ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަލްޓިޕާރޕަސް އިމާރާތުގެ މީޓިންރޫމް، ލައިބްރަރީ އަދި ސެމިނާރޫމް ކުރިމަތީ މުށި ބަދަލުކޮށްދޭނެ ފަރާތެއް ހޯދުން

އިޢުލާން

* ބީލަން ހުށަހެޅުމުގެ ދައުވަތު:

މި އިދާރާއިންދޭ މަޢުލޫމާތާ އެއްގޮތަށް އަމިއްލަ ތަކެތީގައި މަލްޓިޕާރޕަސް އިމާރާތުގެ މީޓިންރޫމް، ލައިބްރަރީ އަދި ސެމިނާރޫމް ކުރިމަތީ މުށި ބަދަލުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލައި އާއްމުކޮށް އިޢުލާން ކުރީމެވެ.

 

  • މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކޮށްފައިވާނެއެވެ.
  • ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 2021/10/12 އިން 2021/10/19 އަށް ބަންދުނޫން ކޮންމެދުވަހެއްގެ 9:00 އިން 12:00އަށް މިއިދާރާއަށް ދުރުވެ ބީލަންރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ބީލަން ހުށަހެޅޭނީ މި މުއްދަތުގައި ރަޖިސްޓްރީވާ ފަރާތްތަކަށެވެ. ބީލަމާއި ބެހޭ މަޢުލޫމާތު ކަރުދާސް ބީލަންރަޖިސްޓްރީ ކުރުމުން ލިބިވަޑައި ގަންނަވާނެއެވެ. ބީލަން ރަޖިސްޓްރީ ކުރުމުގެ އަގަކީ 150.00ރ އެވެ.
  • މަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2021/10/26 ވާ އަންގާރަ ދުވަހުގެ 11:00ގެ ކުރިން ބީލަންފޮތުގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
  • ބީލަން ހުށަހަޅަންޖެހޭ ގޮތާއި ސުންގަޑި ބީލަންފޮތުގައި ބަޔާންކޮށްފައިވާނެއެވެ.
  • ބިޑް ނުނަގާ ފަރާތެއްގެ ނަމުގައި ބިޑްހުށައެއް ނޭޅޭނެއެވެ.
  • މަޢުލޫމާތު ފުރިހަމަނުވާ ބިޑުތައް ބާޠިލްކުރުމުގެ އިޚްތިޔާރު އިވެލުއޭޝަން ކޮމެޓީއަށް ލިބިގެންވެއެވެ.
  • ބިޑް ރަޖިސްޓްރީ ކުރި ފަރާތްތަކަށް ސައިޓް ވިޒިޓިން އޮންނާނީ 2021/10/20 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މަލްޓިޕާރޕަސް އަށް ވަޑައިގެންދެއްވުން އެދެމެވެ.
    • އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

- ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ

- ފޯން : 7908156

- އީމެއިލް: ms@kudahuvadhoocouncil.gov.mv

12 އޮކްޓޫބަރު 2021
ހޯދާ