އަރިއަތޮޅު ދެކުނުބުރީ ފެންފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފެންފުށީ ޒުވާނުންގެ ފުޓްސެލްމުބާރާތް އަދި ފެންފުށީ ޒުވާނުންގެ ނެޓްބޯޅަ މުބާރާތް

      2021 ވަނަ އަހަރު މިރަށުގެ ޒުވާނުންނަށް އަމާޒުކޮށްގެން ފެންފުށީ ޒުވާނުންގެ ފުޓްސެލް މުބާރާތް އަދި ފެންފުށީ ޒުވާނުންގެ ނެޓްބޯޅަ މުބާރާތުގެ ނަމުގައި ފުޓްސެލް މުބާރާތަކާއި ނެޓްބޯޅަ މުބާރާތެއް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. މިދެމުބާރާތް ކުޅުމަށްހަމަޖެހިފައިވަނީ 2021 ވަނަ އަހަރުގެ ނޮވެންބަރ މަހުގެ ތެރޭގައެވެ.

      މިދެމުބާރާތް އިންތިޒާމުކޮށް ހިންގުމަށް ކޮންމެ މުބާރާތަކަށް 5 މެންބަރުންގެ މައްޗަށް އެކުލެވޭ ކޮމިޓީ އެއް އެކުލަވާލުމަށް މިކައުންސިލުން ވަނީ ނިންމާފައެވެ. އަދި މިކޮމިޓީގެ މެންބަރަކަށް މުބާރާތުގަ ކުޅޭ ކޮންމެ މެޗަކަށް -/150ރ (އެއްސަތޭކަ ފަންސާސް ރުފިޔާ) ގެ އެލަވަންސް އެއް ދިނުމަށް ވަނީ ކަނޑައެޅިފައެވެ. މިކޮމިޓީ އަށް މެންބަރުން ހޮވުމުގައި އިސްކަންދޭނީ ކުޅިވަރުތަކުގައި އަމަލީގޮތުން ހަރަކާތްތެރިވެފައިވާ ފަރާތްތަކަށެވެ.

      ވީމާ ފެންފުށީ ޒުވާނުންގެ ފުޓްސެލް މުބާރާތް އަދި ފެންފުށީ ޒުވާނުންގެ ނެޓްބޯޅަ މުރާތް އިންތިޒާމްކޮށް ހިންގާ ކޮމިޓީގައި ހިމެނިވަޑައިގަތުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 17 އޮކްޓޯބަރ 2021 ވާ އާދީއްތަދުވަހުގެ 14:00 ގެ ކުރިން ކުޅިވަރުގެ ދާއިރާގައި ހަރަކާތްތެރިވެފައިވާކަން އަންގައިދޭ ލިޔުމެއް އޮތްނަމަ އެލިޔުމާއެކު ސިޓީއަކުން މުބާރާތުގެ ހިންގާ ކޮމިޓީގައި ހިމެނުމަށްއެދި މިކައުންސިލްގެ އިދާރާއަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ.

12 އޮކްޓޫބަރު 2021
ހޯދާ