މާޅޮސްމަޑުލު އުތުރުބުރީ ރަސްގެތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރ.ރަސްގެތީމު ކައުންސިލްގެ އައު އިމާރާތް އެޅުމުގެ މަސައްކަތް

(IUL)300/EC/300/2021/19ނަންބަރު:

 

އިޢުލާން

ބީލަން ހުށަހެޅުމުގެ ފުރުޞަތު؛

 

ލޯކަލް ގަވަރަމަންޓް އޮތޯރިޓީގެ ޕީއެސްއައިޕީ ބަޖެޓްގައި ހިމަނައިގެން ކުރިޔަށްގެންދިޔުމަށް ހަމަޖެހިފައިވާ ރ.ރަސްގެތީމު ކައުންސިލްގެ އައު އިމާރާތް އެޅުމުގެ މަޝްރޫޢު އަށް ބިޑު ހުށަހެޅުމުގެ ފުރުޞަތު އާންމުކޮށް ހުޅުވައިލަމެވެ.

 

މި މަޝްރޫޢުއާއި ގުޅޭ ބީލަން ފޮތް މިއިޢުލާން އާއި އެކު ދިވެހި ސަރުކާރުގެ ގެޒެޓުން ޑައުންލޯޑް ކުރައްވަން ލިބިވަޑައިގަންނަވާނެއެވެ.

 

އަންދާސީ ހިސާބު ހުށަހަޅުއްވަންވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސްކޮށް ގަނޑުތައް ނުނެއްޓޭނޭގޮތަށް  ބައިންޑް/ހީރަސްކުރެވި ސިޓީއުރައިގައި ބަންދުކޮށްފައެވެ.

މާޅޮސްމަޑުލު އުތުރުބުރީ ރަސްގެތީމު ކައުންސިލް އިދާރާ

ރ.ރަސްގެތީމު، ދިވެހިރާއްޖެ.

ރ.ރަސްގެތީމު ކައުންސިލްގެ އައު އިމާރާތް އެޅުމާއި ބެހޭ އިޢުލާނު ނަންބަރު:

ރެޖިސްޓްރޭޝަން

ބީލަން ހުށަހެޅުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން ރ.ރަސްގެތީމު ކައުންސިލް އިދާރާ ގައި ރެޖިސްޓަރ ކުރަންވާނެއެވެ. ރެޖިސްޓްރޭޝަން ކުރިއަށް ދާނީ ގެޒެޓް ކުރެވޭ ދުވަހުން ފެށިގެން 2021 އޮކްޓޫބަރ 21 ވަނަ ދުވަހުގެ 13:00 އާއި ހަމަޔަށް ސަރުކާރު ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 09:00 ން މެންދުރުފަހު 13:00 އާއި ދެމެދު ރ.ރަސްގެތީމު ކައުންސިލް އިދާރާގެ ރިސެޕްޝަންގައެވެ. އަދި މިމުއްދަތު ތެރޭގައި އިޢުލާނު ނަންބަރާއި، ޕްރޮޖެކްޓް ނަން، ގުޅޭނެ ނަންބަރު ،ރަޖިސްޓްރީވާ ފަރާތުގެ ނަން ،އަދި ރަޖިސްޓްރީވާ ފަރާތުގެ އީމެއިލް އެގޭގޮތަށް މި އިޢުލާނުގައި ބަޔާންކޮށްފައިވާ އީ-މެއިލް މެދުވެރިކޮށް ރެޖިސްޓަރ ކުރެވިދާނެއެވެ. ބީލަން ހުށަހެޅުމަށް ރެޖިސްޓަރ ނުކުރާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ.

 

 

ޕްރީ ބިޑް ބައްދަލުވުން

މިމަޝްރޫއުގެ ޕްރީ ބިޑް ބައްދަލުވުން އޮންނާނީ 2021 އޮކްޓޫބަރ 26 ވަނަ ދުވަހުގެ 13:00 ގައި ރ.ރަސްގެތީމު  ކައުންސިލް އިދާރާގައެވެ.

މަޢުލޫމާތު ސާފުކުރުން

މަސައްކަތާއި ބެހޭގޮތުން މަޢުލޫމާތު ސާފުކުރުމަށް ހަމަޖެހިފައިވަނީ ގެޒެޓްކުރާ ތާރީޙުން ފެށިގެން އިން 2021 އޮކްޓޫބަރ 26 އާއި ދެމެދު [email protected]  އަށް އީމެއިލް ކުރައްވައިގެންނެވެ. ނުވަތަ ކައުންސިލް އިދާރާއަށް ޙާޟިރުވެގެންނެވެ. މިމުއްދަތުގެ ފަހުން ކުރެވޭ ސުވާލުތަކަށް ޖަވާބެއް ނުދެވޭނެއެވެ.

ބިޑު ހުޅުވުން

 ބިޑު ހުޅުވުމަށް ހަމަޖެހިފައިވަނީ 2021 އޮކްޓޫބަރ 31 ވަނަ ދުވަހުގެ 13:00 ގައި ރ.ރަސގެތީމު ކައުންސިލް އިދާރާގައި މި މަސައްކަތަށް އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެތެރެއިން މި ޖަލްސާގައި ބައިވެރިވެވަޑައިގަންނަވާ ބޭފުޅުންގެ ހާޒިރުގައެވެ.

ވީމާ، މިމަސައްކަތް ކޮށްދެއްވަން ޝައުގުވެރިވާ ފަރާތްތަކުން 2021 އޮކްޓޫބަރ 26 ވަނަ ދުވަހުގެ 13:00 އަށް ބީލަން ފުރިހަމަކުރުމަށްފަހު ބަންދުކޮށްފައިވާ ސިޓީ އުރައެއްގައި އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. 

ނޯޓް:

މާޅޮސްމަޑުލު އުތުރުބުރީ ރަސްގެތީމު ކައުންސިލް އިދާރާ

ރ.ރަސްގެތީމު، ދިވެހިރާއްޖެ.

އީމެއިލް:  [email protected]

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

1443 C  06

12 އޮކްޓޫބަރ 2021

 

 

 

12 އޮކްޓޫބަރު 2021
ހޯދާ