ފެލިދެއަތޮޅު ފުލިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަންދާސީ ހިސާބު ހުށަހެޅުން

އިޢުލާން

އަންދާސީ ހިސާބު ހުށަހެޅުން

        ވ.ފުލިދޫގައި ދޯނިފަހަރު އެހެލާ،ބޭލުމަށް މިހާރު ބޭނުންކުރަމުންދާ 90 ފޫޓް 100 ފޫޓްގެ ބިން ،ވަސީލަތްތައް ޤާއިމުކުރުމާއިއެކު  ބޭނުންކުރާނެގޮތުގެ ފަރުމާކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.  

މަޢުލޫމާތު ދިނުމާއި، އަންދާސީ ހިސާބު ހުށަހެޅުން  

1- ދޯނިފަހަރު އެހެލާ،ބޭލުމަށް މިހާރު ބޭނުންކުރަމުންދާބިން ،ވަސީލަތްތައް ޤާއިމުކުރުމާއެކު ބޭނުންކުރާނެގޮތުގެ ފަރުމާކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާ މަޢުލޫމާތު ދިނުން އޮންނާނީ 2021 އޮކްޓޫބަރު 17 ވާ އާދިއްތަ ދުވަހުގެ 11:00 ގައި ފެލިދެއަތޮޅު ފުލިދޫ ކައުންސިލް އިދާރާއިގެ ޖަލްސާކުރާ މާލަމުގައެވެ. މި ބައްދަލުވުމުގައި އޮންލައިކޮށް ބައިވެރިވުމުގެ ފުރުޞަތު ޒޫމް މެދުވެރިކޮށް ހުޅުވާލެވިފައިވާނެއެވެ. މި ބައްދަލުވުމުގައި އޮންލައިންކޮށް ބައިވެރިވުމަށް ބޭނުންވާފަރާތްތަކުން 17 އޮކްޓޫބަރު 2021 ވަނަ ދުވަހުގެ 9:00 ގެ ކުރިން އީމެއިލް އެޑްރެސް، ބައިވެރިވާ ފަރާތުގެނަން އައިޑީ ކާޑު ކޮޕީ އަދި ގުޅޭނެ ފޯނު ނަންބަރު މި އިދާރައިގެ [email protected]     އީމެއިލަށް ފޮނުއްވުން އެދެމެވެ.

2- ބިން ފަރުމާކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހަޅާނީ 24 އޮކްޓޫބަރު 2021 ވާ ބުރާސްފަތިދުވަހުގެ 11:00 ގެ ކުރިންނެވެ. އަންދާސީ ހިސާބު ހުށަހަޅާނީ [email protected] އީ މެއިލަށެވެ.

3- އަންދާސީ ހިސާބު ހުށަހަޅާ ދުވަހުގެ 11:00 ގެ ފަހުން ހުށަހަޅާ އަންދާސީ ހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ އެވެ.    

އިތުރު މަޢުލޫމާތު  

  • މި މަސައްކަތަށް އަންދާސީ ހިސާބުގައި، ހުށަހަޅާ ފަރާތުގެ މަޢުލޫމާތު (ނަން،އެޑްރެސް،ގުޅޭނެ ފޯނު ނަންބަރު،އީމެއިލް އެޑްރެސް) އަދި މަސައްކަތުގެ ޖުމުލަ އަގު އެނގެން އޮންނަންވާނެއެވެ. ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ 1 އަންދާސީ ހިސާބެވެ.
  • އަންދާސީ ހިސާބު ހުށަހަޅާނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ،ހައުސިންގ އެންޑް އިންފްރާންސްޓްރަކްޗަރ އިން އާކިޓެކްޗަރކަމުގެ  ހުއްދަ ދޫކުރެވިފައިވާ ފަރާތްތަކުންނެވެ.
  • މަޢުލޫމާތު ސާފުކުރުމަށް ބާއްވާ ބައްދަލުވުމުގައި  ބައިބެރިނުވާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބު ބަލައިނުގަނެވޭނެއެވެ.
  • އަންދާސީ ހިސާބުތައް އިވެލުއޭޓްކުރުމުގައި މާރކްސްދެވޭނީ ތިރީގައިވާ ކަންކަމަށެވެ.

 

މަސައްކަތް ޙަވާލުކުރާނެ ފަރާތެއް ހޮވުމުގައި ބަލާނެ މިންގަނޑުތައް  

އިންސައްތަ

ތަފުޞީލް

80%

ހުށަހަޅާފައިވާ އަގަށް ( އެންމެ ކުޑައަގު ބެންޗްމާރކުކަމުގައި ބަލައިގެން)

 10%

މަސައްކަތުގެ ތަޖުރިބާ

 10%

މަސައްކަތުގެ މުއްދަތު

 

 

   މި އިޢުލާނާއިގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންވާ ފަރާތްތަކުން ރަސްމީގަޑީގައި  އިދާރައިގެ މޯބައިލް ނަންބަރު 9393603 އާއި ގުޅުން އެދެމެވެ.

                       06  ރަބީޢުލް އައްވަލް 1443

                       12 އޮކްޓޫބަރު 2021 

12 އޮކްޓޫބަރު 2021
ހޯދާ