައަށް 10 އަހަރު ވީއިރުވެސް ޒަމާނާއި ޙާލަތަށް އަންނަމުންދާ ފަދަ ބަދަލެއް ސަރުކާރުން ގެންނަވާފައި ނުވާކަންވެސް މި ކައުންސިލުން ފާހަގަ ކުރަމެވެ. ހަމަ އެއާއެކު، ޚިދްމަތުގައި ގިނައަހަރު ތަކެއް ހޭދަވާއިރުވެސް މުޥައްޒަފުންނަށް މަޤާމުގެ ގޮތުންނާއި، މުސާރައިގެ ގޮތުން އެއްވެސް ކުރިއެރުމެއް ނުދެއްވާކަމާއި، 10 އަހަރު ދުވަހުގެ ޚިދްމަތުގައި ހޭދަކުރި މުޥައްޒަފާއި، އަލަށް ހަމަޖައްސާ މުޥައްޒަފުވެސް މަޤާމުގެ ގޮތުންނާއި، އުޖޫރައިގެ ގޮތުން ހަމަހަމަވާކަން ވެސް ހިތާމައާއެކު މި ކައުންސިލުން ފާހަގަކުރަމެވެ.

އެހެންކަމުން، ކައުންސިލުން ފޯރުކޮއްދޭންޖެހޭ ހުރިހާ ޚިދްމަތްތަކެއް ވެސް ފޯރުކޮއްދެވެނީ، ކައުންސިލްގައި މަސައްކަތްކުރާ ސިވިލް ސަރވިސްގެ މުޥައްޒަފުންގެ ވަރަށް ބުރަ މަސައްކަތުންކަމަށްވީ ހިނދު، އެ މުޥައްޒަފުންނަށް ދެވޭ މުސާރައަކީ ވެސް އާއިލާއަކާއިގެން ހިތްހަމަޖެހިގެން އުޅެވޭވަރުގެ އެކަށީގެންވާ އުޖޫރައަކަށް ވީހާ އަވަހަކަށް ހައްދަވައި ދެއްވުމަށާއި، މުޥައްޒަފުންނަށް މަޤާމުގެ ގޮތުންނާއި، މުސާރައިގެ ގޮތުން ކުރިއެރުން ދެއްވުމަށާއި، ސަރުކާރުގެ އެކި މުއައްޞަޞާތަކުގެ މެދުގައި އޮތް މުސާރައާއި އިނާޔަތްތަކުގެ ބޮޑު ތަފާތު ކުރުންތައް ނިމުމަކަށް ގެންނެވުމަށާއި، އަލަށް ކަނޑައަޅުއްވާ މިނިމަމް

 

 

ވޭޖަކީ އަސާސީ މުސާރައަށް ގެނެވޭ ހެޔޮ ބަދަލެއް ކަމުގައި ކަނޑައަޅުއްވައި ދެއްވުމަށާއި، އަދި ޚާއްޞަކޮށް ދަށް ފަންތީގެ މުޥައްޒަފުންނަށް މިހާރު ދެވެމުންދާ އެކަށީގެންނުވާ ކުޑަ މުސާއަށް ރަނގަޅު ބަދަލެއް ގެނެސް ދެއްވުމަށް މި ކައުންސިލުން ދިވެހި ދައުލަތުގެ ކަމާބެހޭ އެންމެހާ އިދާރާތަކަށާއި އެ އިދާރާތަކުގެ އިސް ވެރިންނަށް ގޮވާލަމެވެ. 

 

 

 

 މޫސާ އަޙްމަދު       މުޙައްމަދު ޖަލީލު     އަޙްޒަމް ޢަބުދުﷲ     އާމިނަތު ރާނިޔާ     އަސީމާ އަބުދުއްރަޝީދު  

(ކައުންސިލްގެ ރަޢީސް)  (ކައުންސިލްގެ ނ.ރައީސް) ( ކައުންސިލްގެ މެންބަރ) (ކައުންސިލްގެ މެންބަރު)  (ކައުންސިލްގެ މެންބަރު)   

12 އޮކްޓޫބަރު 2021
ހޯދާ