މާޅޮސްމަޑުލު ދެކުނުބުރީ ހިތާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޢުލާން

ތިރީގައި މިދަންނަވާ މަގާމަށް މީހުން ބޭނުންވެއްޖެއެވެ.

 

މަޤާމު

އެސިސްޓެންޓް ކައުންސިލް އޮފިސަރ  

 

މަޤާމުގެ ނަންބަރު:

-

 

ބޭނުންވާ ޢަދަދު

01

 

މަޤާމުގެ ގިންތި:

ވަގުތީ ( ވޭޖްއެމްޕްލޯއީމަންޓަށް 03 މަސްދުވަހަށް ) އިދާރާއަށް މުވައްޒަފުގެ ޚިދުމަށް އިތުރަށް ބޭނުންވެއްޖެނަމަ، މުވައްޒަފުގެ މަސައްކަތަށް ބަލައި ކޮންޓަރެކްޓް މުއްދަތު އިތުރު ކުރެވިދާނެއެވެ.

 

މަޤާމުގެ ރޭންކް:

ޖީ. އެސް 03

 

މަޤާމުގެ ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 1

 

ސެކްޥަން:

ކޯޕަރޭޓް އެފެއާޒް (B ސެކްޝަން )

 

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މާޅޮސްމަޑުލު ދެކުނުބުރީ ހިތާދޫ ކައުންސިލްގެ އިދާރާ / ބ. ހިތާދޫ

 

މުސާރަ

މަސައްކަތު ނުކުންނަ ކޮންމެ ދުވަހަކަށް 217.33 (ދުއިސައްތަ ސަތާރަ ރުފިޔާ ތެއްތިރީސް ލާރި) ރުފިޔާ

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. އޮފީހަށް ވަންނަ ފައިސާ އާއި ބޭރުކުރެވޭ ފައިސާގެ އެންމެހާ ކަންތަތައްތައް ސަރުކާރުގެ ޤަވާއިދާއި އެއްގޮތްވާގޮތުގެ މަތީން ކުރުވުން.
  2. އޮފީހަށް ހުށަހެޅޭ މަސްއަލާތައްބަލާ ޖަވާބު ދިނުމާއި، އަދި އެކަމާއިގުޅޭ އެހެންކަމެއް އޮތްނަމަ އެކަމެއް އޮންނަ ގޮތަކަށްގެންދިއުން
  3. ކަނޑުން ހޮވާ ތަކެއްޗާއި ލަގުވާތަކެތީގެ އެންމެހާ ކަންތައްތައް ބެލެހެއްޓުން
  4. ޒަކާތާއިބެހޭ ކަންތައްތައް ކުރުމާއި ކުރުވުން، އަދި އެގޮތުން ލިބޭތަކެއްޗާއި މެދު މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން  އަންގަވާ ގޮތެއްގެ މަތީން އެކަންކުރުން.
  5. ރާއްޖެތެރެ ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން ރަށުގައި ހިންގަންޖެހޭ ކަންތައްތައް ހިންގާބެލެހެއްޓުން.
  6. މުވައްޒަފުންގެ ރަޖިސްޓްރީ ބެލެހެއްޓުން، މުވައްޒަފުންގެ ޙާޟިރީ ބެލެހެއްޓުން، މުވައްޒަފުންގެ ރެކޯޑް ފައިލްތައް ރައްކާތެރިކަމާއެކު ބެލެހެއްޓުމާއި މުވައްޒަފުންގެ ސަލާމާއި ޗުއްޓީ ހަމަޖެއްސުމާއި ރެކޯޑު ބެލެހެއްޓުން.
  7. މުވައްޒަފުން އޮފީހުގެ ރަސްމީގަޑީގައި އަޅަންޖެހޭ ހެދުންއެޅުމުގެ ކަންތައްތަކާއި ހުރުމަތްތެރިކޮށް ހިތަންޖެހޭ ކަންތައްތައް ޤަވާއިދުތަކާއި އެއްގޮތަށް ބެލެހެއްޓުން.
  8. މުވައްޒަފުން އިތުރުގަޑީގައި ކުރާމަސައްކައްތަކާއި މަސައްކަތުގެ  ޙާޟިރީ ބެލެހެއްޓުން.
  9. މުވައްޒަފުން ރަސްމީބޭނުމުގައި ރަށުންބޭރަށްކުރާ ދަތުރު ތަކުގެ ރެކޯޑް ބެލެހެއްޓުން.
  10. މުވައްޒަފުންގެ މުސާރަ، އެހެނިހެން ފައިސާ ޙަވާލުކުރުވާ ފައިސާގެ ހިސާބުތައް ޤަވާއިދުން ބަލަހައްޓާ ރިޕޯރޓް ތައްޔާރުކުރުން.
  11. ނީލަމަށް ފޮނުވަންޖެހޭތަކެތި ހުއްދަހޯދައިގެން ނީލަންކިއުން.
  12. އޮފީހާއި އޮފީހުގެ ދަށުގައިވާ ތަންތަނަށްބޭނުންވާ ތަކެތިހޯދައިދިނުން.
  13. މަތީގައި ދެންނެވިފައިވާ ކަންތައްތައް ފިޔަވާ އިތުރުކަމެއް ދިމާވެއްޖެނަމަ ސުޕަވައިޒަރުގެ، މަޝްވަރާއާއި އެކު އަޅަންޖެހޭ ފިޔަވަޅު އެޅުން.

