ފެލިދެއަތޮޅު ކެޔޮދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވ.ކެޔޮދޫ ޞިއްހީ މަރުކަޒުގެ އެކްސްޓެންޝަން ޢިމާރާތުގެ މަސައްކަތް ކުރާނެ ފަރާތެއް ހޯދުން

 

 

ވ.ކެޔޮދޫ ޞިއްހީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން 2021 އޮކްޓޯބަރ 12 ވާ އަންގާރަ ދުވަހުން ފެށިގެން 2021 އޮކްޓޯބަރ 21 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން [email protected] ގައި ގެޒެޓްކުރެވިފައިވާ ރަޖިސްޓްރޭޝަން ޝީޓް ފުރުއްވުމަށްފަހު އީމެއިލް ކުރެއްވުން އެދެމެވެ. 

މި ޕްރޮޖެކްޓްގެ ޓެންޑަރ ޑޮކިއުމެންޓް ދޫކުރެވޭނީ ދެވިފައިވާ މުއްދަތުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 2021 އޮކްޓޯބަރ 26 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00ގައި ކެޔޮދޫ ކައުންސިލްގެ އިދާރާ އަދި މިނިސްޓްރީ އޮފް ހެލްތުގެ ޖަލްސާކުރާ މާލަމުގައެވެ.

މި މަސައްކަތަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ ދިވެހިރާއްޖޭގައި ވިޔަފާރި ރަޖިސްޓްރީ ކުރުމާއިބެހޭ ޤާނޫނު ނަންބަރ 2014/18 ގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވަލޮޕްމަންޓްގައި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ. މިކަމަށް އެދި ހުށަހަޅާ އަންދާސީ ހިސާބުތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. އަދި އަންދާސީ ހިސާބު ހުށަހަޅާނީ އެކަމަށް ތައްޔާރުކުރެވިފައިވާ ފޯމްގައެވެ. މުއްދަތު ހަމަވުމަށްފަހު ހުށަހަޅާ ފޯމާއި، ރަޖިސްޓްރީ ނުކުރައްވާ ހުށަހަޅާ ފޯމް ޤަބޫލުނުކުރެވޭނެ ވާހަކަ ދަންނަވަމެވެ.

އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި ބޭފުޅަކު ފޮނުވާނަމަ އެކަން ބަޔާންކޮށް ސިޓީއަކުން މި އިދާރައަށް ހުށަހެޅުއްވުންއެދެމެވެ. އަދި މިކަމަށް އެދި ހުށަހަޅާ އަންދާސީ ހިސާބުތައް ކެނޑުމަށް ހަމަޖެހިފައިވަނީ އަންދާސީ ހިސާބު ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައެވެ.

މި އިޢުލާނާ ގުޅޭ މަޢުލޫމާތުތަކާއި ބޭނުންވާ ޑޮކިއުމެންޓްތައް މި އިޢުލާނާއިއެކު އެއްކަރުދާސް ކުރެވިފައިވާ ވާހަކަދަންނަވަމެވެ. އަދި މިއިޢުލާނާ ގުޅޭގޮތުން އެއްވެސް މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ 2021 އޮކްޓޯބަރ 20 ވާ ބުދަ ދުވަހުގެ 10:30 ގެ ކުރިން [email protected]  އަށް މެއިލް ކޮށްދެއްވުންއެދެމެވެ.

މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.    

 

                   

 

 

12 އޮކްޓޫބަރު 2021
ހޯދާ