ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ ގެ 4 ފެކަލްޓީއެއްގައި ބޭނުންކުރާ އަލިފާން ނިއްވާ ފުޅިތައް ސާވިސްކުރުމާއި ސާރވިސް ސްޓިކަރ ޖެހުމުގެ މަސައްކަތް ކުރާނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

 

                                               

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ

 

އިޢުލާން

 

                                                                                                 ނަންބަރު:MNU-CA-FM/2021/35

 

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ ގެ 4 ފެކަލްޓީއެއްގައި ބޭނުންކުރާ އަލިފާންނިއްވާ ފުޅިތައް ސާވިސްކުރުމާއި ސާރވިސް ސްޓިކަރ ޖެހުމުގެ މަސައްކަތް ކުރާނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.


 

             ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ ގެ 4 ފެކަލްޓީއެއްގައި ( ފެކަލްޓީ އޮފް ހެލްތް ސައިންސަސް ،ސްކޫލް އޮފް ނާރސިންގ،  ފެކަލްޓީ އޮފް އިންޖިނިއަރިން ސައިންސް އެންޑް ޓެކްނޮލޮޖީ އަދި ބިޒްނަސް ސްކޫލް ގައި ބޭނުންކުރާ އަލިފާން ނިއްވާ ފުޅިތައް ސާވިސްކުރުމާއި ސާރވިސް ސްޓިކަރ ޖެހުމުގެ މަސައްކަތް ކުރާނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

 

މަސައްކަތާ ގުޅޭ މަޢުލޫމާތު ދިނުން.

                    މި މަސައްކަތާ ގުޅޭގޮތުން މަޢުލޫމާތު ދިނުން އޮންނާނީ  21 އޮކްޓޯބަރ  2021 ވާ  ދުވަހުގެ މެންދުރުފަހު  13:00 ގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ / ފެކަލްޓީ އޮފް ހެލްތް ސައިންސަސް  ، ހަނދުވަރީ ހިނގުން ،  މާލޭގައެވެ.

 

ބީލަން ބަލައިގަތުން

              ބީލަން ބަލައިގަތުމަށް ހަމަޖެހިފައިވަނީ  27 އޮކްޓޯބަރ  2021  ވާ  ދުވަހު 11:30 ގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ / ފެކަލްޓީ އޮފް ހެލްތް ސައިންސަސް  ، ހަނދުވަރީ ހިނގުން ،  މާލޭގައެވެ. މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ.

              ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ ވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ބީލަން ހުށަހަޅާފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ. ބީލަމުގެ ވެލިޑިޓީގެ މުއްދަތަކީ ބިޑް ހުށަހަޅާ ތާރީޚުން ފެށިގެން 90 ދުވަސް ކަމުގައިވާންވާނެއެވެ.

އިތުރު މަޢުލޫމާތު ސާފުކުރުން

               މި ޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ، ގުޅުއްވާނީ.

  • 3345192 ،3345134

               އީ-މެއިލް ކުރައްވާނީ ތިރީގައިވާ އީ-މެއިލް އެޑްރެހަށެވެ. އީމެއިލް ކުރައްވާއިރު ، އިޢުލާނު ނަންބަރާއި ބީލަމުގެ ނަން ލިޔަންވާނެއެވެ.

ނޯޓް:
              ބީލަމާއެކު ހުށަހަޅާ އަގުބަޔާންކުރާ ޝީޓު ނުވަތަ ކޯޓޭޝަންގައި ބީލަންހުށަހަޅާ ފަރާތުގެ ސޮޔާއި ކުންފުންޏެއްނަމަ، ކުންފުނީގެ ތައްގަނޑުޖަހާފައި އޮންނަވާނެއެވެ.  މަޢުލޫމާތު ފުރިހަމަނޫން ބިޑުތައް ބާތިލުކުރުމުގެ ފުރިހަމަ އިޚްތިޔާރު މި ޔުނިވަރސިޓީ އަށް ލިބިގެންވެއެވެ. އަދި ބިޑު ކޮންމެ ވަގުތެއްގައިވެސް ބާތިލުކުރުމުގެ އިޚްތިޔާރު މި ޔުނިވަރސިޓީ އަށް ލިބިގެންވެއެވެ.

 

12 އޮކްޓޯބަރ 2021                 

                                            

12 އޮކްޓޫބަރު 2021
ހޯދާ