 

 

މަޤާމުގެ ޝަރުޠުތައް:

1-      ސާނަވީ ނުވަތަ އެއާ އެއްފެންވަރުގެ  އިމްތިހާނަކުން  2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން 'ސެކަންޑަރީ ސްކޫލް' ނުވަތަ ' ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިހާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މިއިދާރާއިން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީ.ވީ)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔެކިޔުންތަކުގެ ކޮޕީއާއި އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.
  6. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

ދާއިރާ

ބެލެވޭ ބައިތައް

އިންސައްތަ (%)

ކެޓަގަރީގެ ޖުމްލަ އިންސައްތަ

ކެޓެގަރީރެ ޖުމްލަ އިންސައްތަ

ތަޢުލީމާއި ތަމްރީނު

ލިބިފައިވާ ތަޢުލީމު

35

35

40

މަސައްކަތުގެ ދާއިރާ އާއި ގުޅޭ ކުރުމުއްދަތުގެ ތަމްރީން

30

5

އިމްތިހާން

ސިވިލްސަރވިސްގެ ވަޒީފާއަށް ވަނުމަށްދެވޭ އިމްތިހާން

12

5

5

މަސައްކަތުގެ ތަޖުރިބާ

މަޤާމުގެ މަސައްކަތުގެ ދާއިރާއާއި ގުޅޭ ތަޖުރިބާ

33

10

10

ލިބިފައިވާ ހުނަރު

އިންޓަވިއު/ޕްރެކްޓިކަލްސް

100

45

45

ޖުމްލަ

 

210

100

100

 

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

-          މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 28 އޮކްޓޫބަރ 2021 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން، މާޅޮސްމަޑުލު ދެކުނުބުރީ ހިތާދޫ ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އީމެއިލް އެޑްރެހަކީ [email protected]  އެވެ. އީމެއިލް ކުރައްވާނަމަ ސުންގަޑީގެ ކުރިން  އީމެއިލް ލިބުނުކަން ކަށަވަރުކުރުމަކީ އީމެއިލް ކުރައްވާ ފަރާތުގެ ޒިންމާއެކެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

 

އިންޓަވިއު   އޮންނާނެ ތަނާއި، މުއްދަތު:

މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ 29 އޮކްޓޫބަރ 2021 އާއި 10 ނޮވެމްބަރ 2021 އާއި ދެމެދު މާޅޮސްމަޑުލު ދެކުނުބުރީ ހިތާދޫ ކައުންސިލް އިދާރާ ގައެވެ. ވުމާއިއެކު، މިވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެތާރީޚްތަކުގައި އިންޓަރވިއުއަށް ޙާޟިރުވުމަށް ތައްޔާރުވެ ތިބުން އެދެމެވެ. އިންޓަރވިއު ބާއްވާނެ ދުވަހަށް ބަދަލު އަތުވެއްޖެނަމަ އެކަން ހުރިހާ ފަރާތްތަކަށް އެންގޭނެއެވެ.

 

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

 

އިތުރު މަޢުލޫމާތު:

މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ ރަސްމީ ގަޑީގައި މި އިދާރާގެ 6600007 ނަންބަރު ފޯނަށެވެ. އީމެއިލް ކުރައްވާނީ    [email protected] އަށެވެ.

        

 

       

             މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 

13 އޮކްޓޫބަރު 2021
ހޯދާ