އަރިއަތޮޅު ދެކުނުބުރީ ފެންފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފެންފުށީ ޒުވާނުންގެ ނެޓްބޯޅަ މުބާރާތް

      2021 ވަނަ އަހަރު މިރަށުގެ ޒުވާނުންނަށް އަމާޒުކޮށްގެން ފެންފުށީ ޒުވާނުންގެ ނެޓްބޯޅަ މުބާރާތުގެ ނަމުގައި ނެޓްބޯޅަ މުބާރާތެއް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ.

      މި މުބާރާތް ކުޅުމަށް ހަމަޖެހިފައިވަނީ މުބާރާތުގައި ބައިވެރިވުމަށް އެދި ނަން ނޯޓް ކުރާ ފަރާތްތަށް ޓީމް ތަކަށް ބަހާލައިގެންނެވެ. މި މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ދިނުމަށް ހަމަޖެހިފައިވަނީ މިރަށުގެ ރައްވެހިންނާއި، މިރަށުގެ ރައްވެހިންނާއި ކައިވެނިކޮށްގެން މިރަށުގައި ދިރިއުޅޭ ފަރާތްތަކަށެވެ. މިރަށުގެ ރައްވެސްސަކާ ކައިވެނިކޮށްގެން އުޅޭ ފަރާތެއްގެ އާއިލާ މިރަށުގައި ދިރިއުޅެފައި އެފަދަ ފަރާތެއް އެހެންރަށެއްގައި ވަޒީފާ އަދާކުރުމަށް އުޅެމުންދިޔަނަމަވެސް ބަލާނީ އެއީ މިރަށުގައި ދިރިއުޅޭ ފަރާތެއްގެ ގޮތުގައެވެ.

        ނެޓްބޯޅަ މުބާރާތުގައި ކުޅުމަށް އެދިލައްވާ 15 ނޮވެންބަރު 2021 ގެ ނިޔަލަށް އުމުރުން 15 އަހަރު ފުރިފައިވާ އަންހެން ކަނބަލުން އެކަމަށްއެދި ނަން ނޯޓް ކުރުމުގެ ފުރުޞަތު 13 އޮކްޓޯބަރ 2021 އިން 25 އޮކްޓޯބަރ 2021 ދުވަހުގެ 14:00 ގެ ނިޔަލަށް ވަނީ ހުޅުވާލެވިފައެވެ.

      ވީމާ މިމުބާރާތުގައި ކުޅުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ރަސްމީގަޑިތަކު މިކައުންސިލްގެ އިދާރާ އަށް ވަޑައިގެން ނުވަތަ މިކައުންސިލްގެ އިދާރާގެ ނަންބަރު 6680539 ނަންބަރަށް ގުލުއްވައިގެން ނަން ނޯޓް ކުރެއްވުންއެދެމެވެ. ނަން ނޯޓްކުރެއްވުމަށް ތިރީގައިވާ މައުލޫމާތު ތައް ހިއްސާ ކުރައްވަން ޖެހިވަޑައިގަންނަވާނެއެވެ.

1-      ފުރިހަމަ ނަން

2-      ދާއިމީ އެޑްރެސް (އަތޮޅާ ރަށާއެކު)

3-      އުފަންތާރީޚް

4-      އައިޑީ ކާޑު ނަންބަރ

5-      ގުޅޭނެ ފޯނު ނަންބަރ

12 އޮކްޓޫބަރު 2021
ހޯދާ