މާލެއަތޮޅު ހިންމަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބިން ކުއްޔަށް ދިނުމާއި ގުޅޭ

އިޢުލާން

ބިމެއް ކުއްޔަށް ދިނުމާބެހޭ

              މިރަށުގެ އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާބިން( އައުޓްލައިން ޗާރޓްގައި ފާހަގަ ކުރެވިފައިވާ ) ތަރައްޤީކުރުމަށް ކުއްޔަށް ދިނުމަށް ފުރުޞަތު ހުޅުވާލަމެވެ.

              ވީމާ، މިބިން ކުއްޔަށް ހިފަން ޝައުޤުވެރިވާ ފަރާތްތަތަކުން ތިރީގައި ބަޔާންކޮށްފައިވާ މަޢުލޫމާތާއި އެއްގޮތަށް " ބިން ތަރައްޤީ ކުރުމަށް ކުއްޔަށްހިފުމަށް އެދޭފޯމް " މިއިދާރާއިން ބައްލަވައިގަތުމަށްފަހު، ހުށަހެޅުއްވުން އެދެމެވެ.

ތަފްޞީލް

މުއްދަތު

ގަޑި

ތަން

ބިންތަރައްޤީކުރުމަށް އެދޭ ފޯރމް ވިއްކުން

( ބިންތަރައްޤީކުރުމަށް އެދޭ ފޯރމް ވިއްކުމަށް ހަމަޖެހިފައިވަނީ 500.00 ރުފިޔާއަށް )

17 އޮކްޓޯބަރ 2021 އިން

 28 އޮކްޓޯބަރ 2021 އަށް

ރަސްމީކޮންމެ ދުވަހެއްގެ 11:00ފެށިގެން 13:00 އަށް

ހިންމަފުށީ ކައުންސިލްގެ އިދާރާ

ޕްރީބިޑް މީޓިންގ

1 ނޮވެމްބަރ 2021 ހޯމަ

13:30 ގައި

ހިންމަފުށީ ކައުންސިލްގެ އިދާރާ

ބިޑްފޯމް ހުށަހެޅުން

(ބިންތަރައްޤީކުރުމަށްއެދޭފޯރމް ހުށަހެޅުން)

8 ނޮވެމްބަރ 2021

13:00 އަށް

ހިންމަފުށީ ކައުންސިލްގެ އިދާރާ

" ކުލީބިމަށް އެދޭފޯމް " ވިއްކާ އަގަކީ -/500ރ ( ފަސްސަތޭކަ ރުފިޔާ ) އެވެ. ބިޑްގަންނަން ލިބޭނީ ކައުންސިލުން ދޫކުރާ ބިޑްފޯމް ގަތުމަށްއެދޭ ފޯމް ފުރިހަމަކޮށް ހުށަހެޅުއްވުމުންނެވެ.  

           ފޯމް ހުށަހެޅުއްވުމަށް ކަނޑައެޅިފައިވާ ގަޑީގެފަހުން ގެންނަފޯމްތަކާއި، ބިޑްފޯމް ގަންނަ ފަރާތް ނޫން އެހެން ފަރާތްތަކުން ހުށަހަޅާ ފޯމްތައް ބަލައި ގަނެވެން ނޯންނާނެކަން މިފުރުޞަތުގައި ދަންނަވަމެވެ. މިބިމާއި ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ރަސްމީގަޑީގައި 6642024 ނަންބަރު ފޯނާއެވެ.

            މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

14 އޮކްޓޫބަރު 2021
ހޯދާ