މާލެއަތޮޅު ގާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނަމާދުގައި ކިޔާ ޛިކުރުތައް ދަސްކޮށްދޭ ޕްރޮގްރާމް

މާލެއަތޮޅު ގާފަރު ކައުންސިލްގެ އިދާރާ

  ކ.ގާފަރު، ދިވެހިރާއްޖެ                                            ނަމްބަރ:331/331/2021/71(IUL)

 

އިޢުލާން

 

ނަމާދުގައި ކިޔާ ޛިކުރުތައް ދަސްކޮށްދޭ ޕްރޮގްރާމް

 

                  އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން ހިންގުމަށް ހަމަޖެހިފައިވާ ނަމާދުގައި ކިޔާ ޛިކުރުތައް ދަސްކޮށްދޭ ޕްރޮގްރާމްގައި ކިޔަވައިދޭނެ 2 ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. މިކަމަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ތިރީގައި މިދަންނަވާ ޝަރުޠުތައް ހުންނަންޖެހޭނެއެވެ.

  • އިމާމު ކަމުގެ ކޯސް ފުރިހަމަ ކޮށްފައިވާ ފަރާތެއްކަމުގައިވުން ނުވަތަ
  • ޤިރާއަތު ލެވެލް 3 ގެ ސެޓްފިކެޓެއް ހާޞިލްކޮށްފައިވުން.

                  މި ޕްރޮގްރާމް ހިންގުމަށް ހަމަޖެހިފައިވަނީ 29 އޮކްޓޯބަރ 2021 ން ފެށިގެން 29 ޖަނަވަރީ 2022 ގެ ނިޔަލަށް ކޮންމެ ހަފުތާއަކު ހުކުރު އަދި ހޮނިހިރު މި ދެދުވަހު، ކޮންމެ ދުވަހަކު 1 ގަޑިއިރަށެވެ.

                  ވީމާ، މިޕްރޮގްރާމްގައި ކިޔަވައިދިނުމަށް ބޭނުންފުޅުވާ ފަރާތްތަކުން 1 ގަޑިއިރުގެ ގަޑިއެއް ނަގައިދޭނެ އަގު ބަޔާން ކުރައްވާ، 21 އޮކްޓޯބަރ 2021 ވަނަ ދުވަހުގެ 11:00ށް މިކައުންސިލްގެ އިދާރާއަށް ވަޑައިގެން ކޯޓޭޝަން ހުށަހެޅުއްވުންއެދެމެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުނަމަ ރަސްމީގަޑީގައި މިއިދާރާގެ ނަމްބަރ 6641941 ގުޅުއްވުން އެދެމެވެ.

12 އޮކްޓޫބަރު 2021
ހޯދާ